މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަކީ ކުށްވެރިއެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް އެފަދައިން ވިދާޅުވެފައިވަނީ ސިޔާމް ފުރުން މަނާ ކުރި މައްސަލައި ތެރެއަށް ފޮރިން މިނިސްޓްރީން ވަދެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމުން ކުރެއްވި ޓުވިޓެއްގައެވެ. އެޓުވިޓުގައި ސިޔާމްގެ ނަން އިޔާޒް ފާހަގަ ނުކުރި ނަމަވެސް އޭނާ ވިދާޅުވީ، ސިޔާމަކީ ކުށްވެރިއެއް ކަމަށެވެ.

"ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށްވީނަމަވެސް, އަދި ކިތަންމެ ޤަދަރުވެރި ބޭފުޅަކަށްވީނަމަވެސް, ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި ހަމަހަމަވާންޖެހޭނެ. ކުށްވެރިންނަށް ޙައްޤު އަދަބުލިބިދޭންޖެހޭނެ." އިޔާޒް ކުރި ޓުވިޓުގައި ވިދާޅުވިއެވެ.

ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވުމުން ޕާސްޕޯޓް ހިފަހައްޓައި އޭނާ އެ ގައުމުން ފުރުން ވެސް ވަނީ މަނާކޮށްފައެވެ. ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން މައްސަލައާ ގުޅިގެންނެވެ.

ރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ސަން ސިޔާމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ރަށްރަށުގެ ކެމްޕޭންގައި އުޅުއްވުމަށް ފަހުއެވެ. އެގޮތުން ރައީސް ސޯލިހްގެ ކެމްޕެއިން ފަށަން ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި އާއި އެ އަތޮޅުގައި އޮންނަ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ނޫމަރާ އަށް ކުރެއްވި ދަތުރުގައި ސިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޭކު

    ބައްޕާ ފުޅު ވިދާޅުވީމަ ރޭކާލީކަން ނޭގޭ މީ ސޯލިހެއް ނޫންކަން..

    40
  2. ދަރަނި ދަންތުރަ

    އުމުރަށް ޖަލަށްލާ ، މަހުޖަނު ވެގެން ހުދުއަހުގައި ހުކުރަށްދިޔައީމަވޭތޯ އެހެން މީހުންގެ ހައްގުތައް އަދާނުކޮށް ފިލައިގެން ބަޗައިގެން ނޫޅެވޭނެ ، ސޯލިބޭ އަށް ވެސް ރަނގަޅު ލޮޓިއެއްލިބޭނެ ގާނޫނު އަރާ ހަމަކުރާނެ ޗޯރޭ ޗޯރޭ ޗޯރޭ

    52
    1
  3. ރައްޔިތުސޮރު

    ކޮބާ 100 ޕަސެންޓު މުސްލިމު މިދިވެހިރާއްޖޭގަ ކުއްވެރިއެއްނުވޭ ތަފާތު އެކިދީންތަކަށްއުޅެވޭ ސިންގަޕޫރުގަ ޤާނޫނު ހިނގަނީ އެންމެންނަށް ހަމަހަމަކޮށް! އަދުލް އިންސާފް! އަދުލް އިންސާފް!

    61
  4. ޝެއިޙް

    މި އިޔާޒު ނުބެހޭ ކަމެއް ނޯވޭ ދޯ. އެކަމަކު ބުނާނެ ތިމަންނަ މީ ސިޔާސީ މީހެއް ނޫނޭ.

    26
    4
  5. ދޯދި

    ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށްވީނަމަވެސް, އަދި ކިތަންމެ ޤަދަރުވެރި ބޭފުޅަކަށްވީނަމަވެސް, ޤާނޫނާއި ޤަވާޢިދުގެ ކުރިމަތީގައި ހަމަހަމަވާންޖެހޭނެ. ކުށްވެރިންނަށް ޙައްޤު އަދަބުލިބިދޭންޖެހޭނެ." އެކަމަކު ކަލޭމެންނަށް ޔާމީނުން މީހަކު ނުފެނުނު.މީހަކު މަރާލިޔަސް ޓަނުން ޓަނުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް ބޭނުން ކުރިޔަސް.ގައުމު ދަވާލިޔަސް ވާކަމެއް ހަރާމް.

    14
  6. ވަހީދު

    އަޅުގަޑުމެން ޤަދަރު ކޮށް އިހްތިރާމަކުރަންޖެހޭ ބައެއްގެ ތެރޭގައި މިކަހަލަ ފަރާތްތައް ހިމެނުމުން ވަރަށް ހިތާމަކުރަން. ޢެމީހަކާ ނުބޭހޭ ނޭގޭ ކަންތައް ތަކާ ބެހިވާހަކަ ދައްކާ ހެދުން މާތްވެގެންވާއިސްލާމްދީނުގަ އޮންނަ ގޮތް އެގޭ ފަދަ ފަރާތްތައް މިހެންއުޅުމަކީ ވަރަށް ދެރަ ކަމެއް.