އަންނަ އާދިއްތަ ދުވަހުން ފެށިގެން ޅ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ލިބޭނީ ޓިކެޓް ނަގައިގެން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޅ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.

އަދި ފުރަތަމަ ހަފްތާގައި ހިލޭ ދަތުރުތައް ކުރުމަށް ފަހު އަނެއްކާވެސް ހިލޭ ދަތުރުކުރެވޭ މުއްދަތު އިތުރު ކުރި އެވެ.

ނަމަވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

ޅ. އަތޮޅުގައި ފެރީގެ އަގުތައް ކޮޅަކަށް އުޅެނީ 35 ރުފިޔާއިން ފެށިގެން 105 ރުފިޔާއާ ދެމެދު އެވެ.

ފެރީ ދަތުރުތައް ޅ.އަތޮޅުގެ ހުރިހާ ރަށްތަކަށް ދަތުރުކުރާ އިރު އެ ރަށް ރަށުން ޅ. މަޑިވަރުގައި ގާއިމްކޮށްފައިވާ އެއާޕޯޓްއަށް ވެސް ދަތުރުތައް ކުރާނެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ޖޫން 12 ގައި ފެށި އިރު، ފުރަތަމަ ފެށީ ޒޯން 1 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ހއ. އަތޮޅުންނެވެ. އޭގެ ފަހުން ހދ.، އަދި ށ. އަތޮޅަށް ވެސް ފެރީގެ ދަތުރުތައް ވަނީ ފަށައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރަފި

    އާރުޓީއެލް އަކީ ބަޔަކު އަޑީގަތިބެގެން ކަރަޕުސަންހިންގާ ފެރީނިޒާމެކެވެ މިކަމުގަ ފައިދާވަނީ ވަކިބަޔަކަށެވެ މަށްސަލަބެލުމަށް އެންޓި ކަރަޕުސަންނުކުޅެދޭ.