އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވާ މީހުންގެ އަދަދު 150 އަށް އަރާ ބޭރު ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެެވެ.

ޕީއެސްއެމްއިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި، ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވޯޓު އެޅޭނެ ގޮތަށް އެގައުމުތަކުގައި ވޯޓު ފޮށިތައް ބެހެއްޓޭނެ ކަމަށެވެ. އެހެން ނަމަވެސް ވޯޓު ފޮށިތައް ބެހެއްޓޭނީ ރިޔާސީ އިންތިހާބުގައި ވޯޓު އަޅަން އެންމެ މަދުވެގެން 150 މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައި ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާއިރު އެ ގައުމެއްގެ ގަވާއިދުތަކާއި، އުސޫލުތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއާއިއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަހައްޓާނެ ގައުމުތައް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ވޯޓުލާ ދިވެހިންގެ އަދަދަށް ބެލުމަށްފަހު މިހާތަނަށް ވޯޓުފޮށިތައް ބަހައްޓަން ނިންމާފައިވަނީ ސްރީލަންކާ، އިންޑިއާ، މެލޭޝި، ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތުގައެވެ. އޭގެ އިތުރުން ޕާކިސްތާނާއި، ބަންގްލަދޭޝް އަދި ތައިލެންޑުގައިވެސް ވޯޓު ފޮށި ބެހެއްޓުމަކީ އެކަށީގެންވާ ކަމެއް ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރު ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޭރުމީހާ

    ފުއާދު މެން150މީހުން ނަން ވޯޓްފޮށިބަހަންޓަނީ ރައްޔިތުންގެ ލާރިންކީންކުރަންތޯ ބަގުލަދޭސް،އިންޑިޔާ،ސްރީލަންކާ މިގައުމުތަކުގެ ކިތަންހާސް ރަންޔިތުން މިގައުމުގަ އެބައުޅޭތޯ މިގައުމު ތަކުގަބާވާ އެއްވެސް އިންތިހާބެންގަ އެގައުމުތަކަކުން މިގައުމަކު ވޯޓް ފޮޓެންނުބަހަންޓާ މިގައުމުތަކުގަ ޑިމޮކްރިސީ ނެތީ ތޯ؟

    10
  2. އޮވޭތަ

    އަންނަ އަހަނރު ރިޔާސީ އިންތިޚާބެއް އޮވޭތަ

    8
    1
  3. އަލީ

    ބަގުލަދޭސް، އިންޑިޔާ، ސްރީލަންކާ މިގައުމުތަކުގެ ކިތަންހާސް ރަންޔިތުން މިގައުމުގަ އެބައުޅޭތޯ ؟މިގައުމު ތަކުގަބާވާ އެއްވެސް އިންތިހާބެންގަ

  4. އަލިމުތް

    ތިއައް ވުރެ ރަނގަޅުވާނެ ކަލޭމެން ބުރުތަޅަން ގައުމުތަށް ލިސްޓުކުރަނީ އޭ ބުނިއްޏާ. ދުނިޔޭގެ ކޮންގައުމެއްގެ ވޯޓު ފޮއްޓެއް މި ގައުމުގަ ބެހެއްޓީ؟ ނުވަތަ އެހެން ގައުމަކު ބެހެއްޓީ؟ އެހެން ގައުމުތަކުގަ ނުލާ ވޯޓެއްތަ މިތާ ލާން މިއުޅޭނީ؟