ދެން ވެރިކަމަށް އާދެވިއްޖެނަމަ އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައުދުވެއްޖެއެވެ.

ހުޅުމީދޫއަކީ އައްޑޫގެ އެހެން ރަށްތަކާއި ވަކިން އޮންނަ މީހުން ދިރިއުޅޭ ހަމައެކަނި ރަށެވެ.

އައްޑޫގައި ބުރިޖެއް އަޅަން ރައީސް ޔާމީން ވައުދުވީ އެމަނިކުފާނު އައްޑޫ ސީޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން މިއަދު ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނެވެ.

"މި ބުރިޖު އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެޅިގެންދާނެ. އެކަމަކު އެއާ އެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބައެެއްގެ ބާރުވެރިކަމުގެ ދަށުގައި ފިތި ބޭރުވެގެން ތިބީމަ ތިބޭފުޅުންނަށް ގެއްލިގެންދާ ހައްގުތައް ހަމަ ހަގީގަތުގައި ވެސް އެބަޖެހޭ މި ލޯކަލް ގަވާމަންޓްއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް އަންނަން" ރައީސް ޔާމީން ވިދާޅުވި އެވެ.

އައްޑޫގެ ރަށްތައް ސިޓީއެއްގެ ގޮތުގައި އޮތް ނަމަވެސް ހުޅުމީދޫއަށް ބޭނުންވާ ކަންކަން ކުރިއަށް ނުގޮސް ފިތިގެންދާތީ ރައީސް ޔާމީން ސަރުކާރަށް ފާޑު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހިތަދުއާއި ހުޅުމީދޫ ބުރިޖަކުން ގުޅުވައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމެން ގާތްގަނޑަކަށް އަހަރެއްހައި ދުވަސް ދެން ބާކީ އޮތްއިރު އަދި މިހާތަނަށް ހުޅުމީދޫ އާއި ހިތަދު ގުޅުވުމަށް އަޅާނެ ކަމަށް ވައުދުވި ބުރިޖުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭނަށް ހުޅުމީދުއަށް ވަޑައިގެން އެރަށުގައި ވާހަކަދައްކަވަމުން ވެސް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ބުރިޖު އަޅުވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ޔާމީން އޭރު ވިދާޅުވީ ބުރިޖު އެޅުމަކީ އެމަނިކުފާނަށް ދާދިފަސޭހަ ކަމެއް ކަމަށާއި މާލެ އާއި ހުޅުލެއާއި ދެމެދު ބުރިޖެއް އެޅުމުން އެކަން ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑައެލޯގް

    ޔާމީނު ވިދާޅުވެއްޖެނަމަ އެކަން އެގޮތަށްވާނެކމުގެ %99 ޔަގީންކަންލިބެއެވެ. ޔާމީން ދުލަށްއައިހާ ވައުދެއްނުކުރައްވާނެއެވެ.

    58
    728
  2. އަލްޖިބްރާ

    ކިތަންމެވަރަކަށް މީހުން ވާވައްދަން އުޅުނަސް މިޤައުމުގެ ވެރިކަން ދެން ކަލެއަކަށް ނުލިބޭނެ !

    212
    72
    • ގިނި

      ކަލޭތަ ވެރިކަން ދެނީ
      ކަލެއަށްތަ މުސްތަގްބަލާ ގައިބު އެނގެނީ

      16
      4
      • ސަހަލު

        އަލްޖަބްރާ އެބުނީ ހަމަދެއެއް ދެން ނުލިބޭނެ ވަރަށް ދެރަ އެކަމަކު ހަމަ ނެއް ޗާންސްއެއް

        3
        7
  3. ޖެން

    ސާބަހޭ ރައީސް ޔާމީން

    19
    3
  4. Anonymous

    Aljibura hasadain furunas dhen verikamah vadaigannavanee yamin abdul gayyoom

    8
    1
  5. howcome

    ފަސްޓް ލޭޑީ އެއީ ކާކުތޭ ފަޒްނާ އެއީ ކާކުތޭ އެއީ ކާކު ދިން މަގާމެއް ތޭ ޔަގީނުން ވެސް ރައްޔިތުންގެ ވޯޓަކުން ނޯންނާނެ ފަޒްނާ ކިޔާ މީހަކަށް ފަސްޓް ލޭޑީ ކިޔާ ވަޒީފާ އެއް ދީފައި އަދި މަޖްލީހުގެ އެއްވެސް ގާނޫނަކުން ނޯންނާނެ އެ މަގާމެއް އުފައްދާ ފާސްކޮށްފައި އެކަމަކު ރައްޔިތުންގެ މާލިއްޔާ އިން އޭނާ އަށް މިހާތަނަށް އޭނާގެ އަމިއްލަ ބޭނުމަށް 250 މިލިއަން ޑޮލަރު ޚަރަދު ކުރިއިރު އެއީ ރައްޔިތުންގެ ރުހުން ނެތް މީހެއްތޭ އޮތް މީހެއްތޭ ބެލީ ކާކުތޭ ކިހިނެއްތޭ

    2
    2
  6. ބޭރުކުރޭ

    ކޮން ރޮނގެއްގެ ވާހަކައެއްގޭ ރޮނގެއް ނޫނޭ މިއުޅެނީ މިއުޅެނީ ބޮޑު ސަރަހައްދެއް ރާއްޖޭގެ ކަނޑުގެ ތިން ބައި ކުޅަ ދެބައި ވަރުގެ ސަރަހައްދެއް ގެއްލިގެން ދެން ކިހިނެއްތޭ ރިއްފަަތަކީ އެއީ ސައެންސްގެ އެއްވެސް ސަބްޖެކްޓެއް ނުކިޔަވާ އަދި ފިޒިކްސް އިލްމް ނުކިޔަވާ އަދި މެތެމެޓިކަލް ސައެންސް ނުދަންނަ މީހަކަށް ބުނެވޭނީ މޮރިޝަސް އަށް ސަރުކާރުން ވިއްކާލާ ކަނޑުގެ ބައިން ކަޅުބިލަމަސް ދަތުރު ނުކުރެއޭ މަސް އެއިމަށް ދަތުރު ކޮށްފައި އަނބުރާލަނީތޭ ކަނޑުކޮސް ނުގޮވާ ތަމެން ދެން އޭޖީގެ މަގާމުން ރިއްފަތު އިސްތިއުފާ ފޮރިނޭގެ މަގާމުން ޖީވަނޭ ބޮޑު ވަގު ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ

    3
    1