ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ ބައިބައި ކުރަން ޖާގައެއް ނުދޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ، އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެމްޑީޕީއަށް ވެރިކަން މި ލިބުނީ ދެވަނަ ފަހަރަށެވެ. އެކަމަކު، 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދި، ބައިބައިވެފައެވެ.
އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ދޭތެރެ ދޭތެރެއަކުން ހިޔާލުތަފާތުވެ، އަރައިރުންވެއެވެ.
އެކަމާއި ގުޅިގެން ރީކޯ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވެސް އެމްޑީޕީން ދައްކައި ދިނީ އެއީ ވަކި މީހަކު ވަށައިގެން އެނބުރޭ ޕާޓީއެއް ނޫން ކަމަށެވެ.
"ސަތާރަ އަހަރަށް ފަހު އަމިއްލަ ފައިމައްޗަށް ޕާޓީ ނަގައި ދިނީ ޕާޓީ އުފެއްދުމަށް އެއްމެއިސްކޮށް އުޅުނު ޕާޓީގެ އާންމު މެމްބަރުން،" މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
"އެ މެމްބަރުންނަށް ގޮންޖަހާފައި ޕާޓީ ބައިކުރަން ޖާގައެއް ނުދޭނަން." ރީކޯ ވިދާޅުވިއެވެ.
ރީކޯ މިފަދައިން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް އޭނާ ވަނީ އެމްޑީޕީ ފައްތައެއް ނުލެވޭނެ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ އެތެރޭގައި ބޮޑު ކޯޅުންގަނޑެއް އުފެދިފައިވާއިރު، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ގިނަ މަޖިލީސް މެންބަރުން ތާއީދުކުރެއްވި ނަމަވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދުނުކުރާކަން ހާމަކުރަމުންނެވެ.
މޫސަހަނދާނެއްނެތް ބޮޑުކެކުރި ކުޑަކެހުރި ކަޅުދަބަސް ޔޫޓިއުބުގަ އެބަހުރިފެއްނަން ވީޑިއޯ ޕީޕީއެމްޖަލްސާގެ
ކަލޭގެ ބާރުގެދަށުގަދޯ ޕާޓީ އޮތީ ތީހުރިހާ ތާކުފުހޭ ފުއްސެ
އަގައަރުވަން އޮޅުމުގެ ބަދަލުގައި ރައްޔިތުންނަށް ދައްކަންޖެހޭ ފައިސާތައް ދައްކައި ނިންމިއްޔާ މާރަގަޅުވާނެ! ތިޔަހުރިހާ އަގައެއްތިޔަ ތަޅަނީ ފައިސާ ނުދައްކައިވޭތޯ! ވެރިކަން ބަދަލުވުމާއެކު މޫސަގެ ހަރުމުދާ ވިއްކާފަވެސް ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ހޯދާނަން!
އަޚުލާގުދައް ލަދުކުޑަ ތިމާޔައް ތިމާ ފެނިފަތިބޭ މީހުން އުޅޭކަށް ބުނާކަށް ވަކިއެއްޗެއް ނޯންނާނެ.
ދަރަނިބޯ
އަނގަނުތަޅާ ރިސޯޓުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 43 މިލިއަން ރުފިޔާ ފުރަތަމަ ދައްކާބަލަ
ޑިމޮކުރަސީ ކުރިއަރަނީ ގިނަ ޕާޓީތައް އުފައްދައިގެން ގައުމު ބައިބައި ވީމައޭ އަބަދުވެދުވެސް ކިޔަމުން އައީ. ޢަދި އެހެން ޕާޓީއެއް ފެކްސަން އުފެދުނީމަ އުފާކުރެ. އެކަމަކު މޑޕ ބައިބައި ވެގެނެއް ނުވެ، އޮންނަންޖެހެނީ އެއްބައިވަންތަ އެކަތިގަނޑެއްހެން.
ސުބުހާނަﷲ. ކޮންފަދަ ނުބައި މަކަރުވެރި ރޭވުމެއްގަ ކަލޭމެން އަހަރުމެން ތި ޖެއްސީ؟
އާލްއިމްރާން ސޫރަތުގެ 102-108 ކިޔާލީމަ މިހާރު ރޮވެ. ވިސްނިއްޖެ. މާތްރަސްކަލާންގެ އަހަރުމެންގެ ފާފަފުއްސަވާ މި ނުބައި މޑޕ ކިބައިން މިންޖުކުރައްވާ މިގައުމު އިސްލާމް ދީން މަތީ އަލުން އެއްބައި ކުރައްވާށި.
ތީ ކާކުތަ
މިހާރު އައިސް ހަވާލުވީތަ؟
ރާކޯމޫސާ ދައްކަބަލަ ތިމާއާއި ކުފޫހަމަވާ ކަންކަމުގެ ވާހަކަ. އެމްޑީޕީ ބައިބައިވިޔަ ނުދިނުމަށްޓަކައި ކަލެއަށް ކުރެވޭނެ އެންމެ ކަމެއް ކަލޭބުނެދީބަލާށެވެ. ބަލަކަލޯ ކަލޭ ހިތައްއެރިހާ ވާހަކައެއް ތަޅުވަނީ މިއީ މީހަކުލިޔެފައޮތް ޑައިލޮގެއް ކަމަށްހީކޮށްތޯއެވެ. ބަލަކަލޯ އެމްޑީޕީ ސައިޒްކުރާނަމަ އެކަންކުރާނީ ދިވެހިންނެވެ. އެކަން ކަލޭކޮންޓްރޯލްކުރާނީ ކިހިނެއްތޯއެވެ. ފެބްރުއަރީ 3 ވަނަ ދުވަހު ރަކިސްބޮޑެއްހެން ކަލޭސައިޒްވެފައިންތަންވެސް ބަޔަކު ދެކުނެވެ. ތިޔަހާ ބާރުގަދަ މީހެއްނަމަ އެކަން އެހެންވެގެން ނުވާނެތާއެވެ. ކަލޭ އެމްޑީޕީއިން ބޭރުކުރުމުން އަަލުން އެޕާޓީއަށްވަދެގެން ފާޑުފާޑުގެ މީހުން ސިޔާސީ މަގާމުތަކަށް ލައިގެން ތިޔާކުޅެން އުޅޭ ކުޅިވަރުގައި އެމީހުންވެސް އަމަލީގޮތަކުން ބައިވެރި ނުވާނެކަން ތަލަމޫސަމެން ހާލަތު ނިޔާކުރާގޮތުން ބޮޑުމުސާރަ ލިބޭތީ ރަމްޒީގޮތުން ހަރަކާތްވަނީ ކަމަށް ސައިހޮޓާތަކުގައި އެކިޔާ ބާލަނީއެވެ. ކަލޭމެންދިން އެއްޗެއްވިއްޔާ ރައްޔިތުން ހޯދާނެއެވެ. އެކަމަކު ތިޔާ ކިބުލަކަށް ނޯއެވެ. ސޮރީއެވެ.
ޖާގަދިނަސް ނުދިނަސް އެމް.ޑީ.ޕީ އޮތީ ބައިބައިވެފަ
ކިނބުލަށް ވައިޖަހަން ރީކޯ ދައްކާ ވާހަކަ. ވައި ޖެހި ވަރަކަށް ފުފޭކަން ރީކޯ އަށް އިނގޭ.