ފެންނަފެނުމަށް އަސްކަރީ ހާލަތެއް ނެތަސް، ސަލާމަތީ ބާރުތައް އަބަދު ތިބެން ޖެހެނީ ހާސްކަމެއްގައި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، އެމްއެންޑީއެފް މެރިން ކޯރ އުފެދުނުތާ 13 އަހަރު ފާހަގަކުރުމުގެ ގޮތުން، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި "މެރީންސް ޑޭ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގައި ވެސް އަދި މި ސަރަހައްދުގައި ވެސް ސަލާމަތީ މަޝްރަހް ބަދަލުވަމުންދާ ކަމަށާއި، ބައެއް ބަދަލުތަކުގެ އަމާޒުހުރީ ކުޑަ، ވަސީލަތްތައް މަދު، ނާޒުކު އިގްތިސާދެއް އޮތް ގައުމުތަކަށް އެންމެ ހިތްއެދޭ ފަދަ މިސްރާބަކަށް ނޫން ކަމަށެވެ.

މާރިޔާ ވިދާޅުވީ، ސައިބަރ އެޓޭކްތަކާއި، އިންފޮމޭޝަން ކެމްޕޭންތަކާއި، ޢުދުވާނީ ހަރަކާތްތަކުގެ ގޮތުގައި ނުބެލެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން ސަރުކާރުތަކާއި ގައުމުތަކަށް ޕްރެޝަރކުރުން ފަދަ ހައިބްރިޑް ވޯފެއަރއަކީ މިއަދުގެ އިސްތިރާޖީ މާހައުލުގެ ފަސް މަންޒަރު އޮތް ގޮތް ކަމަށެވެ.

އަދި ރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް، ދިފާއުކޮށް ބެލެހެއްޓުމަކީ ޖުމްލަކޮށް މުޅި އަސްކަރިއްޔާގެ އެންމެ މުހިންމު އެއް ޒިންމާ ކަމަށް މާރިޔާ ވިދާޅުވިއިރު، އެ ޒިންމާ އަދާކުރުމުގައި މިހާރު އެމްއެންޑީއެފްގެ ބާރުތައް ތަރުތީބު ކުރެވިފައިވާ ގޮތުން ގައުމީ އިސްތިރާޖީ އިންސްޓޮލޭޝަންތަކާއި، ކްރިޓިކަލް އިންފްރާސްރަކްޗަރ ހިމާޔަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބަޔަކީ އެމްއެންޑީއެފްގެ މެރީންސް ކަމަށް ވިދާޅުވިއެވެ.

"ކްރިޓިކަލް އިންފްރާސްރަކްޗަރތަކާއި ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކުގެ ގޮތުގައި ކުލަސިފައި ކުރެވޭ ތަންތަން ދަނީ ގިނަވަމުން. ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެ ތެރޭގައި ވެސް ބައިނަލް އަގްވާމީ އެއަރޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އެދަނީ ކުރަމުން. އެހެންވީމަ އެކަންކަމަށް ސިފައިން ތަމްރީންވެ ތައްޔާރަށް ތިބެން އެބަޖެހޭ". މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް މާރިޔާ ވިދާޅުވީ، މިހާރުގެ ވޯފެއަރ ހިނގަނީ އާންމު ޢިބާރާތުން ދަންނަވާނަމަ، ގްރޭ ޒޯންގައި އިރެގުލާ ވޯފެއަރގެ މަހުފޫމްތަކުގެ ތެރެއިން ކަމަށާއި، ފެންނަ ފެނުމަށް އަސްކަރީ ހާލަތެއް ނެތަސް، ސަލާމަތީ ބާރުތައް އަބަދު ތިބެން ޖެހެނީ ހާސްކަމެއްގައި، ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ކަމަށެވެ.

އެގޮތުން ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކުގެ ސަބަބުން އެ ފަދަ ހަރަކާތްތައް ހިންގުމަށް އެކި ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަދަލުވަމުންދާ މާހައުލާ އެއްގޮތަށް ރާއްޖޭގެ ދިފާއު އާއި ސަލާމަތްތައް ހަރަކާތްތެރިވެވޭނެ ލަޝްކަރެއްގެ ގޮތުގައި އެމްއެންޑީއެފް މެރިން ކޯރ ބިނާކޮށް، ފުރިހަމައަށް ތައްޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    މާރިޔާ އަކީ ދިވެހި ރައްޔިތުން ހާސް ކަމެއްގެ ތެރެއަށް ގެނައި މީހެއް. މާރިޔާ އާއި އިބޫ އިންޑިއާ ސިފައިން ބައިތިއްބަން އިންޑިއާ އަތުން ނެގިވަރެއް ނޭންގޭއިރު، އަހަރުމެންގެ ޖީބުން އިންޑިއާ އަށް ދައްކަނީ ކިހާ ވަރެއް ކަމެއްވެސް ނޭންގޭ. އެގްރީމެންޓް ތައް ޔާމީން ރައްޔިތުންނަށް ހާމަކުރައްވާ ދުވަހު މާރިޔާ އިންނާނީ ކުޑަގޮޅީގައި ބިޑިއަޅާފައި. އިންޝާﷲ 2023 ގައި ޔާމީން!

    32
  2. މުޙައްމަދު

    އަގެއްނެތް މިނިސްޓަރެއް. މީނަގެ ފޮޓޮއެއްހުރި ލިޔުމެއްފެނުނަސް އެހާފޫހީ. އައްޗީޑި. ދައްކަފަހުރިވަހަކަތަކާ އުޅެފަހުރިގޮތް.

    35
  3. ހުސޭނުބޭ

    ފިދަނަތަކެއް ނޫންތަ؟ ތިކަން ރަގަޅުކުރުމަށް ސިފައިންގެ ޕެރޭޑަށް ވަދެ އަވަގުރާނަ ގޮވާލަ

    32
  4. ސަމްކުޅިބޭ

    އެހެްނުންވާނި. މިސަރުކާރުން ކަންތައް ކުރަމުންގެންދާގޮތުން ސަލަމަތި ބާރުތައް ތިބެން މިޖެހެނީ ހާސްކަމެއްގައި. ދެއަންހެނުންތަނަކަށް އެއްވާ އިރަށް ފުލުހުންނާ ސިފައިން އެމީހުން ފަހަތުން ދުވަންޖެހޭ. ސަލާމަތީ ބާރުތައް ހާސްކަމެއްގައި ތިބެންޖެހެނީ ރައީސަކަށް ހުރިމީހާ ހާސްވެ ބިރުގެންފާ ހުންނާތީ. ދެންމެދެންމެ ސަރުކާރު ވެއްޓިދާނެކަމުގެ ބިރުގައި ހުންނަނީ.

    29
  5. ކޮޔާ

    ކަމަނާ ތިހެންބުނީމަ އަހަރެން ހަމަ ހިނި އަންނަނީ އިދިކޮޅުގަ އޮވެ ގޮވީ ކީކޭތަ ރަންނަމާރި

    30
  6. ރާއްޖެތެރެ

    އެމްޑީޕީގެ އިސް މީހުންގެ ގެދޮރުތައް އިގިރޭސް ވިލާތުގަ. ރާއްޖޭ ފުނޑާލާފަ އިގިރޭސް ވިލާތުގަ ހުރި ގެދޮރު މައްޗައް

    27
  7. ރާއްޖެތެރެ

    މަސްސަލައަކީ ދެން ރައްޖެ އަންނަ ކޮމްމެ އުޅަދެއް އިންޑިޔާގެ ހުއްދަ ހޯދަން ޖެހޭތީ

    27
  8. ހޭބައްޔެއްނު

    މި ހަންޑިޔަކާ ހެދި ރައްޔިތުން ކަންބޮޑުވަނީ. ރާއްޖެ ވިއްކާތީ. ބޮޑު ގައްދާރެއްކަމުގަ ވާތީ.

    12
  9. ރަން ރީނދޫ

    އާނ،މީނާ ބޮޑު މުސްކުޅިޔަކު،ޅަކުދިން އަޅާ އައިނު އަޅައިގެން ޒުވާން ހެދިގެން ދެއްކެން އުޅެނީ. މީނާ ރޫޅިގެން ވެއްޓިދާނެތީ،ސިފައިން ތިބޭނީ ސޮކެޓް ރެންޗް ސެޓް ހިފައިގެން ދުއްވައިގަންނަން ރެޑީ އަށް އަބަދު އެކަމާ ބިރުން ހާސްވެފައި ސިފައިން ތިބޭނީ.

  10. ހުސައިން803

    ކަމަނާ ބުނުއްވީމެއްނެ ސަފައިންނަކީ ފިދަނަ ތަކެކޭ.. ހަޤީގަތަކީ ފިދަނައަކީ ވަރަށް ސިހޭ ދޫޏެއް، ފިދުފަތްތަޅުވާފަ ނިކަން ބޯވެސް ތަޅުވާނެ، ނިކަންބައްލަވާ ﷲ ކަންކަން ނިންމަވާގޮތް އެންމެ ހުތުރުކޮށް ސިފައިންނަކީ ބައިތިއްބަންޖެހޭ ބައެއް ނޫންކަމާއި އެއީ ފިދަނަތަކެއް ކަމަށް ބުނި ކަމަނާ މިހާރު ތިހުރީ ޑިފެންސް މިނިސްޓަރަށް، އިބުރަތް ލިބިގަންނަންވީ ކަމެއް..

    11
    1
  11. ޑައެލޯގް

    ސިފައިން ހާސްކަމެއްްގެ ތެރޭގައި ތިބެނީ އިންޑިޔާ ސިފައިން ހަމަލާދީފަނެތީއެވެ. މާރިޔާ ކޮބާތަ އެކްސްރޭ އާތިފް އެއްކޮޓަރިން ނެރުނުދުވަސް މަތިން ހަދާންވޭތަ

  12. Anonymous

    ޅިއްޗިމަރިޔާ ތިތަނަށް ވެއްޓިގަނެގެން އުޅޭތީ ސަލާމަތީބާރު ހަސްކަމެއްގެތެރޭގަ!! ޤުރުއާނުގެ އާޔަތްތައް ލިޔެފައިވާ ފޮތަކަށްފައިން އަރާފަވާ މުޑުދާރު މީހެއްތީ!!

  13. Anonymous

    ރަނގަޅަށް ތަމްރީނު ލިބިފައިވާ ސިފައިންނަކީ ހާސްކަމެއްގެ ތެރޭގައި ތިބޭނެ ބަޔެއް ނޫން. އެމީހުން ތިބޭނީ އަބަދުވެސް ތައްޔާރީ ޙާލަތުގައި.