މި އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބުގައި ކާމިޔާބު ލިބުމަށް އެދި ދުއާ ކޮށްދެއްވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އެދިވަޑައިގެންފިއެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ (އޭޕީ)ގެ ޖުޑީޝަލް ކޮމެޓީގެ ޗީފް ޖަސްޓިސް ޑރ. އިޔާޒް މިގޮތަށް ވިދާޅުވީ، ރައީސް ސޯލިހްގެ ކެމްޕެއިން ޓީމުން ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.

ޓީމް އިބޫ ސޯލިހްގެ ނަމުގައި ޓްވިޓާ ހިންގަމުން އަންނަ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ 2018ގައި ސިޔާސީ ހުރިހާ ލީޑަރުން ތިބީ ބޮޑެތި ހުކުމްތަކުގައި ހުރަގޭގައި އަރުވާ ލެވިގެން ކަމަށެވެ. އާއިލާތައް ތިބީ ބިރުވެރިކަމެއްގައި ކަަމަށް ބުނެފައި ވެއެވެ. އަދި އެއިރުވެސް އެންމެންވެސް ގޮވީ އިބޫއަށް ކަމަށްވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ.

އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން ޑރ. އިޔާޒް ވިދާޅުވީ، އިންކާރު ކުރެވެންނެތް ތެދު ހަގީގަތް ނަމަވެސް، ގިނަ މީހުންނަކީ ބިރުވެރިކަން ފިލައިދިޔުމުން ކަންކަން ހަނދާންނެތޭ ބައެއް ކަމަށެވެ.

އަދި ޖަޒްބާތަށްވުރެ ބުއްދި އިސްކޮށް، ހަގީގަތް ގަބޫލުކޮށް، މި އަހަރުގެ ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ފުރިހަމަ ކާމިޔާބީ އެއް މިންވަރުކުރައްވާ، ގައުމުގައި ރަނގަޅުކުރަންހުރި ކަންކަން ރަނގަޅު ކުރުމުގެ ތައުފީގޫ ދެއްވާ، އުފާވެރި އަމާން ރާއްޖެއަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތުގައި ކާމިޔާބު ދެއްވުން އެދި ދުއާ ކުރަންޖެހޭ ކަަމަށެވެ.

"އަދި އަޅުގަނޑުމެންގެ އުރެދުންތަކުގެ ސަބަބުން އަނިޔާވެރި ނުބައި ނުލަފާ ވެރިން ފާނުކުރެއްވުން އެދި ދުއާ ކުރަންޖެހޭ.". ޑރ. އިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ޕޮގުބާ

    ކަލޭ އެކަންްޏަށްތަ ދުޢާކުރެވެނީ އަދާލަތު ޕާޓީއަށް ވެރިކަން ލިބޭތޯ ދުޢާކުރުން ނޯންނަނީތަ

    14
    1
    • ލޮލް

      ޑރ. ޢިޔާޟްގެ ބައްޕާފުޅު ވިދާޅުވަނީ އެބޭފުޅާ ވޯޓު ދޭނީ ޢުމަރު ނަސީރަށް ކަމަށް. އެހެންވީމާ ދުޢާ ކުރަންވީ މިގައުމުގެ ވެރިއަކަށް ޢުމަރު ނަސީރު އިންތިޚާބު ކުރައްވާތޯ.

      23
  2. އިބޫ ޖަހުލު

    އިބޫ "ގައިރު" ސޯލިހު ކައިރިން މިގައުމު ސަލާމަތްކުރަށްވާތޯ ދުއާ ކުރުން ކޮންމެމީހަކަށްވެސް ލާޒިމް

    20
    1
  3. ވާލުސޮރުމާލެ

    މިކަލޭގެއާ ހުރެ ފޮރުއްޕާކަށް ނެތެއްނުން

    16
  4. ބިކުންބެ

    ކަލެޔާއި އިލްޔާސްކިޔާ ފިތުނަވެރިޔާ ބުނާގޮތުން ﷲ އިޖާބަކުރައްވަނީ ކަލޭމެން ދެމީހުން ކުރާ ދުއާއެއް ނޫންތަ؟ އަހަރެން މާތްﷲ ގެކިބަފުޅުން އެދެނީ ސާލިހުގެ ވެރިކަން މިހިނދުން މިހިނދަށްވެސް ނިމޭނެގޮތް އެކަލާނގެ މެދުވެރިކުރެއްވުމަށް. އަނގައިން ނުބުނެހުރެ ނުބައިނުލަފާ ވެރިކަމެއް ކުރާ އަނިޔާވެރިއެއް އެއީ.

    17
  5. ޟާ

    ނޯވޭ

  6. ހަށްޓި

    މިގައުމުގެ ފިތުނަ ފަސާދަ އުފަށްދާ ދީނީ ތާކިހާ އަޅައިގެން އުޅޭ ބައިގަނޑު މިއުޅެގޮތުން ހަމަ ހިނިއަންނަނީ ޗޯރޭ މިފަހަރު ޖެހޭނީ މިގައުމުން ސިއްރިޔާތުގައި ފައިބައިގެން ދާން މިފަދަ ޒާލިމަކު ވެރިކަމަށް އައުމަށް ﷲ ސުބުހާނަހޫ ވަތައާލާ އިރާދަ ނުކުރަށްވާށިއެވެ އާމިން ޔާރަށްބުލް އާލަމީން.

    14
  7. ޣޖ

    ނޯ

  8. Anonymous

    ނުކުރާނަން. މިގައުމު މިނިވަން ކުރަން އެބަޖެހޭ. މިގައުމުގައި ދިވެހިންނަށް ވަޒީފާއެއްނެތް. މަސައްކަތެއްނެތް. ހުރިހާވެސް އެއްޗެއް ލިބެނީ އިންޑިޔާ މީހުންނަށް. ސޯލިހަކީ އިންޑިޔާ މީހުން މިގައުމުގައި ބަހައްޓާފަ ހުރި އެމީހުންގެ އެޖެންޓެއް.

    15
  9. ހަސަނަ

    މީހާދަބަލާބޮޑު ވެއްޖެމީހެކޭ އެނައަމިއްލައައް ދުއާކުރީމަނިމުނީނު..

  10. Anonymous

    އަހަރެމެން ދުއާ ކުރަނީ ސޯލިހުއާއި ސޯލިހު ކަހަލަ ދީނަށް ނަސްރުނުދޭ ގައުމަށް ނަސްރު ނުދޭ އެއްވެސް މީހަކު މިގައުމުގެ ވެރިކަމާ ކައިރިވެސް ކޮށްނުދެއްވުންއެދި. އަދި ތިކަހަލަ ޖާހިލުންގެ ނުބައިކަމުން މިއުއްމަތް ސަލާމަތްކޮށްދެއްވުންއެދި.

    14
  11. Anonymous

    ޔާ އިލާހް ސޯލިހަށް މިގައުމުގެ ވެރިކަން ދެން ދުވަހެއްގައިވެސް ނުދެއްވާނދޭވެ. އާމީން.

    17
  12. Anonymous

    ސޮރީ ތިިކަމެއް ވާކަށް ނެތް.

    17
    1
  13. ހަގީގަތް

    މަގޭ އިބޫ އަކަށް ތާއިދެއްނުކުރަން އެކަމަކު ގަބޫލު ކުރަން ޔާމީނަކީ އަނިޔާވެރިއެއް ކަން ބޮޑެތި ހުކުމްއޭނާ އިއްވަނީ ކޯޓައް ނުފޫޒު ފޯރުވައިގެން ކަންވެސް އިނގޭ

    2
    9
  14. ސަލީމް

    އިޔާޒް އެކަނި ކޮށްލިޔަސް ތިކަން ނިމޭނެތާ

    8
    1
  15. އަލިބެ

    އިޔާޒް އަށްވެރިކަން ހޯދަން އުޅެބަލަ، މީނަމީ ސިޔާސީ ވެރިއެއް،

    12
    1
  16. ކިނބޫ

    ނުރަނގަޅު ކަންކަމަށް އެދި ދުޢާ ކުރުމަކީ ކޮންކަހަލަ ކަމެއްތަ އިޔާޒޫ، މުޅިގައުމު ސުންނާފަތި ކޮއްލައިފި

    20
  17. ސަމާހު

    ޑ.ރ އަފްރާޝީމު އަވަހާރަކޮށްލި ބަޔަކު އަދިވެސް
    ހޯދައިނުގަނެވޭ؟ ކުޑަހެންވޭރުގެ ހުމާމު އެކަނި ހައްޔަރުކުރެވުނީ ސްރީލަންކާގެ ސިހުރުވެރިޔާ އަސޭލާ ޔާމީނުއާއެ ގިނަގަހަރުމަތިން ފެނިފައިވޭ

    2
    4
  18. ތެދުތެދައް ބުނަންޖެހޭނީ

    މިގައުމަށް ތަރައްޤީ ގެނުވިބޭފުޅަކީ ޔާމީން އައި އެގްރީ ބަޓް ޔާމީނަކީވެސް ގޭންގުތަކާއި ގުޅުން އޮންނަ ބޭފުޅެއް އަނިޔާވެރިއެއް

    2
    10
  19. Anonymous

    އަހަރެންމިހުރީ މިހާރުވެސް މަތިވެރިމާތްއަޅުކަމެއް އަދާކުރުމައްޓަކާ މައްކާގައި ކޮއްމެފަރުޘުނަމާދަކާއި ސުއްނަތްނަމާދެއްގެފަހުގައި މިހާރުވެރިކަމުގައި ތިޔަހުރި އިބޫޗޯރުގެވެރިކަން ނިއްމަވައިދެއްވާ އޭނަގެ ނުބައިނުލަފާކަމުން ދިވެހިގައުމާއި ރައްޔިތުން ސަލާމަތްކޮއްދެއްވުމަށްއެދި މާތްﷲގެ ހަޒުރަތުގައިދުއާކުރަން.

    16
  20. ނިހާދު

    މީނަމީ ސަލާމަތުން ތިބި މީހުންގެ އަނގަގޮވާ ފާފަވެރިކުރަން އުޅެމީހެއް ފިތުނަ ފަސާދަގެ ބައްޕަ

    22
  21. ބުއްޅަބޭ

    ބަދު ދުޢާތަ ކުރަންވީ؟!

    17
  22. ހުސޭނުބޭ

    ދުނިޔޭގެ އަމިއްލަ އެދުމައިގެން ދަނޑިޖަހާ މުނާފިގެއް ތިއީ. ބަލަގަ ކަލެއަކަށް ނުއިވޭތަ މީހުން އެތިބެ ސޯލިބެޔަށް ލަޢުނަތްދެމުން ދުވަނީ!

    10
  23. ޠަމީ

    قرآنގެ އެންމެ އާޔަތަކަށް ވެސް ހިތުން ރުހިގެން ސަރުކާރުން ޢަމަލު ނުކުރާނެ . ގޮބޯހައްދައިގެން ތިގޮތަށް ފަތުވާނެރޭނެ ބަޔަކު ބޮޑުމުސާރާގައި ބައިތިއްބާނެ .

    20
  24. ހިޔަޅު

    ރާއްޖޭން ހައްޖަށް މިއަހަރު މީހުން ދިޔައީ ސޯލިހަށް ދުއާކޮށްދޭންކަމަށް އިމްރާނުބުނި. ދެން އިތުރަށް ކޮންމެހެން ދުއާ ކުރާނެކަމެއްނެތެއްނު. ތިޔަހެން އަބަދު ކިޔަންޏާ ގިނަމީހުން ރުޅިއައިސްގެން ދެން ކުރާނީ ބަދު ދުޢާ. ކަލޭގެ ބަފާ ހަދާފާ ސޯޝަލް މީޑިއާ އަށް ދޫކޮށްލާފައި އެއޮތް ޅެމުންވެސް ސޯލިހު ދެވަނަ ދައުރަކަށް ހޮވަންޖެހޭކަން އެނގޭނު.

    17
  25. ނެސްމީން

    ސޯލިހުއަށް ނާކާމިޔާބަށް އެދިވެސް ދުއާކުރާނަން ބުރޯ.

    16
  26. އަހްމަދު

    "އަދި އަޅުގަނޑުމެންގެ އުރެދުންތަކުގެ ސަބަބުން އަނިޔާވެރި ނުބައި ނުލަފާ ވެރިން ފާނުކުރެއްވުން އެދި ދުއާ ކުރަންޖެހޭ.". ޑރ. އިޔާޒް ވިދާޅުވިއެވެ.
    އަހރެނަށް ފެންނަ ގޮތުގައި އިޔާޒް ތިބުނާކަހަލަ ނުބައިވެރިއެއް ރައީސް ސޯލިހަކީ. އެހެންވީމާ އިޔާޒް އެދުނުގޮތަށް ދުއާ ކޮށްދޭނަށް.

    15
  27. ނަމަ

    އިޔާޒް ހޭބުއްދި ފިލާ ދިޔައީބާ؟

    16
  28. ހެހޭ

    އޭރުން ތިބަޑައްލާން ކިހާ ފައިސާއެއް ލިބޭނެ؟؟

    12
  29. ތުއްތުހޮއްކޮ

    "އަދި އަޅުގަނޑުމެންގެ އުރެދުންތަކުގެ ސަބަބުން އަނިޔާވެރި ނުބައި ނުލަފާ ވެރިން ފާނުކުރެއްވުން އެދި ދުއާ ކުރަންޖެހޭ.". ޑރ. އިޔާޒް ވިދާޅުވިއެވެ. ބަލަގަ އިޔާޒޫ ކަލޭނުބުންޏަސް ދުޢާމިކުރަނީ ތިކަހަލަ ނުބައި ވެރިންގެ ކިބައިން މިގައުމުސަލާމަތް ކުރެއްވުންއެދި އިސްލާމްދީނުގެ ދިފާޢުގާ ޚިދުމަތް ކޮއްދެއްވާނެ ވެރިޔަކައްއެދި ކޮބާދީނުގެ ދިފާޢުގަ ކުރަންޖެހުނުކޮންމެ ކަމެއްކުރަން މާތްﷲގަންދީ ހުވާކުރި23 ޑިސެމްބަރ އިއްތިހާދު!!!!

    14
  30. ގާރީ

    ނޫވާނެ. އަހަރުމެން ދުއާކުރާނީ މި ބަލާވެރިކަމުން މިންޖުވުން އެދި.

    16
  31. Anonymous

    އިންތިހާބުގައި ރައީސް ސޯލިހު ބަލިމުމަށް އެދި ދުއާ ކޮށްދެއްވުމަށް އެދި އަދޭސްދަންނަވަން!

    22
  32. މިނިވަން

    އިޔާޒް ފައިސާކޮޅެއްދިނީމާ ތިޔަވަރުން އިބޫކޮޅުގައިތިހިރީ ތިޔައީ އިލްމުވެރިއެއްތަ ؟؟ ބަލަ މިގައުމުގާވަެިކަންކުރެއވީ ރައީސްނަޝީދު ރައީސްޔާމީނު މިވެރިންނައް ތިޔައިޔާޒް ފުރައްސާރަކުރާއިރު ގައުމުގެ މިނިވަންކަމާ ދީނާ ގައުމުގެ ބިމާކަޑާ އިންޑިޔާގެބާރުގެދަށުގާވާއިރު ތިޔަކިޔާ ފައިސާކޮޅަކައްވިކޭސޭހުންތޯތިއީ ؟؟އިޔާޒް ޒައިދު ނުވަތަ ގޯތި ފުލެޓް؟؟

  33. Anonymous

    ހަމަ ޔަޤީނޭ އެއްބުރުން ނަގާނަމޭ ކިޔާފަ ބަލަ އިޔާޒު ތިހާ ޔަގީން ކަން އޮތީއްޔާ ދުއާކުރަން ގޮވަނީ ކީއްވެ. ހަމަ ގޮތް ހުސްވީ ދޯ!!

    18
    1
  34. މާޟީ

    މީނައަކީ ހާދަ ނުލަފާ މީހެކޭ ދޯ

    17
  35. މިތުރު

    ވައްކަން ކުރާ ޖައްބާރު ވެރިން ހޮވަން ދުއާކުރާނީވެސް ނާޖާއިޒް ފައިދާ ލިބޭ އެކަހަލަ މީހުން. އިޔާޒުގެ ޢާއިލާއަށް ގޯތިލިބިގެންހުރެ އިޔާޒް ދުއާކުރޭ.

    16
  36. ގަބުޅިބާދަލާ

    ޔަހޫދީންނާއި ނަސާރާއިންނާއި ބުދުތަކަށް އަޅުކަންކުރާ ހިންދޫންނާއި ގުޅިގެން މިގައުމުގެ ވަލިއްޔުލްއަމްރާއި އެކުގައިވާ ބައިވެރިން ގުޅިގެން މިގައުމު އަޅުވެތިކުރުމަށް ކުރަމުންދާ މަސައްކަތްނާކާމިޔާބުކުރައްވާންދޭވެ.ޔާﷲ.އާމީން.އަދިމިބައިމީހުންގެ މަކަރުވެރިރޭވުންތައް މީސްތަކުންނަށް ހާމަކުރައްވާ ފަޟީޙަތްކުރައްވާންދޭވެ ނިކަމެތި ކުރައްވާންދޭވެ.ޔާﷲ އާމިން.

    20
  37. ހުސެން

    މާތް ﷲ ހެޔޮރަހުމަތުން މިއެދެނީ އިބުރާހީމް ސޯލިހު ގެ މުސީބާތުން މި ގައުމު މިންޖު ކޮށް އެހެން ވެރިއެއް ހެޔޮލަފާ ވެރިއެއްް އަޅުގނަޑުމެންނަށް މިންވަރު ކުރެއްވުން.އިންޑިއާ ގެ އަނިޔާވެރި ސަރުކާރު ބަޢިއަތު ހިފައިގެން ތިބި އެންމެން ނިކަމެތި ކުރައްވާ މި ގައުމަށް މިނިވަންކަން ގެނެސްދެއްވައި ދީނަށް ބޯލަނަބއި ސުންނަތަށް ކިޔަމަން ވާ އަޅެއް އަޅަމެންނަށް މިންވަރު ކުރައްވާށި.އަދުލު ނެތް ދީނަށް ކުލުނެއް ނެތް މި ސަރުކާރު ނިކަމެތި ކުރައްވައި މިއަނިޔާވެރިން ބަލިކަށް ކުރައްވާށި

    17
  38. ހަނީފު

    ތަންކޮޅެއް ހިކެން އުޅެބަލަ. ބޭކާރު ވާހަކަ ނުދައްކާ1

  39. ޙާލުގެ ދުލުން

    އަޅުގަނޑުމެންގެ އުރެދުންތަކުގެ ސަބަބުން މިކަހަލަގެ ނުބައިނުލަފާ ވެރިންނާއި،މިކަހަލަގެ ދޫނުބައި ޢިލްމުވެރިން ފާނުކުރެއްވުމަށް އެދި ދުޢާ ކުރަންޖެހޭ!

    11
  40. ސައިޚް

    ހުރިހާ ރައްޔިތުން ސޯލިހު ފެއިލްވޭތޯ ދުއާކޮއްދީބަލަ، އޭރުން މިގައުމު ސަލާމަތްވީ،

  41. ޢެސޮރު

    ޢިބޫގެ ކިބައިން މި ގައުމު ސަލާމަތް ކުރައްވާތޯ ދުޢާކުރަނީވެސް އަދި ކުރާނީވެސް

    10
  42. ލައިބަަ

    ބަލަ ތިޔަމުއަވެގެން ހިނގަނީ

  43. އަހަރެން

    އަހަރެން ދުއާ ކުރަން އޭނަޔައް ވެރިކަން ނުލިބޭތޯ