ހުޅުމާލޭގެ ފޭސް އެކަކާއި، ފޭސް ދޭއްކާއި ގުޅޭ ސަރަހައްދު މޫދަށް ވެއްޓިފައި އޮތް ދިވެހި ފިރިހެނަކު ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް އާ ގުޅޭ ހިސާބު މޫދުގައި މީހަކު އޮތް ކަމުުގެ ރިޕޯޓް ލިބިގެން މިއަދު ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ.

އަދި އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަޮފިޝަލް ވިދާޅުވިގޮތުގައި، އެ މީހާގެ ހާލު ރަނގަޅެވެ. އަދި އޭނާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު