ސަރުކާރުގެ ޤައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ނަފްސާނީ ދުޅަހެޔޮކަމަށް ދެއްވާ އިސްކަމުގެ ތެރޭން ކުރެވޭ މަސައްކަތްތަކުގެ ދަށުން ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރައީސް މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

"ކިހިނެތް" ކެމްޕެއިން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކުވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމުގައެވެ.

"މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދިނީ، އަދި މިހާރުވެސް ދެމުން މި އަންނަނީ، އެންމެ ފަރުދަކުވެސް ބާކީނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށް. އަޅުގަނޑުމެންގެ ވިސްނުން ހުރީ މުޅި ރާއްޖެއަށް އެ ޚިދުމަތް ފުޅާކުރަން." ރައީސް ވިދާޅުވިއެވެ.

އަދި ނަފްސާނީ ޙާލަތެއް މެދުވެރިވާކަމުގެ ޢަލާމާތްތައް އޭގެ ކުރީކޮޅުގައި ދެނެގަތުމާއި އަދި އެންމެ ކުރީކޮޅުގައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދައި ފަރުވާ ދޭން ފެށުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިއަދު އިފްތިތާޙް ކުރެވުނު ކެމްޕެއިނަކީވެސް މި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކެމްޕެއިނުގެ އިތުރުން ނަފްސާނީ ފަރުވާގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ވެސް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގައި ގާޢިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒުކަމުގައިވާ "ސެންޓަރ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު އެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތް ސެންޓަރެއް ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ. އަދި ޚިދުމަތް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ. މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފައެވެ.

ރައީސްގެ ވާހަކަފުޅުގައި ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖްރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިންވެސް ކުރެވިދާނެ ބައެއްކަންކަންހުރިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގާތްތިމާގެ މީހުންނާއި ރަޙުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި އިޖްތިމާޢި ބަދަހިކަން މިކަމުގައި އަދާކުރާ މުހިންމު ރޯލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އިފްތިތާޙްކުރި "ކިހިނެތް" ކެމްޕެއިނަކީ އަމިއްލަ ނަފްސަށް އަޅާލުމުގެ އާދަ އަށެގެންނެވުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މާހައުލެއް އުފެއްދުމާއި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކާމެދު އޮންނަ ތަފާތުކުރުން ނައްތާލުމަށް ކުރިޔަށްގެންދެވޭ ކެމްޕޭނެކެވެ.

މިކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކެމްޕޭނެކެވެ. އަދި މި ކެމްޕޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެކެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ނަސީމާއި ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑް އިންޓަރިން މިސްޓަރ ޕައުލޯ ސަސަރާއޯއާއި ވަޒީރުން އަދި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަނޑޮކޮހުންނޭ

    ރާއްޖޭގައި ފަސް މީހުންގެ ތެރެއިން އެކަކަށް ޑިޕްރެޝަންގެ އުނދަގޫ ކަމަށް ސަރުކާރުން ބުނާއިރު ތަފާސް ހިސާބު ހަދަން ތަމެން ބޭނުންކުރީ ކޯއްޗެއްތޭ މަމެންގެ ގޭގައި އެބައުޅޭ 10 ބުރީގައި 50 މީހުން އެކަކު ވެސް ޑިޕްރެޝަން އަށް ނުދެއޭ ތަމެން ތިޔާ ގޮވަނީ އެއީ ކޮން ކަނޑުކޮހެއްތޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ ކަނޑުކޮހުންނޭ

    10
    2
  2. Anonymous

    ރާއްޖޭގަ ހުރި އެންމެބޮޑު ނަފުސާނީ ބަލިމީހަކީކަލޭ

  3. އާސިމާ

    އެންމެ ބޮޑަށް ބޭސް ކުރަންޖެހިފަ ހުރީ ތި ސޯލިހުއޭ ކިޔާ ފަކުރުގަނޑު.

  4. ގުދުގުދާބެއްޔާ

    މިއުޅެނީ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ، ސިއްޚީ ޙިދުމަތްދޭ ސަރުކާރުގެ މުއައްޒަފުން ބޭނުންކޮއްގެން އެކްސްފައިމަންޓް ހަދާ ބޮޑު ރިޕޯޓެއްގެ ސިފައިގައި ޑަބިލުއެޗް އޯ ފަދަ ބޭރު ގައުމުތަކަށް ހުށަހަޅާ ފައިސާ ގަޑެއް ހޯދުމުގެ ބޭނުމުގައި ޖައްސާ ސްޓަންޓެއް! ވަރަށް އަވަހަށް ތިޔަ ސްކްރީން ޓެސްޓް ހަދަން އެތަންތަނުގައި ތިބި މުއައްޒަފުންނަށް އަންގާނެ! ނަމަނަމަ ނުދާތި.!

  5. @ކަނޑުކޮހުންނޭ

    އެއީ ސްޓެޕް ސަރވޭގެ ހޯދުންތަކުގައި އޮތްގޮތަށް

  6. Anonymous

    ނަފްސާނީބަލިޖެހިފަހުރީމަ ގެރިމޯދީ ގެރި އާއިހެދި އެވަރުވަނީ. ކަލޭ ނަފްސާނީބަލި ހުރީމަ ގެރިމޯދީއަށް ތިވަރަށް އަޅުވެތިވެގެން ތިއުޅެނީ!!

  7. މާލޭ މުހައްމަދު

    ރާއްޖޭގެ ރައީސްކަންކުރާ ކޮންމެ 7 ރައީސަކުން 1 ރައީސަކީ ކަނޑުކޮހެއްް. މިހާރު ރައީސްކަމުގަ ހުރީ އެކަނޑުކޮސް.

  8. ބަބުރު

    ނަފުސާނީ ވެގެންގޮސް ޖީއެސްޓީވެސް 8 ޕަސެއްޓަށް އަރުވާލީ މިހިރަ މީހާއަށް ޖެހިފަ މިހުރީ ގެރިމޯދީގެ ގެރިގުއި ނަފުސާނީބަލި.

  9. ދިސްވޭ

    މަސްވެރިކަމަށް ދިވެހިން ލިބޭނެ އެންމެ ގޮތެއް އޮތީ އެއީ މަސްވެރިކަން ކުރާ ކޮންމެ ދޯންނަކަށް މާލެ ސަަރަހައްދުން 1 ހެކްޓަރުގެ ބިމެއް ދޭންވީ އެމެންނަށް ހިލޭ އެއިރުން އެތަނުގައި މަސްދޯނީގެ ފަޅުވެރިންނަށް ހިލޭ ތިބެވޭނެއޭ ނަތީޖާ އަކީ އެއީ އޮޑިވެރި މީހާއަށް ވަފާތެރި ފަޅުވެރިންނާއި ކެޔޮޅުން އުޅޭނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ މިނޫން ގޮތަކަށް މިކަން ހައްލު ނުވާނެއޭ ނުވާނެއޭ ފިޝަރީޒް މިނިސްޓަރަށް ވާނުވާ ނޭގެނީއޭ ގަމާރީއޭ ބީތާއީއޭ އެއީއޭ ވާގޮތަކީ...