ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ތިން ބޯޓެއް އެމްއެންޑީއެފުން އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގެންފައިވަނީ ސްރީލަންކާގެ ތިން މަސް ބޯޓު ކަމަށެވެ.

މި ތިން ބޯޓު ވެސް މިވަގުތު އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެބޯޓުތަކާއި މެދު ދެން އަމަލު ކުރާނެ ގޮތެއް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މީގެ ކުރިންވެސް ބޭރުގެ މަސް ދޯނިފަހަރާއި ބޯޓުތައް އަތުލައިގެންފައި ވެއެވެ. އޭގެ ބައެއް ބޯޓުތައް މިހާރު ހުޅުމާލޭ ބަނދަރު ސަރަހައްދުގައި ވަނީ ބަދަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަބޭ2020

    ހަވާދުކަރައިގެބޯޓުފަހަރު މަސްވެރިކަންކުރާމަންޒަރާސަރަހައްދު ހާމަކުރަމުންދާއިރު އެކަރައިގެބޯޓުފަހަރަށްފިޔަވަޅެއްނޭޅެނީ ކީއްވެތޯ؟ ހަމައެކަނި ލަންކާބޯޓުފަހަރުދޯ ގަވާއިދާޚިލާފުވަނީ؟

  2. މަރީ

    ތިޔަށް މިހާރު ކިޔަނީ ޑުރަގު ބޯޓް

  3. އާދަނާ

    އިންޑިޔާ މަސްބޯޓް ތަކެއް ވެއްޖެއީޔާ އެމީހުންކާރީ ކުޑަކަކޫޖަހާފަ ސޮރީސޮރީއޭ ބުނެފަފޮނުވާލަ، މިސަރުކާރު އައިފަހުން ކަންކުރާއުސޫލުން!

  4. ވަޒީރެއާލާ

    ލަންކާ ރައްޔިތުން ބަނޑަށްޖެހި ގެންއުޅޭއިރު ކާނެ އެއްޗެއް ނުލިބިގެން ކަނޑުަފަޅުފީނަމުން އައިސް އޮޅިގެން ރާއްޖޭގެ ސަރަހައްދަށް ވަދެ މިރާއްޖޭ ކަނޑުގެ ސަރަހައްދުން މަސްކޮޅެއް ހިފިނަމަވެސް އެމީހުން ހައްޔަރު ކުރާނެކަމެއްނެތް. މަސްކޮޅާއެކީ އެމީހުން ދޫކޮށްލާ.