ކުޅިވަރުތައް ކުޅޭއިރު ތަރުހީބު ދޭއިރު އާންމު ބުއްދީގެ ވިސްނޫން ދޫނުކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ މެޗެއްގައި ދެ ރަށެއްގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި އެތައް ބަޔަކަށް އަނިޔާވި ހާދިސާއަށް އިޝާރާތްކޮށެެވެ. އެއަތޮޅު އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރި މެޗުގައި ދެރަށު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރ.އަތޮޅުގައި ފުޓްބޯޅަ ހަރަކާތްތައް ކުރިއަށް ދިޔައި ވަރަށް ޖޯޝުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުޓްބޯޅައިގެ ފޯރި އައުމަކީ ރަނގަޅު މަގަށް އައުން ކަމަށާއި އަދި ކުޅިވަރުތައް ކުރިއަށް ދާނީ ޖޯޝުވެސް އިތުރުވެގެން ކަމަށެވެ.

އެހެން ނަމަވެސް ޖޯޝުގެ ތެރޭގައި ވެސް ހައްދު ފަހަނަ އަޅާ ނުދިއުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.

"އެއްވެސް ހާލެއްގައި ކުޅިވަރުގެ ތަރުހީބު ދިނުމުގައި އަޅުގަނޑުމެން އާންމު ބުއްދިއާއި އާންމު ވިސްނުން ދޫކޮށްލައްވައިގެން ނުވާނެ، އެހެން ނަމަވެސް ޓީމުތަކަށް ތަރުހީބު ދިނުމަކީ ބޭނުންތެރިކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރ. އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރި މެޗުގައި ދެރަށު ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ދެ މީހަކަށް ޖިސްމާނީ އަނިޔާތައް ލިބިގެން ހޮސްޕިޓަލުން ފަރުވާ ދިނެވެ. ހޮސްޕިޓަލްގައި ފަރުވާ ނުދިން ނަމަވެސް ބައެއް އިތުރު މީހުންނަށް ވެސް އެހަމަނުޖެހުމުގައި އަނިޔާވިއެވެ. އޭގެ ތެރޭގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަތިމަތިން

    މީ ކަލޭ ޒުވާނުންނަށް ދަސްކޮށްދިން ކަމެއް. ކަލޭ ޑިމޮކްރަސީއޭ ކިޔައިގެން ޒުވާނުން ހަޔާތްކަޑުވައި ގޮތެއް ފޮތެއް ނެތް ބަޔަކަށް ހެދީމާ ވީގޮތެއް.