މުސާރަ ބޮޑުކުރިޔަސް ޓީޗަރުން ދާއިރާއަށް ޝައުގުވެރިކުރަން އިތުރުކުރުމަށް އިތުރު މަސައްކަތް ކުރަން ޖެހޭ ކަަމަށް އެެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ޔައުގޫބު ވިދާޅުވީ މި ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށާއި އެހެންކަމުން ޓީޗިންގެ ދާއިރާއަށް ނިކުންނަ މީހުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އޭނާގެ ހާޔާތުގައި ތައުލީމީ ދާއިރާއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ މުސާރަ ބޮޑުވެގެން ދިއުން ކަމަށެވެ. އެހެން ނަމަވެސް މުސާރަ ބޮޑު ވިޔަސް އޭގެން ބަދަލެއް ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިކަަހަލަ ކަންކަން މިން ކުރެވޭނެ ކަންކަން ހުރޭ. އެގޮތުން އަޅުގަނޑުމެން އިއުލާނެއް ކޮށްފިއްޔާ އެ އިއުލާނަށް އިޖާބަ ދޭ ބޭފުޅުންގެ އަދަދަށް ބަލާފައި އަޅުގަނޑުމެންނަށް ބުނަން އެނގޭ މިހާރު ތަރުހީބު ބޮޑޭ. ނަމަވެސް އަދިވެސް އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ މި ދާއިރާއަށް ކުދިން ޝައުގުވެރި ކުރުމަށްޓަކައި. އޭގައި ވަރަށް ބައިވަރު ފެކްޓާސްތަކެއް ހަގީގަތުގައި އެބަހުރި. ދެން މި ދާއިރާއަކީ އެޓްރެކްޓިބް ދާއިރާއެއް ކަމަށް ދެއްކުމަށްޓަކައި އަދި ރަށުގައި ތިބެގެން އާއިލާ ކައިރީގައި ތިބެގެން ކުރެވޭނެ މަސައްކަތެއް ކަމުގައި ކުދިންނަށް ކިޔައިދިނުމަށްޓަކައި ވެސް މިނިސްޓްރީ ތެރޭގައި ކުރިއަށް އެބަދޭ" މިނިސްޓަރު ވިދާޅުވި އެެވެ.

އޭގެ އިތުރުން ޓީޗާސް ޓްރެއިނިން އިންސްޓްޓިއުޓްތަކާއި ގުޅިގެން ޓީޗަރުން އިތުރަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ދިވެހި ޓީޗަރުން ދާއިރާއަށް ނެރުމަށް ސްކޮލަޝިޕް ވެސް ދެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ޓީޗަރުންގެ މުސާރަބޮޑު ކުރީއޭ ކިޔައިގެން ހަދާގޮތަކީ ފިރުއައުނު އިސްރާއީލުގެ ދަރިން ލައްވާ މަސައްކަތް ކުރިގޮތަށް އަޅު މަސައްކަތް ކުރުވަނީ. ހުސްވަގުތެއް ނުދޭ. އަބަދާ އަބަދު ސްކޫލުގައި އުޅެންޖެހޭ. ދަރިއެއްގެ ކަމެއް ފިރިއެއްގެ ކަމެއް ކޮށްލާނެ ވަގުތެއް ނުލިބޭ. ވަރިފަށުގަ އުޅެނީ. ދަރިންނަށް ކާއެއްޗެއް ހަދާލާނެ ވަގުތެއް ނުވޭ. ދަރިން ނުކުންނަންޖެހެނީ މަގުމައްޗަށް.
    ތި ޓީޗަރުންގެ މުސާރައެއްގެ ސަބަބުން ގައުމުގެ އިޖްތިމާއީ ފޭރާން ވީދި، އާއިލާތައް ރޫޅި ދަރިނތައް ބިކަވުން ނޫންކަމެއް ނުވޭ.
    ބަޔަކު ނިކަން ރަނގަޅު ދިރާސާއެއް މިކަމުގަ ހަދާލަދީބަލަ.

    26
    2
    • ބޮޑޭ އަހައްމަދު

      ސަތޭކައިގެ ކޮމެންޓެއް

  2. އައިސަ

    މީތަ މިހާރު މަޖިލީހަށް ހާޒިރުވާ ގޮތަކީ؟ ނަސީބެއްނު ސޯޓުގަނޑެއް ލައިގެން ނުދިޔަ ކަން

    • ލޮލް

      މަޖިލީހަށޭ؟ ތިޔަތަނަށްދާން އެންމެ ރަނގަޅުވާނީ ހުސްގަޔާ. ތިޔަތަނަކީ އެއްވެސް ގަދަރެއް އިހްތިރާމެއް އުރައްޕެއް ހުރި ތަނެއްނޫން.

  3. މަންކީ

    މިއެއްޗެހި ތައް ކިހިނެއް މުސާރަ ބޮޑުކޮއްގެންތަ އެވާހަކަ އިރުކޮޅަކާ މިގޮވަނީ އަމާބުނީމަ ފަރައްދާއުސޫލުންރަ

  4. މޫސަ

    މުސާރަ ބޮޑު ކޮށްފަ އޮތީ އެއްވެސް ދިރާސާ އެއް ނުކޮށް. އެއް ޒިންމާއެއް އަދާކުރާ އެއް މަސައްކަތެއް ކުރާ އެއްވަރަކަށް ވަގުތު ހޭދަ ކުރާ މީހުންގެ އެޓެންޑެންސް އެލަވަންސް ތަފާތު ކުރުމަކީ ދުނިޔޭގެ ކޮން ޤައުމެއްގައި ކަން ކުރާ ގޮތެއްބާ؟ ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާއެޓެންސާއި، ސެޓްފިކެޓާ ގުޅޭ ގޮތެއް ތިޔަ ޕޭ ކޮމިޝަނުގެ މެމްބަރުން ވެސް މުއައްޒަފުންނަށް އެބަ ބުނެދޭން ޖެހޭ. މިހާރު ކުރާ ކަމަކީ ޕްރިނސިޕަލުންނަށް ބޮޑު މުސާރަ ދީފަ. އެމީހުން މެދުވެރިކޮށް ޓީޗަރުންނަށް އިންތިހާއަށް ބުރަ ކުރަނީ. 6:45 ދާމީހުން މި ނިމެނީ 2:45 ގަ. މިކަމުގެ ސަބަބުން މުސްތަޤުބަލުގައި ބޮޑުވެގެން ދާނެ އިޖުތިމާއީ މައްސަލަތައް މިހިރަ އެޑިޔުކޭޝަން މިނިސްޓަރު ގމރ ކަމުން ހަމަ ނުވިސްނެނީބާ؟ ެ

  5. މުދައްރިސު

    އަނދަގޮނޑި ޖައްސާފަ ބައިތިއްބަނީ ޓީޗަރުން މުސާރަބޮޑުކުރިފަހުން

  6. ޓިޗަރެއް ފިރިމީހާ

    ޓީޗަރެއްގެ ގާތުން މިހާރު ލަފާހޯދާލި އެއްވެސް މީހަކު ތީޗަރަކަސް ވާކަށް ޝައުޤުވެރިއެއް ނުވާނެ.، މުސާރަބޮޑުކުރިކުރީނުން އެ ހިފައިގެން ސުކޫލުން ގެޔަށްނާދެވިފައި ކޮންމެދުވަހަކު ތިބެނީ....

    6
    1
  7. ޙެހެހ

    ކަލޭ ނޫންތަ ބުނި ބޮޑުކުރީމަ ޝައުގުވެރިވާނެއޭ ، ބަލަ މީގެކުރިން ޤަޤައުމުގެހިންގުން ތެރިން ކަންކަންކުރީއަޖުމަ ބަލާކަށްނޫނޭ ، އެނގިގެން ،ކަލޭމެން އައިސް ތިކިޔަނީ ، ހީވަނީ ، އަންނާނެ ، ވެދާނެ ،އިސްތިއުފާދީ

    5
    1
  8. ޢަންމު

    ވަރަށް ތެދު ވަަހަކައެއް ތީ. ޓީޗަރުނަނަކީ ބުރަ ބައެއް. ހުސްވަގުތެއް ވެސް ނުލިބޭ. ގޭގަވެސް ސްކޫލް މަސައްކަތް ކުރަން ޖެހެނީ.

    7
    1
  9. ކަމަން

    ރައްފުށުގެ އާދަކާދައިގެ ގޮތުން ގަދަމީހާއަށް ގަދަކަން ސްކޫލްގެ ޕްރިންސިޕަލް ބޭނުންވާ މީހަކަށް ވަޒީފާ ދެނީ ކިތަންމެ މަސައްކަތެއް ކުރިޔަސް ކަނޑާލާފަ ބޭރުކޮށްލަންވީމަ ބޭރުކޮށްލަނީ ... ތި މުސާރައެއްގެ ސަބަބުން އަދިވަކިން ނުފޫޒު ބޮޑުވެއްޖެ... ކައުންސިލުން ހަދަނީ ހަދާނެ އެއްޗެއް .. ދިރިހުރި ހެކި މިކަމުގަ އެބަހުރި..

    3
    1
  10. ބޮޑޭ އަހައްމަދު

    އެގޮތުން އަޅުގަނޑުމެން އިއުލާނެއް ކޮށްފިއްޔާ އެ އިއުލާނަށް އިޖާބަ ދޭ ބޭފުޅުންގެ އަދަދަށް ބަލާފައި އަޅުގަނޑުމެންނަށް ބުނަން އެނގޭ މިހާރު ތަރުހީބު ބޮޑޭ. މިނިސްޓަރޫ ވަރަށް ތަރުޙީބު ބޮޑުތާއޭ ބ.އަތޮޅު މަދަރުސާއަށް އިސްލާމް މުދައްރިސަކު ބޭނުންވެގެން އިޢުލާން ކުރާތާ 6 މަހަށްވުރެ ގިނަވެއްޖެއެވެ އެހެންވީމާ ތަރުހީބުތައް މަތިންހަމަ ފައިބަނީ ދޮތައެވެ

  11. ޒީރޯ ޓޮލަރަންސް

    ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ކުދިންގެ ކިޔެވުމަށް އައިބަދަލް ނުވަތަ ކުރިއެރުން ކަމަނާ ބުނެދީބަލަ. މުސާރަ ބޮޑުކުރުމުގެ މަގުސަދަަކީ ކޮބާތޯ؟ ސްކޫލް ޓީޗަރުންގެ ތެރެއިން ބައެއް ޓީޗަރުންގެ އަަޚުލާގާއި އެމީހުންގެ ފެންވަރު ދަށްކަން ކަމަަނާއަށް އެގޭތޯ؟ ކުދިންގެ ހަލާކަށް ބައެއް ޓީޗަރުން ނުވޭތޯ؟

  12. ދޮންކަތްދަ

    މިހާރުވެސް ޑިގްރީ ޓީޗަރެއްގެ މުސާރައަށްވުރެ އެޑްވާންސް ނަރުހެއްގެ މުސާރަ ބޮޑު. އެހެންވީމަ ތިއޮތީ ޓީޗަރުންގެ މުސާރަ ވަރަށް ބޮޑުކުރެވިފަ.