ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ތަޖުރިބާ ހުރި ފައިނޭންޝިއަލް އިންޖީނިއަރެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ތިނަދޫ ސިިޓީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ސިޔާމް ވިދާޅުވީ ފެށުނީއްސުރެ ސިޔާސީ ލީޑަރުން ދަނީ ރައްޔިތުންނަށް އަމާން ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ކަމަށާއި ރައީސް ސޯލިހަކީ އެމަސައްކަތުގައި ހުރިހާ ލީޑަރުންނަށްވުރެ އަރާހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެކަމުގެ ތަޖުރިބާ ހުންނެވި ފައިނޭންޝިއަލް އިންޖީނިއަރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަކީ އެކަމުގެ ތަޖުރިބާ އޭގެ އެންމެ ބޮޑު މިނުގައި ގެނެސްފައިވާ ބޭފުޅެއް. އެމަނިކުފާނަކީ ހަޤީގަތުގައި ދަންނަވާނަމަ ފައިނޭންޝިއަލް އިންޖީނިއަރެއް."، ސިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކޮވިޑް-19ގެެ އާލަމީ ވަބާގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ޕްރޮޖެކްޓުތައް ހުއްޓާލިއިރު ރައީސް ސޯލިހު ވަރަށް ވިސްނުންތެރިކަމާއެކު ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގި ކަމަށާއި އެއީ އެމަނިކުފާނު ކުރެއްވި ޤައުމަށް އެންމެ ފައިދާކުރުވަނިވި ކަމެއް ކަމަށެވެ.

"ހަޤީގަތުގައި ރައީސް ސޯލިހުއަކީ އިންޖީނަރެކޭ އަޅުގަނޑު މިބުނި ސަބަބަކީ ދުނިޔޭގެ ވިޔަފާރިވެރިންގެ ތެރެއިން ގިނަ މީހުން ކޮވިޑް-19 ގައި ޕްރޮޖެކްޓުތައް ހުއްޓާލި. އޭގެތެރޭގައި އޭޝިޔާގެ ބޮޑެތި ޤައުމުތަކާއި ޔޫރަޕްގެ ބޮޑެތި ޤައުމުތައް އެފްރިކާ އަދި އެމެރިކާވެސް އެޕީރިއެޑްގައި އެމީހުންގެ ޕްރޮޖެކްޓުތައް ހުއްޓާލި. ރާއްޖޭގައި މަސައްކަތް ކުރަމުންދާ ރިސޯޓްތައް އަދި ކޮންސްޓްރަކްޝަން ދާއިރާ އެއްކޮށް މަޑުޖެހިގެން ދިޔަ. އަދި ރިސޯޓް ހަދާ މީހުންވެސް އެރިސޯޓްތައް ހެދުން ހުއްޓާލީ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރައީސް އެ ޕްރޮޖެކްޓުތައް ގެންދެވީ. އެފަދަ ވަގުތެއްގައި ޕްރޮޖެކްޓުތައް ގެންދެވުމަކީ އެންމެ އައުލާކަން ބޮޑު އެންމެ ފައިދާ ކުރަނިވި ގޮތް ކަމުގައި އަޅުގަނޑު ދެކެނެ."، ސިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި މިއަންނަ ހެޔޮ ބަދަލަކީ އެދިވެހި ތާރީޚުގައި މިހާތަނަށް އައިސްފައިވާ އެންމެ ހެޔޮ ބޮޑު ބަދަލެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ކޮޅަށް ޖެހޭނެ ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އަދި ބޭރުން ފައިސާ ހޯދައިގެންނާއި ލޯނުތައް ނަގައިގެންވެސް ރާއްޖޭގެ އިޤްތިސާދު ކޮޅަށް ނަގާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަަމަށް ސިޔާމް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިރާއްޖޭގެ އިގްތިސާދު ދެގުނަ އަދި ތިންގުނައަށް ނަގާ ކޮޅަށް ޖަހާފައިވާ ކަމަށް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޢަހިމަދު

    ކިޔޭ ނުކިޔޭ ނޭގޭ ގަމާރެއް. ޢެފަދަ އިންޖިއަރެއްވީމަ ގައުމު ދަރުވާލި

    54
    • އަސްތާ

      ޕްރޮފެސަރ އެއް ނޫންބާ އެއީ

      27
  2. ޡޒޒ

    އެހެންވީމަދޯ އެއްވެސްކަމެއް ނިންމާނުލެވުނީ… އެހެން ގައުމުތަކަށް މާލީ ގޮތުން ވީ ގެއްލުން މި ގައުމަށް އެކި ގޮތްގޮތުން އެހީތައް ލިބުނު…ނޯމަލް އަށްވުރެ ބޮޑު އާމްދަނީ އެއް ސަރުކާރަށް ވަތް…ހަކުރު ކިލޯ އެއް 15 ރުފިޔާއަށް އަންގި ޖޯޑެއް 15 ރުފިޔާ އަށް ގަނެ އެ ފައިސާ ބަހާލީ ގާތް މީހުންނަށް…ޝިޔާމްއަށް ތިހާ ހިސާަބަށްއާދެވުނީ ފައިސާ ދަންނަ މީހެއްގެ ފުށުން…އެމީހާގެ ބޮލަށް ފައިން އަރާފަ ގޮސް ތިއޮތީ ހިޔަޅެއްގެ ކައިރީ…ކޮނޑުމައްޗަށް ލައިގެން…

    44
  3. އަބޫ

    ކޮސްނުގޮވާ ދަރަނި ދައްކަންއުޅެބަލަ. ތަޢުލީމެއްނެތު ޕޯޑިއަމްތަކަށްއަރައި ވާހަކަދައްކަންފެށީމާ އަމިއްލަ މުންޑުބޭލޭނީ. މިހާރު އެތައްފަހަރަކުބޭލިއްޖެ. މިފަދަމީސްމީހުން އުޅުގަންނަގޮތެއްދޯ. ހަމަހައިރާންވޭ.

    47
  4. އަލީ

    ވަރަށް މޮޅު އިންޖިނިއަރެއް. ގިރާވުރު އަދި ގުޅީފަޅުގެ ބިންތައް ބޭނުން ކުރެވޭ ވަރު ވާނީ 5 އަހަރު ފަހުންކަން އެގިއްޖެ.

    44
  5. ހޖހޖހ

    ސިޔާމް ތިހުރީ ހަމައަކުނޫން. މާމުއި ނުކުންނަ މީހާއަކީ ނުކިޔަވާހުރި މީހެއް. ތަނެއްދޮރެއް ނޭނގޭމީހެއް. އެހެންވެ ރިޔާސީ ބަހުސްއަށްވެސް އަރަން ނުކެރިގެން ތިއުޅެނީ.

    41
  6. ސަންފުލާވާ މާމުއި

    މުއިޒްއަކީ ތަރައްގީގެންނަން ޓެކްނިކަލްހިސާބުން ޕީއެޗްޑީހަދާފަހުރި ތަޖުރިބާބޭފުޅެއް ސާކް ގައުމުތަކުގެތެރިން އަބުދުލްކަލާމް އައްފުހު ސާކުގައުމެއްގަ ވެރިކަންކުރާނެ އެއްމެގާބިލުބޭފުޅާ މުއީޒް ހުރިހާރައްޔިތުންވެސް ބޭނުންވަނީ ހުރިހާ ދާއިރާތަކުންވެސް ތަރައްގީ މިކަންކުރެވޭނީ މީހެއްގެކާރިފަތިގަނޑުއަޅާލަދޭން ބުނަންނުޖޭ ވަރުގެބޭފުޅަކައް މުއީޒުގެ ގެކިޔާއުޅެނީވެސް މިސަބަބުފެއްނަންހުރީމަ މިހިސާބުނޭގޭނެ ކައްމަތީފިހާރައެއްގެ ވިކުރާބަލަހައްޓަންހުރި މީހަކައް އޭނަބެލެހެއްޓިވިޔަފާރިތަކުގެހާލު ބެލީމައެގޭނީ

    20
    1
    • ސޫލް

      ކަލޯ ސިވިލް އިންޖިނޭރަކަށް ފައިނޭންސް ދާއިރާއެއް ނޭނގޭނެ. މުއިއްޒަކީ އިންޓަނޭޝަނަލް ބައިނަލް އަގުވާމީ ކަންކަމުގެ އެއްވެސް ތަޖުރިބާއެއް ކޮންޓެކްޓުސް އެއް ހުރިމީހެއް ނޫން. އޭނާ ވަޒީފާ އަދާކުރި މުޅި ކެރިޔަރުގައި ވެސް އެންމެ ދާއިރާއެއްގެ މިނިސްޓުރީއެއްގައި. އޭނާއަކި އޯލްރައުންޑެޑް ހިންގުންތެރިއެއްނޫން. ގަބޫލު ނުކުރެވޭނަމަ އޭނާއާއި އެކު އެތަށް އަހަރެް މަސައްކަތް ކޮއްފައިވާ މިނިސްޓުރީގެ މުއައްޒަފުން ގާތުން އޮޅުން ފިލުވާށެވެ. އޯލަރައުންޑު ކެންޑިޑޭޓަކީ ޖުމުހޫރީ ޕާޓީގެ ކެންޑިޑޭޓް. މިއީ ފެކްޓެއް. މިއީ ކެމްޕެއިން އޮޅުވާލުމެއް ނޫން. ހަގީގަތް.

  7. ބުއްދި

    2ފުޅި ސިޔާމް ބުއްދި ހަމަ ޖެހޭ ކަމާމެދު ސައްކު

    24
  8. Anonymous

    ކަލޭ ޖީބަށް ބަރު ވާތީ ތޯ އެހާ މޮޅު ފައިނޭންސަރަކަށް ވީ؟؟!!! ގައުމު ގެ މިނިވަންކަން، އިގްތިސާދު ނަގާލާފިއޭ

    25
  9. ނަމަ

    ސިޔާމް މާމުއި ބޯންދެމުންބާ އެބުނާ ފައިނޭންޝިއަލް އިންޖީނިއަރިން ކިޔަވާދިނީ

    23
  10. އަހްމަދު

    ސިޔާމް އެބުނީ ރައްޔިތުންގެ ޓެކްސްފައިސާއިން ހިލްޓަންއަށް ދައްކަންއޮތްފައިސާ މޮޅުގޮތަކަށް ދައްކަދިންވާހަކަ އެއީ ހަމަ ފެލާލީމަ މާމުއިފޭބިހެން ހިނގިކަމެއްވީމަ އެކަހަލަމޮޅުގޮތަކަށްތާ ބުނެދެވޭނީ

    25
  11. Anonymous

    މިގައުމުގެއަނގައާއި އަތާއިދިމާނުވެތިބި ނިކަމެތި ރައްޔިތުންގެ ބެއިތިލްމާލުން ކަލޭ ހިލްޓަންއަށް ދަރައިހުރި ދަރަނި އެތައްމިލިޔަން ޑޮލަރެއް ޗޯރުއިބޫ ސިންގަޕޯރ ކޯޓަށް ދައްކާފަ ޖަލުން ސަލާމަތް ކޮށްގެން ގެނެސްފައިވާތީ ކަލޭގެ އަނގައިން ރ.ޗޯރުއިބޫ ރަންހެދުމެއްލައްވައި ޒީނަތްތެރިކުރަނީކަން ރައްޔިތުންނަށް ވަރަށްސާފު. އަދި ޢެދަރަނީގެ ބާކީ ނުދެއްކިހުރި އެތައްމިލިޔަން ޑޮލަރ ދައްކައިދޭންވެސް ރ.ޗޯރުއިބޫދަނީ ރައްޔިތުންގެ ބޭންކަށް(ބީއެމްއެލް)އަށް ފޯސްކުރަމުން ވިއްޔާ

    17
  12. އާމިނަތު

    ފައިނޭންސް އަކީ އިންޖިނިއަރިންގ ފީލްޑެއްނޫން. ކިޔޭނުކިޔޭ އެގޭތަ؟

    25
  13. ރަން ރީނދޫ

    ފައިނޭންޝިއަލް އިންޖިނަރުކަން ކިޔަވަން ޖެހޭނީ ދުނިޔެއިން ބޭރުގައި 😂

    22
  14. Anonymous

    ސަން ޝިޔާމު ރައީސު އިބޫގެ އެއްމެ އަރިސް ބޭފުޅާއަށްވެހުރެ އެމަނިކުފާނަށް މަލާމާތްކުރަންވެސް ފެއްޓެވީތަ،؟؟ ނޫންނަމަ ރައީސުއިބޫ ތިޔަ އިންޖިނިއަރިން ކިޔެވީ ކޮން ކޮލެޖެއް ނުވަތަ ކޮންޔުނިވާސިޓީއެއްކަންވެސް ރައްޔިތުންނަށް އަންގައިދޭންވީ ނޫންތަ؟؟

    18
  15. ގޮވެލި

    ތިބުނާ އިންޖީނިއަރ 5އަހަރުން 3އަހަރު އުޅުނީ ރަތްއިތުންގެލާރިން ބޭރުގައުމުތަކުގަ ގިޔަރުބަދަލުކުރުމުގަ
    ރިޔެކުޓްނުކުރޭ ފަޒޫމެޓަމް ބުނުވި އެއްޗެއްދޯ

    13
  16. ބަލާތި

    މިއަދާއި ހަމައަށް އައިއިރު ރިޔާސީ އިންތިޚާބުގެ ނަތީޖާ 1. މުއިއްޒު 40 ހާސް 2. އިބޫ 26 ހާސް 3. ގާސިމް 25 ހާސް 4. އިލްޔާސް 6 ހާސް 5. ނާޒިމް 4 ހާސް. 6. އުމަރު 3 ހާސް 7. ފާރިޝް 100 8. ޒަމީލު 16 ވޯޓް. މި ނަތީޖާ ދައްކާ ގޮތުން ގާސިމް ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން އަދި މާލެ ސަރަހައްދުގެ ވިޔާފާރިވެރިންނަށް ބިން ހިލޭ ދޭން އެނބޫދޫ ފަޅު އިރުން އޮތް ފަޅު ހިއްކާ ބިން ދޭނެ ކަން އިއުލާން މާލެ އާއި އެތަނާއި ދެމެދު ބްރިޖް އަޅާނެ ކަމަށް އިއުލާން ކޮށްފިނަމަ މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ވޯޓް ލިބޭނެއޭ އަދި ކޮންމެ ރިސޯރޓަކަށް މާލެ ސަރަހައްދުން 1 ހެކްޓަރުގެ ބިމެއް 10 މިިލިއަން ޑޮލަރަށް ވިއްކާލާނެ ކަމަށް އިއުލާން ކޮށްފިނަމަ އެއިން ވެސް ލިބޭނެ ރަނގަޅު ކުރިއެރުމެއް މިކަންކަން ގާސިމް އިއުލާން ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ

  17. މަންތިރި

    ތިނަދޫ ސީސެލް ސިޓީ ކަޑުވިއްކާލި އެސިޓީ ގިޔަރު ނޭރި

    11
  18. ޙަސަން

    ފައިނޭޝިއަލް ކަނޑުކޮހެއް އެއީ.

  19. ހުސެން

    ތަޖުރިބާ ހުރި ހިޔަޅެއް .ކިނބޫ އަކީ ވެސް އޭގެ ޒާތުގައި ވަރުގަދަ އިންޖީނިއަރެއް.ދައުލަތް ރޮލާ ނޮޅާ ކާލަނީ ކިނބުލަށް ވަކި ދުލެއް ނުދޭ .މި ކިނބޫ ބޭރުކުރޭ

  20. ޅާމް

    މާމުއި އިންޖިނޭރެއް..