މާލެ ރައްޔިތުން އުޅުނު ހާލަށް ނުވިސްނާ ބަޔަކު ފިތުނަ އުފެއްދުމަށްޓަކައި ޒާތީވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރާތީ އެކަމަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދިނުމުގެ ގޮތުން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ މީހުންނަށް ގޯތި ދީފާނެތީ އެކަން ހުއްޓުވަން މަސައްކަތް ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ފިތުނައެއް އުފައްދަން މަސައްކަތް ކުރާ ބަޔަކު މާލޭ ރައްޔިތުން އުޅުނު ހާލަށް ނުވިސްނާ ޒާތީވަމުންދާ ކަމަށެވެ.

މޫސް ވިދާޅުވީ މާލޭ މީހަކަށް ގޯއްޗެއް ދީފާނެތީ އެކަމާ ހިތްހަމަނުޖެހިގެން އަޑުއުފުލާ މީހުން އެކަމާ ދެކޮޅަށް ކޯޓަށްވެސް ދިޔަ ކަމަށެވެ. އެވަރުންވެސް ހިތްހަމަނުޖެހިގެން މާލޭ މީހުންނާ ޒާތީވަމުންގޮސް ސަރުކާރުން ގޯތިދިނީމަ ދައުލަތާ ދެކޮޅަށް ނުކުުމެ ފިތުނަ އުުފައްދަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ މީހުންނަށް ގޯތި ދިނުމުން އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަމިއްލަ ރަށާއި ސިޓީން ވެސް ބޯހިޔާވަހި ކަމަށް ބިން ގަންނަނީ ނޫންކަން ހަނދާން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މާލޭ މީހުންނަށް ގޯތި ނުލިބޭތާ 50 އަހަރު ވެފައިވާ ކަމަށް ރީކޯ މޫސަ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އޭގެ މާފަހުން ވެސް ބައެއް މީހުންނަށް މާލެ އާއި ހުޅުމާލެ އިން ވެސް ގޯތި ދީފައި ވެއެވެ. އަދި މާލޭ މީހުންނަށް އަތޮޅު ތެރޭގެ ބައެއް ރަށްތަކުން 2000 ގެ އަހަރުތައް ފެށުނު ފަހުން ވެސް ގޯތި ދީފައިވެއެވެ. އެގޮތުން ރީކޯ މޫސަ އާއި އޭނާގެ އާއިލާގެ ވަރަށް ގިނަ މެންބަރުން ވަނީ ލ.އަތޮޅު ގަމުން ވެސް ގިނަ ގޯތިތަކެއް ނަގައިފައެވެ.

ގޯތި ހައްގު ނޫން އެތައް ބަޔަކަށް ސަރުކާރުން ގޯތި ދީފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހުސައިން803

    މާލޭމީހުންގެ ހާލު އެބަފެނެއޭ ދިހަ ބާރަ ބުރީގެ ބިލްޑިންގްތަކުން..

    32
    10
  2. ކަލޭތީ މާލޭ ރައްޔިތެއް…ކަލޭ ތިއުޅޭ ފެންވަރު އެންމެނަށްވެސް އެނގޭނެ…

    37
    7
    • ހުސޭނުބޭ

      ހޫން.... ޓެކްސް ނުދައްކާ ...... އަދި ދަރަނި ބޮލެއް ދޯ

      9
      1
  3. ނަތާ

    ވަރަށް ބޮޑަށް ޝުކުރިއްޔާ ތިފަރާތަށް

    21
    3
  4. މަންމަ

    މި ސަރުކާރުން އެކަންޏޭ މާލޭ މީހުންގެ އާދޭސް މި އަޑު އެހީ

    1
    4
  5. ދުންޔާ

    ކަލޭތީ މައުމޫނުގެ މާލޭގައި އޮތްގޯތި މަގުމަތީ ކޯޓެއް ހަދާފައި ނަގަން އުޅުނު މީހެއް.. ކަލޭތީ ވާހަކަ ދައްކަން މާތާހިރުމީހެއްނޫން..

  6. 3 ނޮވެމްބަރ1988

    މާލޭ ރައްޔިތުންގެ ގަޔަށް ބަޑިޖަހަން ފިސްތޯލަ އެތެރެކުރީ ކޮންބައެއްހޭ..

    21
    1
  7. Anonymous

    އަހަނަންކައް މާލޭ މީހެއް ނިފެނޭ ގެދޮރުނެތް ގެދޮރު ތިބިމީހުންވެސް ތިބީ އެތަންތަން އަތޮޅު ތެރޭ މީހުނައް ބޮޑު އަގުގަ ކުއްޔައްދީފަ. މުޅި މާލެއިން ފެންނަނީ އަތޮޅުތެރޭ މީހުން ތަންތަން ކުއްޔައް ހިފައިގެން އުޅޭތަން.

    27
    5
  8. އުގުރި

    ކަލޯތީ މިހާރު ބޭކާރު ބިލެއް .

    22
    2
  9. ބޯކިބާ

    ލ.އަތޮޅު ފަޅުރަށްތައް އަތުލައިގެން މިކަހަލަ ވާހަކަ ދައްކަނީ.

    21
    2
  10. އަހުމަދު މުހައްމަދު

    މާލޭ ރައްޔިތުންގެ ތެރެއިން އެންމެ ހާލުގަ އުޅެނީ ރޯޒީ އާއި މޫސަ. އެހެން ވީމާ އެ ދެބޭފުޅުންނަށް ދީފަ ބާކީ އޮތުއްޔާ އެހެން މީހުންނަށް ދޭންވާނީ . ބަލަ މާލޭ މީހުންނަށް ވެސް ރާއްޖެތެރެއިން ގޯތި ދީބަލަ ދޭތޯ ބަލަން. މާލެ ރާއްޖެ ތެރެ ގޯތި ދިނުމުގަ ތަފާތުވަނީ އެއްޗެހި ކިޔެނީ ގޯތި ދިނީމަ އެއިން ރާއްޖެތެރޭ މީހުންނަށް ބޮޑު އަގުގަ ކުއްޔަށް ދެވޭތީ . ރާއްޖެތެރޭގަ އެފުރުސަތު ފަހި ކޮށްދީފަ ނުވާތީ .

  11. ސަމަރު

    ކަލޭ ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ރައްޔިތުން މާ އުޅޭހާލު ގައި އުޅެނީ!

    21
  12. އަބްދޫ

    ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެތެރޭން އެންމެ މުއްސަނދި އެންމެ ހާލު ރަނގަޅީ މާލޭ ރައްޔިތުން، މޫސަގެ ހާލު ވިސްނާ ނަސީދު ވެރިކަމަށް އައިސް އެންމެ ރަނގަޅު ބިޑަކަށް އެމްޓީސިސީ އޮއްވާ. ތިލްފުށި ހިއްކަން 21 މިލިއަންޑޮލަރު ދީފަ . އެކްސްޗޭންޖް ރޭޓުންނޭ ކިޔާފަ 52 މިލިއަން ރުފިޔާދީފަ ފަޅުރަށް ދީފަ. ލ.އަތޮޅު ހިތަކަށް ދީފަ. މިއީ ހުސް ހަލާލު ފައިސާ ބާ؟

  13. ފައްލަ

    މާލޭ ރައްޔިތުންނަށްޓަކައި ރާއްޖެތެރޭ މީހުން ދަރަނިވެރި ކުރުވާފަ، ކޮންމެކަމަކަށް މާލެެއަށް އަންނަން ޖައްސުވާފަ، ލިބޭ ފައިސާކޮޅު މާލޭ މީހާއަށް ކުއްޔަށް ދައްކާފަ، ނުވިތާކަށް މާލެ އޭރިޔާ ތަރައްގީ ކުރަން ރާއްޖެތެރޭމީހާ ދަރަނިވެރި ކުރުވާފަ އަދިވެސް މި ބުނަނީ ފިތުނަ އުފައްދަނީ އޭ. ބަލަ، އަހަރެމެންގެ ރަށުން ހުރިހާ ޚިދުމަތެއް ލިބޭނަމަ މާލެއާ ވީ ދިމާ ބަލާވެސް ނުލާނަމޭ. ޢަހަރެމެންގެ ރަށުގަވެސް ތި ބުރިޖުތަކާ އެއްޗެތި އަޅާބަލަ. މުޅި ގައުމަށްލިބޭ އާމްދަނީގެ 3/4 މި ޚަރަދު ކުރަނީ މާލޭ މީހާ މުއްސަނދި ކުރަން

  14. ރާއްޖެތެރޭ މީހާ

    މާލޭ ރައްޔިތުން އެކަންޏެއް ނޫން ހާލުގައި އުޅެނީ. ކުލި ދައްކައިގެން އުޅޭ ރާއްޖެތެރޭ މީހާ ވެސް އުޅެނީ ޙާލުގައި.
    ކީއްވެ މާލޭ މީހުންނަށް އެކަނިި ދޭން ޖެހެނީ. ޢެމީހުންނަށްވެސް ރާއްޖެތެރޭ މީހާ ގޮތަށް ކުލި ދައްކައިގެން އުޅެވޭނެ.

    14
  15. އއ

    އަހަރަމެންނައް ރަނގަޅީ މިދާގޮތައްގޮސް އިންޑިއާގެ އަޅުވެތިކަމައްގޮސް މާލެސަރަހައްދުގެ ހުރިހާ ބިމެއް އެމީހުން އަތުލާ މި ނާއިންސާފު މަކަރުވެރި މާލޭމީހުންގެ ދުވަސް ދިޔައްޔާ.!!!

    9
    5
  16. ސޮމަންމިޔާ

    ބަރާބަރު ރައިސް ބޭރުމީހުންނަށްވެސް މާލެއިން ގޯތިލިބެންޖެހޭނެ އަހަރުމެން ދިވެހިންނާއިދެގެން މާލޭގަ މިއުޅެނީ އެހެންވީމާ އަހަރުމެންނަށް ލިބެންޖެހޭނެ ގޯތި

    3
    13
  17. އަހްމަދު

    ަލޭރައްޔިތުންނައް ހިލޭގޯތިދޫކުރާއިރު ހުޅުމާލޭން ރައްޔިތުންނައް ދޫކޮށްފަހުރި ފްލެޓް ހިލޭނުވަންވީ ސަބަބުވެސް ރައްޔިތުންނައް ސާފުކޮށްދޭންއެބަޖެހޭ

    2
    1
  18. Anonymous

    އަފްރާޝީމުގެ ޤާތިލު ހުމާމަކީ މީނަގެ މީހެއް. ހުމާމަށް ގޯތި ދިނީމާ އެކަމާ އުފަލުން މީނަ ނަށަނީ ދޯ.

    3
    1
  19. The

    ލާރި ދައްކާފަ އާދޭ އަނގަހުޅުވަން

    4
    1
  20. އާދަނު

    މާލޭރައްޔިތުން އުޅުނު ދަތިޙާލުވިސްނުނީ ވޯޓަށް 3 މަހަށްވީމާތަ؟ ޗޮކުންދާނީ ހަމަ!

  21. ލިކާ

    ކޮން މާލެ ރާއްޖެތެރެެއެއްތަ އޮންނާނީ

  22. ލަގން

    މާލޭ ރައްޔިތުްނ ވޯޓު ނުދޭނެތީ ޖަހާގެން އުޅޭމަޅިއެއްތީ ކޮމަންޑޫ މީހުން ނައް ހެދިހެން

  23. އަލީބެ

    މާލޭ ވަކިބަޔަކަށް ގޯތިދިނުމަކީ އިންސާފުން ބޭރުވުން. ބީޖޭޕީ ގެވެވެވެރިކަމަށްޓަކާ ބައިބައިކުރުމުގެ ނޭއްގާނީ އަމަލެއް.