އެކައުންޓުގެ ވެރިފަރާތަށް ނޭނގި -/180,000ރ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކުރި އަންހެން މީހާގެ ވީޑިއޯ ފުލުހުން މިއަދު އާއްމުކޮށްފިއެެވެ.

ފުލުހުން އާއްމު ކުރި ވީޑިއޯއިން ފެނިގެން ދަނީ އެ މީހާ ހިނގާފައި އަންނަ ތަނެވެ. އެ ވީޑިއޯއިން އެއީ ކާކުކަން ސީދާ ވަކި ކުރާ ވަރަށް ސާފެއް ނޫނެވެ. އެހެން ނަމަވެސް އެއީ ކާކުކަން ބައެެއް ދެނެގަނެވިދާނެ ކަމަށް ބަލައި ފުލުހުން ވަނީ އާއްމުންގެ އެހީއަށް އެދިފައެވެ.

ފުލުހުން ބުނީ، އޭނާ އަކީ ވެރިފަރާތަށް ނޭނގި -/180,000ރ އަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

އެހެންކަމުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިމުތް

    އޭނަ ޓްރާންސްފާރ ކުރީއޯ....ބަލަ އޭނަ ކުރީ ބާލިދީއަކަށްތަ ތި ނޭނގިގެން އުޅެނީ؟ ގައިމުވެސް އޭނަ ޓްރާންސްފަރ ކުރާނީ އޭނަ ދަންނަ ނުވަތަ އޭނަގެ އެކައުޓަކަށް. އެހެންވިއްޔާ ތި ޓްރާންސްފާރ ކުރި އެކައުންޓެއް ބަލައިގެން ނުހޯދޭތަ؟

  2. މޫންޓީ ކައުންސައިލެންސަރު

    މިރަށު މަންޖެ އަކާ ހާދަ ވައްތަރޭ

  3. މުރާލި

    ތިޔައީ ސަފަރުކަތްދަ ރޭގަނޑުދަންވަރު މީހުންނިދީމަ ސީސީޓީވީ ކެމެރާތަށްވެސް ނިދީމަ ލިޔެކިޔުންތަކާއި ޓުރާންސުފާކުރާނަމާއި ޓުރާންސުފާ ރަށްދުވާފަރާތްވެސް ނިދީމަ އެ އެރީ ވަރަށް ކުޅަދާނަ ސަފަރުކަތްދަ.