އައްޑޫ ސިޓީ ހިތަދޫ ކޯޓުގެ ދެ މެޖިސްޓްރޭޓަކާއި، ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމްގެ މައްސަލައެއް ޖޫޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަން ފަށައިިއެވެ.

ޖޭއެސްސީން ބުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އެ ކޯޓުުގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު އަމަލުކޮށްފައިވާކަމަށް ބެލެވޭތީ އެ މައްސަލަ މާރިޗް ދެ ދުވަހު ތަހްގީގު ކުރަން ފެށި ކަމަށެވެ.

އަދި އެ ތަހްގީގުގެ ތެރެއިން އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމް އާއިހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަަމަށް ބެލެވޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

އެހެންވެ އެ މައްސަލަ ބެލުމަށް ނޮވެމްބަރ 27 ބޭއްވި ޖަލްސާގައި ނިންމާ ކޮމިޓީއެއް އެކުލަވާފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިމުތް

    މިހާރު ތިބޭނެ ރަނގަޅަށް ރާކަނިމަސް ކެވިފަ. ހަނދާންވަނީ ޔާމީނު ސަރުކާރުގަ ބިންދޫކުރަން އުޅުމުން އޭރު އެކަން ހުއްޓުވަން މި މީހުން އެމްޑީޕީއާ ގުޅިގެން ކުރި ހުކުމް. އެފަހުން އަދި ބިމެއް ލިބުނު މީހެއް ނެތް. ރައްޔަތުންގެ ކަރަށް އަތްބާނައިގެން އޭރު ބިންލިބެން އޮތްވާ އެ ހައްގުން ފާޑެއްގެ ހުކުމެއް ކޮށް ރައްޔަތުން މަހްރޫމު ކުރީ.

  2. Anonymous

    ޖޭއެސްސީންވެސް ކޮންމެސް މަސައްކަތެއް ކުރާކަން ރައްޔިތުންނަށް އަންގަންވާނެތާ !