ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން ފަރުނީޗަރު ވިއްކުމުގައި މަޝްހޫރު ދިވެހި ކުންފުންޏެއް ކަމަށްވާ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓާއި ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެއާޕޯޓްތައް ހަދަން ބޭނުންވާ ފައިސާ ހޯދުމަށް ފައިނޭންސިން އެއްބަސްވުމެއް ހެދީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓާއެކު ކަމަށެވެ.

މީގެ ކުރިން ޕްލޭނިން މިނިސްޓްރީން ވަނީ ރީޖަނަލް އެއާޕޯޓް ހެދުމަށް ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ހަދާފައެވެ. ދެކުނު ދުނި އިންވެސްޓްމަންޓަކީ ރިސޯޓު ހަދައި ހިންގުމުގައި ގިނަ އަހަރުތަކެއް ވެފައިވާ ސަންލޭންޑް ހޮޓެލްސް އާއި ސަންލޭންޑް ޓްރެވަލްސްގެ ހިއްސާދާރުންގެ ކުންފުންޏެކެވެ.

އެ ދެ ކުންފުނިން ފައިނޭންސް ކުރަނީ ސީދާ ކޮން ރަށެއްގައި އެއާޕޯޓް ހެދުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން އަދި ނުބުނެ އެވެ.

ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސްކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. ނަމަވެސް އަދި އެއިން އެއްވެސް ރަށަކަށް އިންވެސްޓަރެއް ނުލިބެއެވެ.

އެއާޕޯޓް ހަދާ ރަށްތަކާއި ލަފާކުރާ ހަރަދު

• ހދ. މަކުނުދޫ / 23.3 މިލިއަން ޑޮލަރު

• ށ. ބިލެއްފަހި / 23.6 މިލިއަން ޑޮލަރު

• ބ. ތުޅާދޫ / 21.9 މިލިއަން ޑޮލަރު

• ތ. ވިލުފުށި / 33.3 މިލިއަން ޑޮލަރު

• ފ. މަގޫދޫ / 8.2 މިލިއަން ޑޮލަރު

• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި / 23.6 މިލިއަން ޑޮލަރު

އެ އިން ކޮންމެ އެއާޕޯޓަކަށް ވެސް ފައިނޭންސް ކުރަން ހުށަހެޅޭނީ ވަކިވަކިންނެވެ. ބީލަން ހުށަހަޅަން ހުޅުވާލީ ވެސް މުޅި އެއާޕޯޓް ހެދުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަނި ހުށަހެޅޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަން ރީނދޫ

    ގޮތް ހުސްވެގެން ،ލާރިއަކަށް 2 ކުރޮޅީގެ ރޭޓުން ރަށްތައް ބަހަން ފަށައިފި. ނުވާވަރުން ކުރަން ނޫޅުނީމަ ވީދޯ. ޔާމީނާއި ވާދަ ކުރަން ހަދައިގެން ސޯޓް ތި ބޭލެނީ އިބުރާހީމާ.

    47
    1
    • ދޯ

      އަހަރެން ގޭގަ ހުރި ފަރުނީޗާވެސް ދޭން ޖެހިދާނެ ތޯ އެޗެ؟؟

  2. ބީރުމީހާ

    ފައްކާގޮތެއް ކޮންމެ ރަށަކަށް ފަޅުރަށެއްދޭންވީނު އޭރުން ސަރުކާރުން ރައްުިތުންނަށް ހަރަދުކުރާކަށް ނުޖެހޭނެ މާސަޅިވާނެ

    34
    1
  3. ޑައެލޯގް

    ޔާމީނުނެގީ 5 އަހަރު 17 ބިލިއަނުގެ ލޯނެކެވެ. ބްރިޖާއި ފެނާނަރުދަމާކަރަންޓާއި، ބަނދަރު،ބަސް، އެއާޕޯޓު، ދަރުމަވަންތަ، ފޭސް2 ވެލާނާއެއާޕޯޓު މިހެންގޮސްބައިވަރު އެހުރީ ފެންނާށެވެ. އެއަށް ޖޯކުޖެހި އިބޫނެގީ 4 އަހަރު 57 ބިލިއަނުގެލޯނެކެވެ. އަދި ބާކީ 1 އަހަރު ކުރިކަމަކީ ފެނާނަރުދަމާ ބަންދަރު ދެންނެތެވެ. ދެންމިބުނަނީ އިބޫގެ މޮޅުވާހަކައެވެ. އިބޫމޮޅީ ނުކިޔަވާ ހުރުމާއި ތަޖުރިބާނެތުމާއި ވެރިއެއްގެ ހުންނަންޖެހޭ ޝަރުތުނެތީމަހެއްޔެވެ؟ އެހެންވެއްޖިއްޔާ އެއްވެސް ކުއްޖެއްކިޔަވާނެކަމެއްނެތެވެ،

    35
  4. Anonymous

    ސްލޯލިހް ވެއްޖެ އެއްނު އިސްތިއުފާ ދީފަ ގޭގަ ވައްކޮއް ރޮށިދެމޭތޯ އުޅެން .

  5. ޔާންޔާ

    ތި އެއާޕޯޓް ހަދާނީ ނުވިކިހުރި ފަރުނީޗަރުން ތޯއްޗެ.

  6. ާނިރު

    ކޮބާހޭ ކޮވިޑުތެރޭގަ ލިބުނުކަމައްބުނާ ވިހިހާސްމިލިއަން ރުފިޔާ ކާލީދޯ

  7. މަބޭ

    ތިޔަގޮތައް އަތޮޅުތެރޭ ފެރީހިދުމަތްދޭގޮތައް ރައްޓެހިންނައް ރައްތަކެއްބަހާލި އެރައްތަކުގަ ރިސޯޓްއަޅާ ހިންގަމުންދަނީ ފެރީހިދުމަތެއްނުދެވުނު އެންމެފަހުން ފެރީހިދުމަތްފަށަންޖެހުނީ ރައްޔިތުންގެ ޓެކްސްފައިސާއިން