ކޮވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް ރާއްޖެ އިން އިތުރު ދެމީހަކު ނިޔާވެއްޖެއެވެ.

ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރެއިން އެކަކު ނިޔާވީ ރޭ 23:00 ކަންހާއިރުއެވެ. އެއީ 87 އަހަރުގެ ފިރިހެނެކެވެ.

ދެން ނިޔާވެފައި ވަނީ 82 އަހަރުގެ އަންހެނެކެވެ. އޭނާ ނިޔާވީ އޭޑީކީ ހޮސްޕިޓަލްގައި މިއަދު ހަވީރު އެވެ.

އިތުރު ދެމީހުން ކޮވިޑްގައި ނިޔާވުމުން މިމަހު ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. ގުރައިދޫ މަރުކަޒުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 46 އަހަރުގެ އަންހެނަކާއި 86 އަހަރުގެ ފިރިހެނަކު ވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިމަހުގެ 03 ވަނަ ދުވަހު ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 313 އަށް އަރައިފައެވެ. އެއީ 294 ދިވެހިންނާއި 19 ބިދޭސީންނެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް އަދަދުތައް އިތުރުވެ އެޑްމިޓުކުރާ ރޭޓުވެސް ވަނީ އިތުރުވެފައެވެ. ފާއިތުވި ހަފުތާގައި 90 މީހަކަށް ކޮވިޑް ޖެހިފައިވާއިރު 25 މީހަކަށް ދަނީ އެޑުމިޓްކޮށް ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮނިބެ

    ކޮވިޑަކީ ޕޮރޮޕެގަންޑާއެއް ކަން އިގޭއިރު ކަލޭމެންނަށް މެޑިކަލް މާފިޔާއިން ކިހާވަރެއް ދޭތީވެ ރައްޔިތުންބިރުގަންނަވަން ތިކަހަލަ ދޮގު ހަބަރު ތިލިޔެދެނީ އެވެރިންނަށް

    10
    4
  2. Anonymous

    ހުސްބުހުތާންދޮގު. މަރުވާ އެއްމެން މަރުވަނީ ކޮވިޑްޖެހިގެން ކަމަށް ދައްކައިގެން މީހުން ހައްލުވާލައިގެން ކަލޭމެން ބޭނުންވިގޮތަށް ދަވްލަތުގެ ޚަޒާނާ ބަހާހުސްކޮށްފި!!!!ދެންމީހުން ހައްލުވަން އުޅޭނެކަމެއްނެތް!!

    5
    1