ދ. ހުޅުދެލީ ބޭރުން ދެ ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް، "އުންބުޝޭމު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބިންދައިގެން ގޮސްފިއެވެ.

އެމްއެންޑީއެފް ވިދާޅުވީ އެ ދޯނި ބިންދައިގެން ގޮސް ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުނީ މިއަދު ހެނދުނު 06:33 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެ ދޯންޏަކީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު ސީ އެމްބިއުލާންސްގައި އެ ދޯނި އޮތް ސަރަހަށްދަށް ސިފައިން ވަނީ ގޮސްފައެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސެއިލަރުންގެ އެހީތެރިކަމާއެކު ދޯނީގެ ހުންގާނު މެނުއަލްކޮށް ބޭނުންކޮށްގެން އެ ދޯނި ވަނީ ދ.ހުޅުދެއްޔަށް 09:30 ހާއިރު ގެންގޮސްފައެވެޡ

މިހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ހަތަރު މީހުންނެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ސުރުޚީގައި ވަނީ ކަނޑއެޅިގެންދޮގު. ކަނޑުމައްޗަށް ދޯނިބިންދާގެން ނުދޭ. ދޯނީގެ ހުންގާނު ބިނދުނީ. ތަންދޮރު ނޭގެންޏާ ޚަބަރު ނުލިޔާނީ. ވަގުތުގައި ލިޔާ ކޮންމެ ޚަބަރެއްގާ އެތައް އެތައް ދޮގެއް އެބަހުރޭ. ދިވެހިބަހުގެ ގަވާއިދަށްވެސް ނުފެތޭ ލިޔުންތައް. މިވެސް ރިޕޯޓަރުންނޯ؟