ދާދި ފަހުން ތައާރަފްކުރި ދިވެހި ރުފިޔާ ނިޝާނާއެކު ޗާޕުކުރެވުނު 50 ރުފިޔާގެ ނޫޓު ދައްކާލައިފިއެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ވިދާޅުވީ، އަލަށް ޕްރިންޓުކުރި 50 ރުފިޔާގެ ނޫޓު މިއަދު ލޯންޗުކުރެވިފައިވާ ކަމަށެވެ.

އެ ނޫޓުގެ ދެ ފަރާތުގައި އައު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ.

އައު ޗާޕުގައި ބަދަލު އައިސްފައިވާ ކަންކަމުގެ ތެރޭގައި ނޫޓޫގެ ދެފަރާތުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނިފައި ވުމާއި، ގަވަރުނަރު އަލީ ހާޝިމްގެ ސޮއި ހިމެނިފައިވުން ހިމެނެއެވެ. އެ ނޫޓުގައި ޗާޕުކުރި ތާރީހަކަށް ޖެހިފައި ވާނީ އަށެއް ސެޕްޓެމްބަރު 2022 އެވެ.

އެމްއެމްއޭއިން ވިދާޅުވީ ނޫޓު ދައުރުކުރުމަށް ނެރޭ ތާރީހް ފަހުން އިއުލާންކުރާނެ ކަމަށެވެ. މި ނޫޓާއެކު މިހާރު ބޭނުންކުރަމުން އަންނަ 50 ރުފިޔާގެ ނޫޓުތައްވެސް ދައުރުކުރާނެ ކަަމަށް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭ އިިން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނީ އެ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްގެން 25 ސެޕްޓެންބަރު 2022 ގައި ރާއްޖެ ގެނެސް، ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

އަލަށް ޗާޕުކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ދާދި ފަހުން ދިވެހި ފައިސާގެ ނިޝާންވެސް ތައާރަފްކޮށްފައެވެ. މިހާރު ޗާޕުކުރާ ފައިސާގައި އެ ނިޝާން ބޭނުންކުރާނެއެވެ. އައު ނިޝާނުގައި ދައްކުވައިދެނީ "ރ" އަކުރުގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާފައިވާ ތަނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮބަޑި

    ކިތަންމެވަރަކަށް ފައިސާ ޗާޕުކޮށް ނެރުނަސް ގައުމުވަނީ ބަނގުރޫޓުވެފަ ކަމެއްކުރިކަމަށް ދަށްކަން ފައިސާއަށް ކުޑަބަދަލެއް ގެނަޔަސް ތިޔަފައިސާއަކީ ޔާމީންގެ ފައިސާ ތަރަށްގީގެ ބާނީ ޗާޕުކޮށްފަވާ ފައިސާ.

    32
    3
  2. ބުރޯ

    ރުފިޔާ ނިޝާން ހީވަނީ ހޯނެއްހެން. އެހެންވީމައި އައު ފައިސާ ރަމްޒު ކޮއްދެނީ ހޯނު ދޯ.

    29
    3
    • Sarukaaroa

      ހޯނު ސަރުކާރުން އުފައްދާ އެއްޗިސް ހުންނާނީ ހޯނު ހެނެހްނު.

      16
      1
  3. ނިޝާން

    ރ. ކަމަށް ބުނެފައި ތައާރަފުކޮށްފައިވާ ނިޝާނަކީ އެ ނިޝާނުގެ ތައާރަފުގައި ބުނެފައިވާ ހަމަތަކަށް ފެތޭ ނިޝާނެއް ނޫން. މީހަކު އެއްޗެއް ހަދާފައި މީ މިވެނި އެއްޗެކޭ ކިޔާއިރު އެ ކިޔާ އެއްޗެއް އޮތީ އެގޮތަށްތޯ ނުބަލައި ތަޖުރިބާކާރުންގެ ލަފާ ނުހޯދައި ހަދާފައިވާ ނިޝާނެއް. ދިވެހި އަކުރު ލިޔުމުގެ އެއްވެސް ތަޖުރިބާކާރެއް ތިޔަ އަކުރަކީ ރ.ގެ މައްޗަށް ބިނާވެފައިވާ އަކުރެއް ކަމަށް ގަބޫލެއް ނުކުރާނެ.

    15
  4. އިސްލާހުކުރޭ

    ތިޔަ ނިޝާނަކީ ރ.ގެ ބައްޓަމަށް ފެތިފައިވާ ރ. ރަމްޒުކޮށްދޭ ނިޝާނެއް ނޫންް. ވީހާ އަވަހަކަށް އިސްލާހުކުރަންޖެހިފައިވާ ނިޝާނެއް. ދިވެހި އަކުރު ލިޔުމުގެ ތަޖުރިބާކާރު ދަންނަ މީހުންގެ ލަފާ އަލުން ހޯދައިގެން ތި ނިޝާން އިޞްލާހުކުރުމަށް ދަންނަވަން.

    13
  5. ވިކިލީކްސް

    ތީގަ ތީންދަ "ރ" ޒޫމްކޮށްލީމަ ފެންނަނީ އިންޑިއާގެ ދިދަ

    11
    2
  6. މަޔާނު

    އެންމެ ބޮޑު ވައްކަން ވެސް ކުރީ ޔާނު އެހެރެ ގެ ހިއްލާލަނީ ކޮންތާކުން ހޯދިހާ ފައިސާއެއް

    6
    19
  7. އައްޗީޑި

    ހަމަ އޭތިގަނޑު ދޯ އެ ޖެހީ

  8. ޙުސެން

    1000 ރުފިޔާ އަދި 2000 ރުފިޔާ އަދި 5000 ރުފިޔާގެ ނޫޓު އޭޓީއެމް އިން ނުއުންނަ ކަން އެއީ ވަރަށް ދެރަކަމެއް މިހާ ދުވަސް ވީއިރުވެސް..... ވަރަށް ބޮޑަށް ބޭނުންވޭ ގިނަ މީހުން މި ނޫޓުތަށް އޭޓީއެމް އިން ނަގަން....މީ ބެންކް އޮފް މޯލްޑިވްސް ގެ ވެއްޓުމެއް އަސްލު...

  9. ހުސެން

    ނަސީބެއް ނޫން ސިއްކަ އާއިލާގެ ފޮޓޯ ނުޖެހިކަން.

  10. ނަނަނަ

    ތި ރރ ޖެހުމަށްވުރެ މާ ތާހިރުވީހެންނު ޒަމާނުއްސުރެ ޖަހަމުން އައި ރ. އެކަނި ޖެހިނަމަ.. ތީތި ހީވަނީ ތަފާލެއްހެން ވިއްޔާ..