މޫނު ބުރުގާ އަޅާ ޓީޗަރުންނަށް އެކަން މަނާ ކުރުމަކީ ކުށެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

އިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ބަޔާން ކޮށްފައި އޮތުމުންނެވެ.

އެކަމާއި ގުޅިގެން އިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އިސްލާމީ މިންގަނޑުން ހެދުން އެޅުމަކީ ކޮންމެ ދިވެއްސަކަށް ޝަރުއީ އަދި ޤާނޫނީ ގޮތުން ލިބިދީފައިވާ ހައްގެއް ކަމަށާއި ބަޔަކު މީހުން ހަދާ ޤަވާޢިދެއްގައި މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުން މަނާ ނުކުރެވޭނެ ކަމަށެވެ.

"މަނާކުރާ މީހާ އެކުރަނީ ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކުށެއް" އިޔާޒް ވިދާޅުވިއެވެ.

ސަރުކާރުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ ޓީޗަރުންގެ ސުލޫކީ މިންގަނޑުގައި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި ވެސް ހުންނަން ވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް، ސްޓާ ކާޑު އަޅައިގެން ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ގިނަ ދީނީ އިލްމުވެރިން އަންނަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަލީބުނީ

    ދީނީ ކަންކަމައް ކަލޭ މިހާރު ދެން އަނގަލާނެ ކަމެއް ނެތް! މީހުންނައް ކަން ކަން އޮޅުންއަރައިގެން ހިނގައިދާނެ

    73
    7
    • ކައުންސެލަރު 🙌

      މަށަށް ވަރަށް ކަމުދާ ކޮމެންޓެއްމިއީ. 💯 އިގެ ވާހަކައެއް

  2. އަޙުމަދު

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ލަފާގެ މަތިން ނޫންގޮތަކަށް ވަޒީރަކަށް ކަމެއް ނުކުރެވޭނެ. ފޭރާން ކިތަންމެ ހުދުކޮށް ފެނުނަސް ޙަގީގަތަކީ އިސްލާމްދީން ގެ ޙުކުމް ފުޅުތައް ހިތުގެ އަޑިން ގަބޫލު ނުކުރާ ކަން.

    72
    7
  3. ހަގީގަތް

    އެހެން ވިޔަސް ކަލެޔައް ރަނގަޅުވާނީ އެ ލާދީނީ އިބޫ

    10
    3
  4. ޓީޗާރ

    ތަޢުލީމާ ބެހޭ ވަޒީރަކީ އަންހެން ބޭފުޅެއް، އިސްލާމީ ނަޒަރުން ބަލާނަމަ ރޯ އޮރިޔާމުން، ކިޔަވައިދެއްވާ މުދައްރިސުންނަށް ކަންކަމަށް އަމުރު ކުރާނަމަ ފުރަތަ ވަޒީރު އެބަޖެހޭ އިސްލާމީ މިންގަނޑަށް ފެތެން، ނޫންނަމަ ދަރިވަރުންނާއި މުދައްރިސުންނަށް ތިޔަ ކުރެވެނީ ފުރައްސާރާއި މަލާމާތް، ޑރ. އިޔާޒް ދަންވާދެއްވާ މި ވަޒީރު އިސްލާމީ ރިވެތި މިންގަނޑުން ހެދުން އެޅުމަށް، އަދި ނަމޫނާ ދައްކަން.

    7
    3
  5. ހަސަން

    މޫނު ބުރުގާ އަޅާގެން މާމިގިލީ ފިހާރަތައް ފެޅުމަކީ ކުށެއް ނޫންތަ؟

    6
    2
  6. މާސޭ

    ސޭހު އިޔާޒުއަށް ރައީސުލްޖުމްހޫރިއްޔާގެހާސައިނާމުނުދިނީކީވެބާ

    5
    1
  7. ސަމާ

    ކަލެޔަކީ މިޤައުމަށް ޝަހިންދާ ފޮނުވާފައިހުރި އެޖެންޓެން، ސަރުކާރު ނިމެން ކައިރިވީމާ އިސްލާމް ދީނޭ ކަލޭ ނުކިޔުން އެދެން،

    7
    1
  8. Anonymous

    އިޔާ އަދިވެސް ދުޢާ ކުރަންވީތަ ކާމިޔާބު ދެއްވުންއެދި
    ދީނަށް އެންމެ ކަމޭހިތާ ވެރިއަކީ މިހާރު ކާކުއޯ.
    ޢިލްމުވެރިންގެ އަޑު އަހާ ވެރިއަކީ ކާކުއޯ

    4
    1
  9. ދަވާލާ

    ކާށިދޫ ކަނޑުން އިޔާޒަށް މާސިންގާ ގޯތި ދިނުން އެއީ ކުށަކަށް ނުވޭ

  10. މޫނު ނުފެނި ދައްކާ ވާހަކަ އަޑު އަހަން އުނދަގޫވާނެ

    ޢިޔާޒަކާއި މިފަހަރު އެއްބަހެއް ނުވެވޭނެ އެވެ. ކްލާސްރޫމެއްގައި އިނދެ، ބޮޑުސިންގާ ކަޅު މާއްޔެއް ގޮތަށް ޓީޗަރު ހުންނައިރު، ފަރުދާގެ ތެރެއިން އަންނަ އަޑު އަހައިގެން ކިޔެވުމަށް ސަމާލުކަމެއް ނުދެވޭނެ އެވެ. ބޮލަށާއި، ލޮލަށް ވެސް އުނދަގޫ ވާނެއެވެ.

    3
    6
    • ސްކިންޓައިޓް

      ޢެހެންވީމާ، މުޅި ގައިގަ ދަވާދު ލާފަ ހުންނަހެން ވަނާތައް ހާމަވާގޮތަށް ގަޔަށް ބާރު ހެދުން ތުރުކުރައްވައިގެންތާ ކިޔަވާ ކުދިންގެ ސަމާލުކަން އެންމެ ފުރިހަމައަށް ލިބޭނީ

      • ޢަހުމަދުވަގާރު

        އެހެންތަ ޓީޗަރުން ތިބެނީ. އަފްގާނިސްތާނުގަ އަންހެން ޓީޗަރުން ނުތިބެއެއްނު. ކަލޭ ހިޖުރަ ކުރަންވީއެއްނު

  11. ބުއްޅަބޭ

    އެކަމުވެސް އިޔާޒުގެ ވޯޓު ސޯލިހުއަށް...

    6
    1
  12. ދިބާ

    ކުށެއްކަން އިނގޭއިރު އެމީހުން ފަހަތުގައި ތިބެނީ ކީއްވެ އިމޫ އައް ކުށެއްކަން ބުނެދީބަލަ

    6
    2
  13. ދިބާ

    އަދިވެސް ގައުމުގެ މަތީ ފަޑީގަ ދީނަށް ނަފުރަތު ކުރާމީހުން ގިނަ

    5
    1
  14. ޢެރިކް

    . ޢިންތިހާބް ކައިރިވީމަ މިކަމަށްވެސް ބަސްބުނަން ކެރިއްޖެ ދޯ ؟ ޏޫނޭވާ ޝެކުން މިތިބީ މިރާއްޖެއް ލިބިފައިތިބި

    5
    1
  15. ބައޮ

    ބައްޕާފުޅުގެ ބަސްއަހައިގެން މިގައުމުގެ ވެރިކަމަށް ޢުމަރު ގެނައުމަށް ޢުމަރަށް ކާމިޔާބު ދެއްވުން އެދި މާތްﷲގެ ޙަޟްރަތަށް ދުޢާދަންނަވާ ވަގުތު އަދިވެސް ނުޖެހެނީތޯ؟

    8
    1
  16. Anonymous

    އިންތިހާބުގައި ސޯލިހަށް ވެރިކަން ލިބިބުމަށް ކަލޭ ދުއާކުރޭ..

  17. ހަހަ

    އަނެއްކާ އަނެއް ގޯތި ދޭން މިޖެހުނީ މި ސޮރައް.

  18. މިތުރު

    އިޔާޒުގެ ތިދީނީ ލަފާ އިބްރާހީމް ބަލައިގަންނާތޯ މިތިބީ ބަލަން. ގޯތި ލިބުނީމަ އޯކޭވާނެ.