އއ. މާޅޮހު ސްކޫލްގައި ބަޔޮލަޖީ އާއި ކެމިސްޓްރީ ކިޔަވައިދިނުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.

މާޅޮހު ސްކޫލްގައި ކެމިސްޓްރީ އަދި ބަޔޮލަޖީ ޓީޗަރަކު ނެތުމުން ސްކޫލަށް ދަރިވަރުން ނުފޮނުވުމަށް ބެލެނިވެރިން އިއްޔެ ވަނީ ނިންމާފަ އެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލު "ވަގުތަށް" ވިދާޅުވީ މާޅޮހު ސްކޫލްގައި ދެ މާއްދާ ވެސް ކިޔަވައިދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ ސްކޫލްގައި ހުރި ކެމިސްޓްރީ ޓީޗަރުން މާލެ އައީ ސްކޫލަށްވެސް އަންގާނުލާ ކަމަށާއި އާ ޓީޗަރެއް ހަމަޖެހެންދެން ކެމިސްޓްރީ އޮންލައިންކޮށް ކިޔަވައިދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

"އެ މާއްދާ ކިޔަވައިދެއްވާނީ އައްޑޫ ހައި ސްކޫލްގެ ތަޖުރިބާކާރު ޓީޗަރުން މެދުވެރިކޮށް. އަދި ބަޔޮލަޖީ ޓީޗަރަކު ހަމަޖެހެންދެން އެ މާއްދާ ކިޔަވައިދޭނީ ސްކޫލް ޕްރިންސިޕަލް." އޮޕިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ މާޅޮހު ޕްރިންސިޕަލަކީ ބަޔޮލަޖީ ޓީޗަރެއް ކަމަށެވެ. އެހެންކަމުން އެ މާއްދާ ދަރިވަރުންނަށް ވަގުތީގޮތުން ކިޔަވައިދޭނީ ޕްރިންސިޕަލް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދުﷲ އަލީ

    ދޮން އާއިސަ ބިޒީ ވީމަ ވާގޮތް މިއީ ، ދެންބުނޭ މާޅޮހު ސްކޫލު މަސައްކަތު މީހާއަކީ ޤުރްއާން ޓީޗަރޭ ކިހިނެއްތޯ ނައިބުރައީސް ކަންކަން ބަލަހައްޓަމުން ކިހިނެއްތޯ އަތޮޅު ތެރޭ ސްކޫލު ތައް ބަލަނީ

  2. ރަން ރީނދޫ

    ބޭރުމީހުން ދިވެހިންނަށް ކިޔަވައިދޭތާ 35 އަހަރު. އެކަމަކު އަދިވެސް ސުކޫލެއްގައި ކިޔަވައިދޭން ދިވެހި ޓީޗަރެއް ނެތް. ދެން ކުޑަކޮށް ފުށްކިބަ ޖަހާލާފައި ވިސްނާލާ،އެމީހުންގެ ކިޔަވައިދިނުމުގެ ފެންވަރު.އަދި މި ދިގު 40 ވަރަކަށް އަހަރު ނެރެވުނު ނަތީޖާ. މަސްވަހެއްނުދުވާތަ،ދުވެހިންނޭ.