ރ. ރަސްމާދޫ ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާއި ހަވާލު ކޮށްފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަރު ޝާނާ ފަރޫގް އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެކްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

މި މަޝްރޫއުގެ ދަށުން ރަސްމާދޫ ދެކުނު ފަރާތުގެ ގިރާ ސަހަރައްދު ހިމާޔަތް ކުރުމުގެ ގޮތުން 157 މީޓަރުގެ ރިވެޓްމަންޓް، 45 މީޓަރުގެ ފަސް ޓީގްރޮއިން ޖަހާނެ ކަމަށެވެ.

އަދި 55 މީޓަރުގެ އެއް ޓީ-ގްރޮއިން، އިތުރު ގްރޮއިންގެ ގޮތުގައި 43 މީޓަރު ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަށެެވ.

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 17،882،643.60 ރ އެވެ. މި މަޝްރޫއުގެ ނިންމަން ޖެހެނީ 210 ދުވަހުގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޮއެކުރިކުރުމުގެ ނަތީޖާ

    ތިކަން ފަސާނީ އަންނަ އަހަރު