ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކިޔާ އޮންލައިން ނޫސް ކަމަށްވާ "ވަގުތު" އަށް ނޫސްވެރިން ހޯދަން މިއަދު އިއުލާން ކޮށްފިއެވެ.

"ވަގުތު" އިން ކުރި އިއުލާނެއްގައި ބުނީ "ވަގުތު" ގައި މަސައްކަތް ކުރުމަށް ބޭނުންވާ ނޫސްވެރިންނަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ވަގުތު" އިން ބުނީ ނޫސްވެރިކަމަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ވެސް ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނޫސްވެރިކަން ކުރުމަށް ބޭނުންވާ ތަމްރީން އަލަށް ދާއިރާ އަށް ވަންނަ ޒުވާނުންނަށް "ވަގުތު" އިން ދޭނެއެވެ.

"ވަގުތު" އިން ކުރި އިއުލާނުގައި ބުނީ ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކާއި "ވަގުތު" އާއި ދެމެދު މަޝްވަރާ ކޮށްގެން މުސާރަ ކަނޑައަޅާނެ ކަމަށެވެ. "ވަގުތު" މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އާއި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޕެންޝަން ލިބޭނެއެވެ. އޭގެ އިތުރުން ކޮންމެ އަހަރަކު "ވަގުތު"ގެ ހަރަދުގައި ކޮންމެ މުވައްޒަފަކަށް ރާއްޖެ އިން ބޭރަށް ޗުއްޓީ ދަތުރެއް ލިބޭނެއެވެ.

"ވަގުތު" ވަޒީފާ އަށް ވަންނަން ބޭނުންވާ ފަރާތްތަކުން ސީވީ އާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުވާނީ [email protected] އަށެވެ. "ވަގުތު" ވަޒީފާއަށް ވަނުމާއި ގުޅޭ އިތުރު މައުލޫމާތު "ވަގުތު"ގެ ނަމްބަރު 7907173 އިން ލިބޭނެއެވެ.

"ވަގުތު" އަކީ ދުވާލަކު ދޮޅު ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓެކެވެ. އެންމެ މަގުބޫލް ދިވެހިރާއްޖޭގެ ވެބްސައިޓްގެ މަގާމުގައި "ވަގުތު" އޮންނަތާ މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    އިންޓްރެސްޓެޑް...!!!!

  2. Anonymous

    މީހުންގެ އަބުރު ކަތިލާ ފިތުނަ އުފައްދާނެ މީހުން ހޯދަނީ ދޯ..

    9
    2
    • މުބީނު މާރނީ

      އަބުރެއް އޮއްނަ މީހެއް މި ޒަމާނުގައި އުޅޭތަ؟ ތިޔަ ގޮތަށް ހީކުރުމަކީ ފާފަ އެއް. ކުށް ހީ އަކީ ފާފަ އެއް ކަމަށް އަންގަވާފައި އޮވޭ.