އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވި މީހަކު 15 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

މި ހުކުމް ކުރީ އދ.ދިއްދޫ، ރޯޝަނީވިލާ ޝާމިލް އާދަމްގެ މައްޗަށެވެ،

ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ޝަރީއަތް ހިންގަނީ އާންމުންނަށާއި ނޫސްވެރިންނަށް ސިއްރުކޮށްގެން ކަމަށްވާތީ މި މައްސަލައިގެ މާ ބޮޑު ތަފްސީލެއް ނޭނގެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ޝާމިލްގެ މައްޗަށް ދައުވާ ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ. މިއީ އެ ގާނޫނުގައި އޮންނަ އެންމެ ބޮޑު އަދަބެވެ.

މި މައްސަލާގައި ޝާމިލް ހައްޔަރުކޮށް މިހާތަނަށް ތިން އަހަރާއި 13 ދުވަހު ބަންދުގައި ހޭދަކޮށްފައި ވާތީ ޖަލު ހުކުމުން އެ މުއްދަތު އުނިކޮށްފައިވެއެވެ. އެހެންވެ ޖަލުގައި ހުކުމް ތަންފީޒު ކުރަން ޖެހޭނެ މުއްދަތަކީ 11 އަހަރާއި 8 މަހާއި 17 ދުވަހެވެ.

ޝާމިލްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ވެސް ކުރިއެވެ. އެކަމަކު، އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. boa halaak

    "ޝާމިލްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ދައުވާ ވެސް ކުރިއެވެ. އެކަމަކު، އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ." Ekamaku 15 aharah jalah ves hukum kureemrve. Raajjeyge Judiciary ekkoh reform kuran jehey.

  2. ބުރާންތީ

    ރާއްޖޭގެ މަސްހޫރު ވޮލީ ޖުޅުން ތެރިޔެއް މިފަހަރު އެހެން ކުޅިޔެއް ދޯ