ސްކޭމް ކޯލްތަކުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއްވާ ކަމަށާއޮ ހުރިހާ މުއައްސަސާތައް ގުޅިގެން އެކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ސްކޭމްތައް ހުއްޓުވަން މިއަދު ފެށި ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގަ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ސްކޭމް ކޯލްތައް އިތުރުވެފައިވާ އިރު އެކަމަށް އިމްރާންގެ ޓުވީޓުގައި އަލި އަޅުވާލެއްވި އެވެ.

އިމްރާން ވިދާޅުވީ ސްކޭމް ކޯލްސް ތަކުގެ ސަބަބުން ރައްޔިތުންގެ ވިޔަފާރިތަކަށް ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމަތް ކުުރުމަށް ގުޅުން ހުރި ހުރިހާ މުއައްސަސާތަކާ އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ރައްޔިތުންގެ ހޭލުންތެރިކުރުމަކީ ސަލާމަތްތެރިކަމަށް އެޅެން އޮތް އެންމެ މުހުންމު ފިޔަވަޅު" އިމްރާންގެ ޓުވީޓުގައި ވެއެވެ.

ސްކޭމް ކޯލްތައް އާންމުކޮށް ކުރަނީ ބިދޭސީންނާއި އެކި ނަންނަމުގައި ނަގާފައި ހުންނަ ސިމްތަކުންނެވެ.

އެކަން ހައްލުކުރުމުގެ ގޮތުން ޕްރީ އެކްޓިވޭޓަޑް ސީމް ވިއްކުން ވިއްކުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އިން މިހާރު ވަނީ މަނާވެސްކޮށްފަ އެވެ.

ކެމް އިން އިއުލާނުގައި ބުނެފައި ވަނީ އުސޫލަށް ގެނައި ބަދަލުތަކާ އެކު، ސިމްކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުންނުކުރެވޭ ހާލަތުގައި ކަމަށެވެ. އަދި ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ލިބުމުން ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިދުމަތް ހޯދަން ބޭނުންވާ ސާވިސް ޕްރޮވައިޑަރުގެ ފަރާތުން ލިބޭނެ ކަމަށާއި ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތްތަނުގައި އިތުރު ކަންކަން ވެސް ކުރާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ފަހަކަށް އައިސް މަކަރާއި ހީލަތުން ފައިސާ ނެގުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެގެން ގޮސްފައި ވާއިރުވެސް އެފަދަ ކަންކަން ނުހުއްޓުވޭތީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަމަސްތޭ

    އޭ . . މުއައްސަސާތަށް ގުޅިގެންނޭ މިކަންކުރަނީ. . ހާސަކޮށް ބީ އެމް އެލް . . ކަމެއްދިމާވެގެން ރިޕޯރޓްކުރިޔަސް ވަގުންގެ ހައްގު މާބޮޑުވާނެ . . ބީ އެމް އެލް އިން މީހުންގެ މުސާރަ ޖަމާވާ އިރަށް އެބަ ގެއްލޭ . . ޓުރެކެއް ނުކުރެވޭނެޔޯ . .ރައްޔިތުންގެ ބޭންކުގެ ހާލެ މީ

  2. ނަނަނަ

    ތެދެއް... މުައައްސަސާތަށް އަވަހަށް ފަރުދީ ޒިންމާ ނަގަން އުޅޭ.. އިމްރާނު ވަކި ކުރާނެ ކަމެއް ނެތް ތިކަމުގަ..

    3
    1
  3. ސަނީ

    ބަލަ ތިޔައީ އާންމު ބޭފުޅެއްތަ ތިޔަ ހިޔާލުދޭން؟ ތިބޭފުޅުން ހުއްޓުވަން އަމުރުކޮށް އެކަން އެގޮތައް ވޭތޯ ބަލަންޖެހޭ އަދި ކުރުވަންޖެހޭ ކަންތައް ދޯ ތިޔައީ.

  4. އާދަނާ

    ބެންކުއޮފް މޯލްޑިވީސްގެ ތެރެއިން ކުރާކަންތަކެއްތީ، ބޭންކުގެ ވެރިންނަށްވެސް ބައިއެޅޭގޮތައް ކުރާކަމެއްތީ!

  5. ކޮރަލް

    ލަދެއް ނުގަނެ އެވެ. ހައްޔަރު ކުރި އެންމެ މީހެއްގެ ވާހަކަ ވެސް ނުބުނެ އެވެ. ސްކޭމް އަކީ މީހެއްގެ އަތެއް ނެތި އަމިއްލަ އަށް ވާކަމެއް ނޫނެވެ. މިއީ ހަމަ ޓެރަރިޒަމްގެ އަމަލެވެ. މީހުން މިތިބެނީ ބިރުންނެވެ.

  6. ނޯކޮމެންޓް

    ޔޫމެން ތިޔަތިބީ މުއައްސަސާތަކުގެ ވެރިންނަށް ހުއްޓުވަންވީނު. އެއްވެސް ސަރުކާރަކަށް ނުލިބޭ އާރަކާއި ބާރު މާތްރަސްކަލާނގެ ވަނީ ކަލޭމެންނަށް ދެއްވާފައި. ދެން ކީއްވެ ހުއްޓުވަންޖެހޭ ތިޔަކިޔަނީ.

  7. އުންސުރު

    ސޫކޭމްކޯލްތަށް އާންމުކޮށް ކުރަނީ ބީއެމްއެލްގެ މުއަށްޒަފުން ކޯޑުނުދޭން ނޫސްތަކުގަޔާއި އޭޓިއެމްގަ ޖެހިޔަސް ބީއެމްއެލްގެ މުއަށްޒަފުންނަށް އެކަން އެނގޭ ހުރިހާ ޖަރީމާއެއް ހިންގަނީ ބޭންކުއޮފު މޯލްޑިވުސްއިން ބޭރުމީހުންނެއްނޫން މިކަން އެނގޭބަޔަކު ރޭވުމެއްގެދަށުން ފައިސާވަގަށްނަގަނީ ރާއްޖޭގެ އެހެން ބޭންކަކުން. ކޯޑުނުދޭންނުބުނޭ ނޫސްތަކުގަވެސް ނުޖަހާ އެސްއެމްސެސްއެއް ވެސް ނުކުރޭ އޭޓީއެމްއަކުވެސް ކޯޑުނުދޭން ޖަހާފަ ހުންނަ ސުކުރީނެއްވެސް ޕޯސްޓަރެއްވެސް ނުހުރޭ ހުރިހާވެސް މަށްސަލަޔަކީ ދިވެހި ބޭންކުގެ މުއަށްޒަފުން މިކަމަށް އިސްލާހު ގެނެވޭނީ ބޭންކުގެ ސެކިއުރިޓީ ވަރުގަދަވެގެން ކޮންމެހެން ސިމްކާޑުގެ މަށްސަލަޔަކުންނޫން.