އަންނަ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ހުރިހާ ޓީޗަރުންނަށް "ޓީޗިން ލައިސެންސް" ދޫކޮށް ނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދެހާސް ވިހިވަނަ އަހަރު ފާސްކުރި ތައުލީމީ އާ ގާނޫނުގެ ދަށުން "ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު" އުފައްދައި އެ ބޯޑުން ޓީޗަރުންނަށް ލައިސެންސް ދޫކުރަން ޖެހޭނެ އެވެ.

އަދި އެ ގާނޫނަށް އަމަލުކުރަން ފަށާތާ ދެ އަަހަރު ދުވަހުގެ ތެރޭގައި ޓީޗާސް ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓްރީކޮށް، ޓީޗަރުން ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ލައިސެންސް އޮތީ ދޫނުކުރެވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ތައުލީމީ އާ ގާނޫނާ އެއްގޮތަށް ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދައި މިދިޔަ އޮގަސްޓު މަހުން ފެށިގެން ލައިސަންސް ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އަންނަ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ދޫކުރަން ޖެހޭ ޓީޗަރުންގެ ލައިސަންސްތއް ދޫކޮށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާއެކު ކުރިމަގުގައި ހުނަރުވެރި އަބުރުވެރި ޓީޗަރުންތަކެއް އުފެދި ދަރިވަރުންގެ ފެންވަރު ރަނގަޅުވާނެ ކަމަށް ވެެސް މިނިސްޓަރު ވިދާޅުވި އެވެ.

"ނަތީޖާއެއްގެ ގޮތުން އުންމީދު ކުރަނީ މުދައްރިސްކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި، އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެ ކަމަށް." މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު ވަނީ ޓީޗަރުންގެ މުސާރަވެސް ވަރަށް ބޮޑުތަނުން ބޮޑުކޮށްފަ އެވެ. އެއާއެކު ޓީޗިންގެ ދާއިރާއަށް ނުކުންނަ މީހުންގެ އިތުރުވާނެކަމަށް ބެލެވޭކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޮޑޭ އަހައްމަދު

    މޮޔަނުވާށޭ! ތިޔަކަހަލަ ޢަލްމާނީ ފިކުރުގެ މީހުންދައްކާ ވާހަކަ ދުވަހަކުވެސް ހަޤީޤަތަކަށްް ނުވާނެ !

    22
    1
  2. ހުސޭނުބޭ

    ދުވަސްކޮޅަކުން ތިވެސް ކުޑަ ލާރިކޮޅަކަށް ގަންނަން ލިބޭނެ. ކަމާ ހަވާލުވެ އިންނަ ސޮރަށް ދެތިން ހާސް ވައްޓާލީމާ ދޭނެ. ބަލަންތިބޭ

    19
  3. ޢަލީ

    ޓީޗަރަކަށް ވާން ޓީޗިން ސެޓްފިކެޓަށްވުރެ ރަގަޅު ލައިސަންސް އެއް އެބައޮތްތަ. ޓީޗިން ސެޓްފިކެޓް ކޮލެޖް ތަކުން ދެނީ ކޮލިފައިޑް މީހުންނަށްތޯ ބަލާބަލަ ފުރަތަމަ. ޥަކި ގްރޭޑެއް ވަކި މާއްދާއެއް ދީފިއްޔާ ކިޔަވަދޭން ނުކުޅެދޭ ޓީޗަރުން އަދިވެސް އެބަތިބި ސްކޫލު ތަކުގައި. ލާރިގަޑެއް ހޯދާނެ ގޮތެއް ދޯ ތިވެސް. ރައްޔިތުން ފެލައިގެން ކެއުން ނޫން ކަމެއް އެބަ ކުރޭތަ ކަލޭމެން

    20
  4. އހމދ

    ލައިސަންް ނަމްބަރު ބުރަކަށީގައި ޖަހަންޖެހޭނެތަ

    17
  5. 20000

    ކޮންމެ ސެޓިފިކެޓަކަށް ވަކި ހުއްދަތައް ނަގަން ޖެހުން ރާއްޖެއަށް ޖެހިފައިވާ ކުޑަވަރެއްގެ ބަލާ ވެރިކަމެއް. ޤާނޫނީ ރޮގުން ފާސް ނެގުމުން ވަކީލަކަށް ވުމަށް ބ ކައުންސިލުން އަދި ބޮޑު ޓެސްޓެއް ހަދަން ޖެހޭ. އެޓެސްޓުން ފާސް ނުވެއްޖިއްޔާ އޭނާ 5، 6 އަހަރުން ކިޔެވި ކިޔެވުން ބޭކާރު. ޓީޗަރުން ތަމްރީން ވެ ނިމުނީމާ އަދި ލައިސަންސް ނަގަން ޖެހުނީ. ތިޔަވުރެ ތަމްރީން ދޭ ތަންތަނުން ހިންގާ ކޯސްތަކުގެ ފެންވަރު ބަލާ އިވެލުއޭޓް ކޮށްބަލަ. ދިހަ ބާރު އަހަރުން ކުދިން ކިޔެވި ކިޔެވުން ދެގަޑި އިރުގެ ޓެސްޓަކުން ބޭކަރު ކޮށްލުމުގެ ހައްޤަކީ ކޮން ފަދަ ނުބައި ހައްގެއްބާ... ދިވެހި ގައުމު މަކަރާ ޖަހައި ކައި ސުންނާފަތިކޮށްފި

    20
  6. މޫސަ

    ތިޔަ ލައިސަންސްގެ ސަބަބުން އަންނާނެ ބަދަލެއް އައިޝާ ބުނެދީބަލަ. ތިޔަ ލައިސަންސް ވެސް ދެނީ ސެޓްފިކެޓް އޮތިއްޔާ. ސެޓްފިކެޓް އޮތް ކޮންމެ މީހަކަށް ވެސް ތިޔަ ލިބޭނެ. ތިޔައިގެ ސަބަބުން ދާއިރާއަށް އަންނާނެ އެއްވެސް ބަދަލެއް ނޯންނާނެ. ތިޔަ އުޅެނީ ފެނާ ނުލާ ދިރުވާލާނެ ލާރިގަނޑެއް ދަމާއިގަންނަން.

    14
    • އައިސް

      ނިކަން ރީއްޗަށް އެބުނަނީ ޗަ ތަމްރީނު މަރުކަޒުތައް ބަލައެއް ނުގަންނަމޭ. ހިޔޮ ދުނިޔޭގެ ކިތައްމެ މަތީ ޔުނިވަރުސިޓި އަކުން ކިޔެވިޔަކަސް. ޗަ ލައިސަންސު ހުރިހޭވެސް އެއްޗަކީ. ކިހޭބޮޑު މުސީބާތެއް. ތާކުންތާކު ނުޖެހޭ.

  7. ދެފުށް

    ކޮބާތަ ތިޔަބުނާ އަބުރުވެރިކަމަކީ. ކިޔަވަދޭ މުއަައްސަސާތަކުގައި ކުޑަކުދިންނާ މޮށެ ފިރިހިންކުޅިކުޅެ އަންހެންކުޅި ކުޅެ އުޅުނު މީހުން މަދެއްނުކުރެވުނު އިތުރުވީ.

  8. ޅޮލީ

    ޢެޑިޔުކޭޝަނުން މިކަންކޮއްބަލަ

    ކިޔަވާދޭ މުއައްސަސާތަކުގެ މަޤާމުތަކުން ސަރުކާރުގެ ރެކޯޑެެެއް އޮތް ކުޅީގެމީހުން ބަލާ އެ ބައިގަނޑު އިސްލާހުކޮށްބަލަ. ފިރިހިންކުޅި ސަރުކާރު