ށ. މާއުނގޫދޫގައި ބަނޑަށް ވަޅި ހަރައި ޒަހަމްކޮށްލި މީހާގެ ހާލު ސީރިއަސް ކަމަށާއި، އޭނާގެ ސާޖަރީއެއް ހަދަން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ތައްޔާރުވަމުންދާ ކަމަށް ބުނެފިއެެވެ.

މާއުނގޫދޫގައި މާރާމަރީ ހިންގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ކަމަށް ބެލެވޭ މި މާރާމާރީގައި ދެ މީހަކަށް ޒަހަމްތަކެއް ލިބުނުއިރު، ބަނޑަށް ވަޅި ހެރި 31 ޒުވާނާއަށް ކުޅުދުއްފުށި ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އެ ހޮސްޕިޓަލްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ މާރާމާރީގައި ޒަހަމްވި މީހާގެ ހާލު ސްޓޭބަލް ކަމަށާއި އޭނާގެ ހަށިގަނޑުގައި ހުރީ އެންމެ ޒަހަމެއް ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި މިހާރު އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަމުންގެންދަވާ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން އޭނާގެ ސާޖަރީއެއް ހެދުމަށް ދަނީ ތައްޔާރުވަމުންނެވެ.

“ގެނައިއިރުވެސް ސްޓޭބަލް، ސިންގަލް ވުންޑެއް އިނީ، ޑރ. އުބައިދް އަދި ޑރ. ވަހީދު އަޅުގަނޑުމެންގެ ސާޖަން ޓީމާއިއެކީގައި ކޭސް ބައްލަވަމުން ގެންދަވަނީ” އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ މަސައްކަތް ކުރަމުންދާނީ ނުފަޅާ އޮޕަރޭޝަން ކުރިއަށްގެންދެވޭތޯ ކަމަށް ވިދާޅުވިއެވެ.

“ލެޕްރޮސްކޯޕް އޮޕަރޭޝަނަށް ފުރަތަމަ ގެންދާނީ، ދެން އިތުރަށް ބަލާފައި ފަޅަން ޖެހިއްޖެ ހާލަތެއްގައި އިތުރަށް ފަޅާނީ”

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުުތު"އަށް ވިދާޅުވީ، އެރަށުގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލުމާތު ރޭ 12:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

މި ހާދިސާގައި އަނިޔާވީ 31 އަހަރުގެ މީހަކަށާއި، 25 އަހަރުގެ މީހަކަށް ކަމަށް އޮފިޝަލް ވިދާޅުވިއިރު، 31 އަހަރުގެ މިހާ އަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވިދާލުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެހެންވީމާ ޙަބަރުގަ ވާގޮތުން ޒަހަމްވި މީހާ ދޯ މިހައްޔަރުކުރީ....

  2. އަހްމަދު

    ކިއްކުރަންމީހަކު ހައްޔަރުކުރީ ދޫކޮށްލާ ތިވަޅިއަމއްލަޔަށްގޮސް އެމީގެގަޔައް ހެރުނީކަމަށް ބޮޑައްލަފާކުރެވެނީ

  3. އިބްރާހިމްބެ

    ޚަބަރުގައި ބުނާއެއްޗެއްސާފެއްނުވޭ ބަނޑަންވޅިހަރައިގެން ޒަހަމްވީމީހާތޯ ހަތްޔަރުކުރީ ނޫނީ ބަޑަށްވަޅިހެރިމީހާތޯ ހަތްޔަރުކުރީ