ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރައްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެމްޑީޕީއަށް ދެ ފަހަރެއްގެ މަތިން ވެރިކަން ލިބުނެވެ. އެކަމަކު، 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދި، ބައިބައިވެފައެވެ.

ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ދޭތެރެއަކުން ހިޔާލުތަފާތުވެ، އަރައިރުންވެއެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ގިނަ މަޖިލީސް މެންބަރުން ތާއީދުކުރެއްވި ނަމަވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުނުކުރާކަން ހާމަކުރަމުންނެވެ. މަޖިލީސް ތަޅުމުގައި އެފަދައިން ދެކެވޭ ވާހަކަތަކަށް ސަރުކާރު ފެކްޝަންގެ މެންބަރުން ގެންދަނީ އެޕާޓީގެ ވަޓްސްއެޕް ގުރޫޕުގަޔާއި ޓްވިޓާގައި ވެސް ރައްދު ދެއްވަމުންނެވެ.

ނަޝީދުގެ އަރިސް މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު "ވަގުތު" އަށް ވިދާޅުވީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށާއި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި، އެކަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދަކީ ދުނިޔޭގެ ލީޑަރުންގެ ލީޑަރެއް. އެހެންވީމާ ވާދަކުރަން ޖެހޭނެ ނޫންތޯ؟" އެ މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދިވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަޝީދުހާ ވިސްނުންތޫނު ބޭފުޅެއް ނެތް ކަމަށާއި އެމަނިކުފާނަކީ އަބަދުވެސް ހަކުޅި ކުރިޔަށް ކުޅުއްވާ ބޭފުޅެއް ކަމަށެވެ. އެހެންވެ، ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް، އެޕާޓީގެ ތެރޭ ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައެވެ. ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ނިންމައިގެން ތިބި އިރު، ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ރައީސަށް ތާއީދު ކުރެވެން ނެތް ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ. އެކަމަކު، އަންނަ އަހަރުގެ ކުރީކޮޅު އެ އިންތިހާބު ބާއްވާނެ ކަމަށް ބެލެވެއެވެ.

ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައިވަނީ ރައީސް ސޯލިހާއި ނަޝީދު އެކަންޏެވެ. އިތުރު އެއްވެސް ބޭފުޅަކު މިހާތަނަށް ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ރަންރީނދޫލަޝްކަރު

    ހިތާއި ރޫހުން ރައީސް ނަޝީދުއަށް ތާއީދު..

    29
    80
    • ހަޖަމް

      ނަސީދާ ނުލާ މޑޕ އިން ކެކޭނެ ރިހައެނޯންނާނެ މޑޕ އަކީ ނަސީދު ނަސީދަކީ މޑޕ

      17
      27
      • ހައްޗޭ

        މޑޕ އަކީ ދިވެހި ޒުވާނުންނިކުމެ އުފެއްދި އެެއްޗެއް. ނަސީދުގެ ހަރު މުދަލެއްނޫން. ލާހިކައެއް ނޫން މިގައުމުގެ ވެރިކަމައް ދެން އަންނާކައް. ނަސީދަކީ ފެއިލްޑު ލީޑަރެއް. ދުނިޔޭގެ ލީޑަރެއް ނޫން.

        10
        9
  2. ތޮއްޑޫ

    ރައީސްނަޝީދައް ވޯޓުދޭނީ!! ވަޒީފާގެ ބިރައް އަނގަ ލައްޕައިން މިތިބެނީ. ސޯލިހުގެ ކަންކަންހުރީ ޓެކްސް ބޮޑުކޮއްގެން އަހަރުން ރައްޔިތުން ފެލަން.. ސޮ ނޯ ވޯޓު އިބުއަށް

    35
    29
    • ނެތޭ ދެވޭކަށް

      ކޮރަޕްޝަން ނުފޫޒު ވަޒީފާބެހުން .. އެކަހަލަ ބައިވަރު ސަބަބު އެބަހުރި އިބޫއަށް ވޯޓު ނުދެވޭނެ އިތުރައް

      24
      5
      • ހުސްބުޅި

        ކޮރަޕްޝަނަކީ މިހާރު ނިޒާމީގޮތުން ތަރުތީބުވެގެން ހިންގާކަމެއް. ހިޓުލަރު މީހުން މަރާފަ ބުނި ތިމަންނަ އޮންނާނޭ ގާނޫނު ހަދާފަ އެކަމައް.. ރާއްޖޭގައި ކޮރަޕްޝަންވެސް ހިންގަނީ އެހެން މިހާރު

      • އައިސް

        އެއްފަހަރު ވެރިކަމަށް އަރޭފޭ އެ ފޭބީ.
        ކޮރަޕްޝަނެއް ނެތް؟
        އައުވާނުންނަށް ވަޒީފާއެއް ނުބަހޭ؟
        ޓެކުހެއް ނުނަގޭ؟
        ޗަ ހުރިހޭ އެއްޗެއްހޭވި.
        ދީނުގެ ކުރިޔަށް ލާއަޅޭފޭ ދެން ފޭބާނީ. އެ ދެން ކުރިން ކުރާން އުޅެ ރަސްމީ ނުކުރެވެ އޮތް އެއްޗެއް ތޯއްޗެއް.

        1
        1
  3. Anonymous

    އެއީ މައްސަލައެއްނޫން. މަރުހަބާ

    20
    6
  4. Anonymous

    ރައީސް ނަޝީދަކީ ލީޑަރެއް. އެކަމާ ދެބަސްވެވެންނެތް. އެ މަނިކުފާނަށް ވެސް އެ ފުރުސަތު އޮންނަންޖެހޭ

    21
    41
  5. Anonymous

    ރޮޒޭ ފަޔަށް ހިނި އަރައިގެން މިއުޅެނީ މިހެންވެތާ! އިބުރާހީމް ސޯލިހު ކުރަންޖެހޭ ރިއެކްޓް މި ކުރަނީ ރޮޒޭ

    31
    13
    • ބައްރު

      ރޮޒޭނަަމެން އިސްވެތިބެ ކޮރަޕްޝަން ނިޒާމީގޮތެއްގައި ހިންގާތީ ނެތޭ އިބޫއަށް ވޯޓުދެވޭކަށް. ޕުރޮޖެކުޓުތައްވެސް ބަހަނީ އެމީހަކު ހުރި ފެކުސަނައް ބަލާފަ

      17
    • އެޑޭ

      އެއީ އޭރަކު ހުންނަވެރިއެއްގެ ބަތާނައިގަ އެލިގެން އުޅެ ދެމަފިރިން

      23
  6. އައްޑޫ

    20 ވޯޓު ޔަގީން. މަށާ މަގޭ މުޅި އާއިލާ!

    21
    33
    • ޓެކުސް ސޯލިހު އައުޓް

      ޓޭކުސް ބޮޑުކޮއްގެން ރައްޔިތުން ފެލަން ދިމާކޮއްފަ ހުރި ސޯލިހައްވުރެ ގައިމުވެސް ރަގަޅު މަށަށް ނަސީދުވެސް

      14
      7
    • އަޒުމްގެ

      މިގޭވެސް 10 އެއް

      11
      4
  7. ޢަހުމަދު

    މި މޮޔަ އަށް ވޯޓްދީގެން ވެރިކަމަށް ގެންނާނެ ބަޔަކު މިގައުމަކު ނޫޅެ. ޙިސާބަށްވުރެ އަމިއްލަ އެދުން ބޮޑުވެގެން މީހާގެ އަގު ވެއްތުނީ.

    49
    11
    • އިހަވަންދޫ އައްޔަ

      ދެން ކައެ ނުދީބަލަ. އަހަރުން ދޭނަމޭ. ޓެކްސް ބޮޑުކުރާ ސޮލިހު މޮޔަގަނޑަށް ނެތޭ ދެވޭކައް

      11
      9
      • އައިސް

        ޗަ އަންނި އަޔަކަސް ހަމަ ރައްޔިތުން ނުފެލައެއް ނޫޅޭނެ.
        ހުސް ހިހޫތަނުންކާއެއްޗިހި

  8. ކިސަޑު

    ރައީސް ނަޝީދަކީ ދުނިޔޭގެ ލީޑަރުންގެ ލީޑަރެއް. އެހެންވީމާ ވާދަކުރަން ޖެހޭނެ ނޫންތޯ؟"🙃🙃🙃

    18
    28
  9. ރައްޔިތު މީހާ

    ވާދަކުރިޔަސް ނުކުރިޔަސް ހެޔޮ.. މީކީ އަހަރުން ކައުންޓްކުރާ މީހެއްނޫން

    25
    5
  10. Anonymous

    ހޮޑު ލަވަނީ.

    27
    3
  11. ފިޔާ

    ޗޮކުންދާނީ.

    23
    2
  12. ފަތަރާސި

    އިބޫ އެބަޖެހޭ މިކަލޭގެ އަނދަގޮޑިޖަހައިގެން ނަމަވެސް ހުއްަތުވަން!!

    17
    6
  13. ވަކަރުގޭ ރޯޒު ފެކުޗަން

    ބަޔަކު ލޮލަށް ނިދިވެސް ނާންނާނެ ދެން މިރޭ ހެހެހެހެ

    10
    4
  14. ކަރަންޓޭ

    ވާދަކުރީމާއެގޭނިވާގޮތް ވާދަކޮށްފާނެތީ ޕްރައިމެރީ ނުބާއްވާ މުއްދަތުދިގުކުރަނީ ކުރިލައިފީއްޔާޕާޓީކުދިންނަޝީދުހޮވާނެ ޔަގީން

    8
    5
  15. ލަކީ

    ތައުލީމީ މީހެއް އމޑޕ އިން ނިކުންނަން އެބަޖެހޭ

    17
  16. ބޯންޖެހޭނެ ބޮވެންޖެހޭނެ

    މަތީގައި އެވާ ނަމުގައި އެވަނީ މަނިކުފާނު އަޅުގަނޑުމެން ރައްޔިތުންނަށް ދެއްވާފައިވާ ނަން. އަޅުގަނޑުގެ ފަރާތުން ވެސް އަނބުރާ އެލަޤަބު މަނިކުފާނަށް އަރުވަން.

    8
    4
  17. ސަލްމާ

    އަވަހަށް ވާދަ ކުރައްވާ! އޭރުން ޗޮކުން ދާނީ، ތީ މިހާރު މާޒީ، ތި ބަލައިގަންނަނީ ހަމައެކަނި ޕާޓީގެ ހިނދުކޮޅުގައި ތިބޭ ކުދިންކޮޅު އެކަނި.، ތީތި ނުހިގާނެ.

    10
  18. ކުޅިވަރުލާ

    އެބުނީ ވަރަށްބޮޑު ތެދެއް! ކުރިޔަށް ހަކުޅި ކުޅޭކަމަށް އަހަރެމެންނަށް މީގެކުރިން އަޑުއިވިފައޮތީ! ހަވަނަ ކުޅި ނުކުތީ ސީދާ ނަޝީދުގެ ގޭތެރެއިން..މިހާރު އަހަރެން ޤަބޫލުކޮށްފިން. އޭނަ ބޭނުން އަދަދަކަށް ކުޅި ކުޅެވޭނެކަން ކުރިޔަށް!

    6
    1
  19. ވަގުންނޭ

    މީހުން ލޯން ނަގައިގެން ކުރާ ކަންކަމަކީ އެއީ އާމްދަނީ ލިބި އަދި ލިބޭ އާމްދަނީން ލޯން ދެއްކޭ ފަދަ ކަންކަމަަށޭ މިސަރުކާރުން ނަގާ ހުރިހާ ލޯން ތަކަކީ އެއީ އެލޯން ނަގާ މަސައްކަތުން އެންމެ ރުފިޔާ އެއްވެސް ފައިދާ އެއް ނުވާ ލޯން ތަކޭ މަމެން ހުވައޭ ހަނިމާދޫ އެއާރޕޯރޓާއި އަދި އައްޑޫ ގަމުގެ އެއާރޕޯރޓް ހަދަން ލޯން ނަގައިގެން މިސަރުކާރުން އުޅެނީ އެއީ ފައިނޭންޝަން އެޕްރެެއިސަލް އެއް ހަދާ އެ ރިޕޯރޓް ފީސްބްލް ވެގެން ނޫނޭ އެފްއައިއާރުއާރު އުޅެނީ މައިނަސްގައޭ ދެން ކިހިނެއްތޭ އެލޯން ނަގަން ސަރުކާރުން ނިންމީ މީ ސީދާ މިސަރުކާރުގެ ބޮޑުން ލޯން އިން ވައްކަން ކުރަން ވެގެން ނަގައިގެން އުޅޭ ލޯން އެކޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ

  20. ދިސްވޭ

    އިގްތިސާދަކީ އެއީ ބިޒްނެސް ސައެންސް އިލްމާއި ގުޅިފައިވާ ކަމެކޭ އިގްތިސާދެއްގެ ބެކްބޯރން އަކީ އެއީ ބިޒްނެސް ސައެންސޭ ބިޒްނެސް ސައެންސާއި އިގްތިސާދު އެއްކޮށްލުމަށް ފަހު އޭގެ އެޕްލިކޭޝަންސް އިންޖިނިއަރިންގް ހެދުމުން އެނިކުންނަނީ ބިއުޓިފުލް އިކޮނޮމިކްސްއޭ އެއޭ ޗައިނާ އިން އެތަޖްރިބާ ކުރަނީ މިރާއްޖޭގެ އިގްތިސާދަށް އެޕްލިކޭޝަންސް އޮފް އިކޮނޮމިކްސް އެޕްލައި ކޮށް އެނަލައިޒް ކުރާ އިރު މާލެއާއި 20 ކިލޯ މީޓަރު ވަށައުގެންވާ ސަރަހައްދު ތައް އެއީ ކްރީމް އަކީ މިރާއްޖޭގެ އިގްތިސާދު ކުރި އަރާނީ މާލެ ސަރަހައްދު ތަރައްގީ ކޮށްގެންނޭ އަދި މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް ޕާރކްސް ތައް ތަރައްގީ ކޮށްގެންނޭ...

  21. ހާމިދު ޝާހިދު

    ތިއީ މުޅީންވެސް ކުޅޭ ކުޅިގަނޑެއް! އެމްޑީޕީގެ ސްޓަންޓުގައި އަހަރުމެން ނުޖެހި ރީތިކޮށް ގޮސް ﷲ ގެ އިރާދަފުޅާ ލައިގެން 2023 ކާމިޔާބު ކުރީމާ ނިމުނީ!

    4
    2
  22. ދިސްވޭ

    ދަރަނި އަދާކުރަން ކުރިއަށް އޮތް 4 އަހަރު 30 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޮޑިޓް އޮފީހުން ބުނުން މަމެން ހައިރާންވާ ކަމެއް ނޫނޭ މިރާއްޖޭގެ ގައުމީ ބޭންކް އަކީ އެއީ ފައިސާލާ ފޮއްޓެކޭ އެއީ ފައިސާ އިން ފައިސާ ހަދަން ދަންނަ ބޭންކެއް ނޫނޭ މިކަން މިހެން މިވަނީ ވެސް އެސްބީއައި ގައި ރާއްޖޭގެ ވިޔަފާރިވެރިންގެ ބޭންކް އެކައުންޓްސް ތައް އޮޕަރޭޓް ކުރާތީއޭ ބީއެމްއެލް މުއްސަނދިވާނެއޭ މާލެ ސަރަހައްދުން އެމެންނަށް ބިން ވިއްކާ އެބިންތައް އެމެން ތަރައްގީ ކުރަން ދޭންވީއޭ...

  23. ލުކްވެލް

    ސަރުކާރުގެ ކުންފުނި ތަކުގެ ތެރޭން ވަރަށް ބޮޑު ޚަރަދެއް ހިނގާ ކުންފުންނެއް ފެނަކަ އަކީ ފެނަކައަށް ސަރުކާރުން ކުރާ ޚަރަދު މީހަކަށް އެނގިއްޖެނަމަ މީހަކު ކޮސްވާނެއޭ ފެނަކަ އަކީ އެއީ ކުރިއަށް އޮތް 1000 އަހަރު ހިންގި ނަމަވެސް ފައިދާވާނެ ކުންފުންނެއް ނޫނޭ ފެނަކަ އެބައޮތޭ އާންމު ވިޔަފާރިވެރިންނަށް ދަރާވެސް 4 ބިލިއަނެއްހާ ރުފިޔާ އުފެދޭ ސުވާލަކީ ފެނަކަ އާއި ގެން ކުރިއަށްދާނީތޭ ނުވަތަ ފެނަކަ ސްޓްރީމް ލައިން ކުރާނީތޭ ސްޓްރީމް ލައިން ކުރެވޭނީ އާބާދީ މާލެ ބަދަލު ކުރަންވީއޭ އެކަން މިހާރުން ފެށިގެން ސަރުކާރުން ކޮށްފިނަމަ ކުރިއަށް އޮތް 5 އަހަރު ދުވަހު ފެނަކައިގެ ކިބައިން ސަލާމަތް ވާނެއޭ..

  24. ނުޖެހޭނެއޭ

    ދަރަނި ނަގައިގެން ދެން އިތުރަށް ރާއްޖެތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ އާބާދީގަިއ 35 ހާހަށް ވުރެން ދަށް ނަމަ ކެޕިޓަލް އިންވެސްޓްމެންޓް އެފަދަ ރަށަކަށް ކޮށްގެން ނުވާނެއޭ ބަދަލުގައި އެރަށެއްގެ މީހުން މާލެ ސަރަހައްދުން ފަޅެއް ހިއްކާ އެފަދަ ފަޅަކުން ހިލޭ ބިން އެމެންނަށް ދީގެން އެމެން މާލެ ބަދަލު ކުރިނަމަވެސް އެއީ ވިން ވިން ސިޗުއޭޝަން އެކޭ އެއްވެސް ފަރާތަކަށް އެއިން ގެއްލުމެއް ނުވާނެއޭ ކިއެއްކުރަންތޭ ދާލު ބަނޑިދޫގައި ބިން ހިއްކަންވީ ކައުންސިލުން ބުނުމުން ނުޖެހޭނެއޭ ހިއްކަން ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ

  25. ވާނެއޭ

    ރާއްޖެ އަށް އެތެރެކުރާ މޭވާ އާއި ތަރުކާރީ ގެ ބޮޑު ބައެއް ރާއްޖޭގައި ހެއްދޭނެއޭ ސަރުކާރުން އެކަމަށް ގެންގުޅޭ ސިޔާސަތަށް ކުޑަ ބަދަލެއް ގެނެސްގެން ކުޅަދާނަ އެއް ނޫނޭ ރާއްޖެތެރޭ ގައި މިއުޅޭ އެއްވެސް ޒިންމާ އެއް ނުނަގާ ދަނޑުވެރިން ލައްވާ ރާއްޖޭގެ ދަނޑުވެރިކަން ކޮށްގެން ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވަން އެކަން ވާނީ މާލެ ގާފަރު ފަޅު ހިއްކާ އެތަނުން ދޭންވީއޭ މާލޭގެ ކުންފުނި ތަކަށް ކޮންމެ ކުންފުންނަކަށް ދަނޑުވެރިކަން ކުރަން 1 ހެކްޓަރުގެ ބިން އެކަން އެއިރުން ވާނެއޭ ވާނެއޭ ވާނެއޭ...

  26. ދިސްވޭ

    ދަރަނި އަދާ ކުރަން ރައްޔިތުން އަތުން ޓެކްސް ނަގަން ސަރުކާރުން ދިމާނުކުރާށޭ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކެނެރީގެ ނަޝީދު ބުނިދޯ އޭނާ ޓެކްސް ނެގުމުން ތަކެތީގެ އަގުހެޔޮވާނެއޭ އަދި ކަސްޓަމްސް ޑިއުޓީ އުވާލާނެ ކަަމަށޭ އެއިރުން ވިޔަފާރިވެރިން ވެސް ގިނައިން އުފެދޭނެއޭ އެކަަމަކު ކަންވީ އެއާއި އިދިކޮޅަށޭ ތަކެތީގެ އަގު އިންތިހާ އަށް ކުދި ވިޔަފާރި ތައް ފުނޑުނީއޭ ޓެކްސް ނުނަގާ ކުރިން އޮތް ގޮތަށް ކަސްޓަމްސް ޑިއުޓީ ނަގާނަމަ އުފެއްްދުން ތެރިކަން މިއަދު ވަރަށް ރަނގަޅުވާނެއޭ...

    1
    1
  27. ދިސްވޭ

    އެމްޑީޕީން ވެރިކަމަށް އައިސް ފުރަތަމަ ވެސް ބުނީ އިންކަމް ޓެކްސް ނެގުމުން އެއިރުން ދެން ޓެކްސް ނިޒާމް ވަށާޖެހި ސަރުކާރުގެ ބަޖެޓް އަރަނިވާނެއޭ އިންކަމް ޓެކްސް ވެސް ނަގައިފިއޭ އިހުނަށް ވުރެން ގޯސްއޭވީ ދައުލަތުގެ ބަޖެޓްގެ ދަރަނި ދެން ޑައުން ސްޓްރީމް އިން އެންމެ ނިކަމެތި މީހާ އަށް ލިބޭ އާމްދަނީ ކުރިން އޭނާ އަށް ލިބުނު ކައުންޓިންގް ނަމްބަރ ބޭނުން ކޮށްގެން ޓްރާންސްޕޯސް އީކްއޭޝަން ހެދުމުން މިއަދު އޭނާ އަށް ލިބޭ އާމްދަނީ ކުރިއަށް ވުރެން ދަށޭ އިންފްލޭޝަން ސްކައިރޮކެޓެޑް އިންފްލޭޝަން އަކީ އެއީ ސަރުކާރަށް ގަވާއިދެއް ނެރެގެން ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫނޭ...

  28. Anonymous

    ޔާﷲ، ލާދީނީމީހާ ބަލިކުރައްވައި، ލާދީނީމީހާއަށްވުރެ ޢަދުލުވެރި މީހަކަށް މިރާއްޖޭގެ ވެރިކަން ދެއްވައި، ލާދީނީމީހާގެ އަނިޔާވެރިކަމުން އަޅަމެން ސަލާމަތްކުރައްވައިފާންދޭވެ! އާމީން.

    9
    2
  29. އެލެކުސް

    ނަސީދަށް މިޕާޓީގައި ދެން ކެއްކޭނެ ރިހަޔެއްނެތް ވަރަށް ސާފް ކުރިން ބުނިއެތި ކެންސަލް.

  30. ސާބަސް

    ނަޝީދު ކުރިމަތިނުލައްވާނެ

  31. މަންކޮ

    ފެއިލްވެފައި ތިބޭ މީހުންނަށް ދެވަނަ ފުރުސަތެއް ނުދެވޭނެ.

  32. ވާނުވާ

    މިކަލޭގެ ރަގަޅުވާނީ ލަންކާގެ ރައީސަކަށް އައުމަށް، ލަންކާގައި އޮންނަ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރަން!

  33. ހުދުކާޅު

    "ރައީސް ނަޝީދަކީ ދުނިޔޭގެ ލީޑަރުންގެ ލީޑަރެއް. އެހެންވީމާ ވާދަކުރަން ޖެހޭނެ ނޫންތޯ؟" އެ މެމްބަރު ވިދާޅުވިއެވެ. ޢެކަމަކު ދިވެހިން ނަޝީދު މިހާރު ދަންނަނީ އަމިއްލަ އެދުން ބޮޑު ޚުދުމުޚުތާރު ދޮގުވާހަކަދައްކައިގެން މީހުން ހައްލާ އިސްލާމް ދީނާ ދުރު ދިވެހިމްނަށް ކުރިއެރުމެއް ހޯދާނުދެވޭނެ ޢަދި ވެރިކަން ދިނީމާ ވެރިކަން ކުރަން ނޭންގުނު މީހެއްގެ ގޮތުގައި. އަދި ނަޝީދު ބުނަނީ އޭނާއަކީ "އިސްލާން" ދީން ޙިމާޔަތް ކުރާމިހެކޭ. ބަޔަކު ވޯޓު ދިނަސް ވެރިކަމަކަށް ޢޭނާ އަށް.ވޯޓުދޭނީ މަދު ބަޔަކު ކަމަށް ދިރާސާ ދައްކަނީ