ދިވެހިރާއްޖޭގައި ހުރި އެންމެ، ރީތި އެންމެ ބޮޑު މިސްކިތް ކަމަށްވާ ސަލްމާން މިސްކިތް ކައިރީ ދީނީ މައުލޫމާތު ހިމެނޭ ވީޑިއޯ ނެގުން މިސްކިތުގެ މުވައްޒަފުން މަނާ ކުރި ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝައިހް ފަޒްލޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ސަލްމާން މިސްކިތުގެ ގޯތި ތެރޭގައި ދީނީ ނަޞޭހަތުގެ ބަސްކޮޅެއް ހިމެނޭ ވީޑިއޯއެއް ރިކޯޑުކުރަން އުޅުމުން އެތަނުގައި މަސަކަތްކުރާ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ވަނީ އެކަން މަނާކޮށް އެތަނުގައި ވީޑިއޯ ކުރެވޭނީ މިނިސްޓްރީއިން ހުއްދަ ނަގައިގެންކަމަށް އަންގާފައި ކަމަށެވެ.

ނަމަވެސް ފަހަކަށް އައިސް ސަލްމާން މިސްކިތް ކައިރީގައި ހެދުން ވިއްކާ ޞަފްޙާތަކުން މޮޑެލް ކުރާތަން ފެންނަ ކަމަށް ޝައިހް ފަޒްލޫން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ޓެގް ކުރައްވާ ޝައިހް ފަޒްލޫން ވަނީ ސަލްމާން މިސްކިތަކީ މޮޑެލްކުރާ މީހުންގެ ފޮޓޯ ޝޫޓް ނަގަން ޚާއްޞަ ތަނަކީތޯ ސުވާލު ކުރައްވާފައެވެ. ނޫނީ މިސްކިތްތަކުގެ އަޞްލު ބޭނުމަކީ އެއީތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ޝައިހް ފަޒްލޫންގެ ޓްވީޓާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޒާހިރު ވެސް އަދި އިސްލާމިކް މިނިސްޓްރީގެ އެހެން ބޭފުޅަކު ވެސް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ.

ފަހަކަށް އައިސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ވެސް ވަނީ ވަރަށް ގިނަ ވެފައެވެ. ނަމަވެސް މިސްކިތްތަކުގެ ހުރުމަތް ކަނޑާ މީހުންނަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމަށް ބުނެ އެތައް ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މުރާސިލު

    ދީނީ ވީޑިއޯނެގުން މަނާކޮށްގެން ސަރުކާރަށް އޮތްމޮޅަކީ ކޮބާބާ ރ ޔާމީން އެޅިމިސްކިތެއްވީމަ ބޭރުދުނިޔެއަށް މަޝްހޫރުވެދާނެތީ އިސްލާމިކު މިނިސްޓުރީގެ މުއަށްޒަފުންލަށްވާ ވީޑިއޯނަގާމީހުންނަށް ދުއްތުރާކުރަނީ ތިޔަށްވުރެ ތާހިރުވާނެ ސަލްމާނު މިސްކިތުގެ އޭސީތަށް ރަނގަޅުކޮށް ރަށްޔަތުން ގައިން ދާނުހިއްލާ ނަމާދުކުރެވޭގޮތް ހެދިއްޔާ ...

    43
    4
  2. ޙަނދުކޭތަ

    ޢިސްލާމިކް މިނިސްޓަރު ކުރާކަމަކީ ތައިލެންޑް އަދި ނޭޕާލު އަންހެނުންނާ ބޮންދުމްލައްވާ ޓިކްޓޮކް ވީޑިޔޯ ކުޅުވުން އެތާގަ ހަޔާތް ހުސްވެފަހުރި މިނިސްޓަރެއް އެއީ

    39
    1
  3. Anonymous

    އަޅުގަނޑު ވަކި މީހަކާ ދިމާލަށް އިނގިލި ދިއްކުރަނީއެއް ނޫން. މިހާރު މިތިބޭ "އިސްލާމިކް މިނިސްޓަރުންނެކޭ އިސްރާއިލީ ކެބިނެޓު މެންބަރުންނެކޭ ތަފާތެއް ނެތް." އެއް ހެދުމެއްގައި. ތުނބުޅި ބާލައިގެން ނޫނީ ހަނޑޫފުކެއް ވަރަށް ދިގުމިން. މިއީ ނަބީބޭކަލުންގެ ތަރިކަ ކޮނޑުމައްޗަށް ލައިގެން ތިއްބެވި ބައެއް ބޭކަލުންގެ ހާލު ހުރި ވަރު.

  4. ދަރަނި ދަންތުރަ

    ރާއްޖޭގައި ތިޔަހުރީ އިސްލާމިކު މިނިސްޓަރެއްނޫން އެނަމުގައި ހުރި ބޮޑު ޖާހިލެއް އޭނާގެ އަމަލުތައް ހުރިގޮތުން އޭނަ އެއީ އިސްލާމެއް ބާވައޭ ވެސް އަހަރެންގެ ހިތަށްއަރާ ، މިގައުމުގައި މިހާވަރަށް މިސްކިތްތަކާއި މެދު އިހާނެތިވި މިނިސްޓަރ އެއް ނުދެކެން

  5. ޙެކް

    ފިތުނަ ދަތުރުކުރޭ ހަސަދަ އައްވުރެ 5 ގުނަ ބާރައް!

    1
    1
  6. ވީޑިޔޯ ނުކުރެވުނަސް އޯކޭވާނެ… މިތާ މައްސަލަ އަކީ ދީނީ ކަންކަމާއި ދީނީ ނޫން ކަންކަމާއި ކުރެވޭ ތަފާތު

  7. ހަސަނު

    ތި ނަށާ ޓިކްޓޮކް މަންޒަރު ބަލާފަވެސް އެމްޑީޕީ މީހުން ދެ އްތްމައްޗަށް ނަގާ ހަމްދު ކުރާނީ.!

  8. Anonymous

    ބަލަތީ ނަމަކަށް އަޅާފަ ހުރި މިސްކިތެއް އެއީ ބްރިޖްމަތިން ދާއިރު ބަލާލަން ރީއްޗަކަށް ހެދި މިސްކިތެއް

  9. ސުމަޅޭ

    މިސަރުކާރަށް އޯކޭ ވާނެ.ނެށުމާ ދެކޮޅަށް ކަމެއް ކުރިޔަސް ގޯސް.އެކަމަކު އެއްޖިންސުން ގުޅުންހިންގީމަ ފިނި ކޮޓަރީގަ އެއްޗެއްބުނުން ވެސް މަނާ.