ކ. ކަނޑު އޮތް ގިރި ބަނދަރު ތަރައްގީ ކުރުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ކަނޑު އޮތް ގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

ސަރުކާރުން އެ ބަނދަރު ހެދުމަށް އެމްޓީސީސީއާއި ހަވާލުކުރީ އެތަން ހަލާކުވެ ގާތްގަނޑަކަށް އެއްކޮށް ވެއްޓުމުންނެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި ޗެއާމަން އެވެ.

އެ ތަނަކީ ބޮޑު ކަންނެލި ގަނެވޭ ފެންވަރަށް ހަދާފައިވާ ތަނެއް ނަމަވެސް އެރަށުގެ ބަނދަރު އެއްކޮށް ހަލާކުވެފައި އޮތުމުން އެ މަސައްކަތެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު