މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވީ 22 މެންބަރުން ކަމަށް ވިދާޅުވެ، އެކަޟާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވި، މިއަދު، މިވަގުތު މަޖިލީހަށް ހާޒިރުވެ ތިއްބެވީ 22 މެންބަރުން ކަމަށެވެ.

"އެއީ ވަގުތު ފަހަނައަޅާ ދިއުމަށް ފަހު، ރަނގަބީލު ޖެހުމަށްފަހުވެސް ހާޒިރުވި މެންބަރުންގެ އަަދަދު". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިއީ 87 މެންބަރުން ތިއްބަވާ މަޖިލީހެއް ކަމަށާއި، އަދި ކޮންމެ މެންބަރަކަށްވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމެޓީތަކުންވެސް އެހާ ގިނައިން މެންބަރުންނަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"މެންބަރެއްގެ މުސާރައިގެ ގޮތުގައި 80،000 އަށްވުރެ ގިނަ ރުފިޔާ އެބަ ގެއަށް ގެންދަވާ. އަދި މެންބަރުން އިންތިހާބުވެފައި ތި ތިއްބަވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި، މިތަނުގައި ތަމްސީލު ކުރުމަށް، މިތަނަށް ވަޑައިނުގަންނަވާ ކަމީ ވަރަށް ބޮޑު ހިތާމައެއް". ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޔާންޓެ

    ދޮޅުގަޑިއިރަށްވެސް ވަންނަންވާނެ ކޮންމެ ދުވަހަކު ނަސީދުހަދާހެން

  2. ނަމަސްތޭ

    އަޅާލާނެ ކަމެއްނެޠް . . ޤާބިލްމީހުންނަށް ފުރުސަތު ނުދީ ރައްޓެހިންނާ ، ޕާޓީއާ ' ގިނައިން ލާރި ދޭމީހުން ހިޔާރު ކުރީމަ ތިހެންވެސްވާނެ . . ތީ ހަމަ ރައްޔިތުުންގެ މައްސަލަ . . އެ އިއްޒަޠްތެރި މެންބަރުން މަޖުލީހައް ވަޑައިގަތީ ވޯޓު ގަނެގެން . . ސޯ ހޫ ކެއަރސް

    11
  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    މި ހުރިހާ މައްސަލައެއް މި ޖައްސަނީ އެމް.އެމް.ޕީ.އާރް.ސީ ގެ ވަގުން.

  4. އައްލާބެއްޔާ

    .. ތިޔާ ބޭފުޅާ ގެއަށް ގެންދަން ކިހާ ވަރެއް ލިބޭތޯ ؟

  5. ކާފަބޭ2020

    ޢިއްޒަތްތެރިމެންބަރުންގެ މުސާރަފުޅު އަދިވެސްކުޑައީ އަސާސީމުސާރަފުޅު އެއްލައްކަރުފިޔާއަށްބޮޑުކުރަންދަންނަވަން ނަޒާހަތްތެރިމެންބަރަކަށްވެވޭނީ އެހާވަރުލިބިގެން!

  6. ނާދިރާ

    މަޖްލީހަށް ހާޒިރުވާ / ހާޒިރު ނުވާ މެމްބަރުން ފަސޭހައިން އެނގޭނެ ގޮތަށް ކޮންމެ ދުވަހަކު ނޫސްބަޔާނެއް މަޖްލީހުން ނެއްލަން ފެނޭ. އެއީ ރައްޔިތުން އެތަނަށް ލާފަ ތިބި ބައެއް. އެމީހުންގެ ޢިއްޒަތެއް އޮވެގެން މާ މޮޅުވެގެން އަމުއްލަޔަށް ވަދެ ތިބި ބައެއް ނޫން

  7. ޙައްވަ

    ސިވިލްސާވިސް މުއަށްޒިފުންގެ ނާންނަދުވަހަށް މުސާރައިން ކަނޑާނެ ނަމަވެސް އިއްޒަތްތެރިމެމްބަރުންގެ މުސާރައިން އެއްމެލާރިއެއްވެސް ނުކެޑޭނެ އަދިވެސް މުސާރަބޮޑުކޮއްލާ އޭރުން ރަގަޅުވާނެ