ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި ޓީޗަރަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ.
މި މަހުގެ 15 ވަނަ ދުވަހު ފެންމަތިވި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޓީޗަރެއްކަން ވަނީ އެނގިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުތުރުގެ ރަށެއްގައި އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި، 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއިރު، މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށް ވިދާޅުވިއެެވެ.
"މައްސަަލައާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި". އޮފިޝަލް ވިދާޅުވިއެވެ.
ހަނޫނު ސޯރު މެން ޗަ އުޅުން ހުއްޓޭލާކަަށް ނުވޭތަ؟
ޑައިނަސޯރ އިސްތިއްފާ
ހަނޫނު ސޯރ އިސްތިއްޕާ
ލަނޑުން ބޯހަލާކޭ، ކިޔެވި ކިޔެވީނުން ކާޕަރ ވެފޭ
ކުޑަ ކުދިންނާ ބެހެލޭފޭ އެހެރެ ދޭ ދަރުސްތަކެއް ތޯ،؟ މީއްޗިހިން ބިރު ނުގަންނަކަމޭ މަ ހިތަށް އަރަނީ
ކޮބާ އިންޑިއާ ޓީޗަރު؟
އެއީ މާމަތީ ބައެއް.....
އެމީހުންއަކަށް ޝަރީއަތެއް ނުހިގާނެ....