ރާއްޖޭގެ ގިނަ ބަޔަކަށް އެޗްއައިވީ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް އެހެން ވިދާޅުވީ ބައިނަލްއަގްވާމީ އޭޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގއ. ވިލިގިނލީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަބަޔަކަށް އެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަންކަން، ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި ކަމަށެވެ. އެޗްއައިވީ އާއި ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައްވެސް ރާއްޖެއިން ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”ވީމާ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ލޯންޗްކުރެވިގެން އެ ދިޔައީ އެޗްއައިވީ ހެޕަޓައިޓިސް އަދި އެހެނިހެން ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް ހިމެނޭގޮތަށް ކޮމްބައިންޑް ނޭޝަނަލް ސްޓްރެޖިކް ޕްލޭން“ މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް ކުރިޔަށް އޮތްތާގައި މަސައްކަތް ކުރެވޭނީ އެ ތިން ބަލި ހިމެނޭގޮތަށް ބަލިން ރައްކާތެރި ކުރުމާއި، ބަލި ދެނެގަތުމާއި ބަލި ޖެހޭ ފަރާތަތަކަށް ފަރުވާގެ ކަންކަން ހަޖެއްސުމަށް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވަނީ އެޗްއައިވީ، ހެޕަޓައިޓިސް އަދި އެސްޓީއައި ގެ ނޭޝަނަލް ސްޓްރެޓެޖިކް ޕްލޭން ލޯންޗް ކޮށްފަ އެވެ. އެ ޕްލޭން ލޯންޗް ކޮށްދެއްވީ ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ ޑރ. މުސްޠަފާ ލުތުފީ އެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އެ ޕްލޭންއަކީ ރާއްޖޭގައި އެޗްއައިވީ، ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުން އަރާ އެހެން ބަލިތައް ކޮންޓްރޯލްކޮށް ރައްކާތެރި ކުރުމަށްޓަކައި އެކުލަވާލެވިފައިވާ ފަސް އަހަރުގެ ޕްލޭނެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ އޭޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުން ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

އޭޑްސް ދުވަހާއި ގުޅިގެން، މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހަށް ގއ. ވިލިނގިލި، ދާންދޫ އަދި ގެމަނަފުށީގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ބުނެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހުމަދު

    އެލްޖީބީޓީ ބަޔަކު ވެރިކަމަށް ހޮވީމަ ހުރިހާ ކަމެއްވެސް ގޯސް ވާނެ. ދީނީ ރަނގަޅު މީހުން ވެރިކަމަށް ވެސް ހޮވަންވީ

    28
    • މޮޔަނިމޮސް

      ވެރިކަމުގަ ދީނީ މީހުން ތިބި ގައުމު ތަކަކީ ކޮބައިބާ

  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އެއިޑްސް ގެ ވާހަކަ މިނިސްޓަރު ދެއްކުން މާ ރަނގަޅެއް ނޫނެވެ. އެއީ މީހާ އަށް އުޅެވޭ ގޮތަކުން ޖެހޭ ބައްޔެކެވެ. މި އައްވުރެ މާ ކުދި ކުދި ކަންތަކަށް ވެސް މިނިސްޓަރު ގެ ވިސް ނުމެއް ނުފޯރައެވެ. މިސާލަކަށް މުއައްޒަފުން ގެ ފަރުވާ ކުޑަކަމުން އެންބިއުލޭސް ނުފޮނުވި ބަލިމީހެއްގެ ފުރާނަ ދިއުން. މިގޮތަށް ކަމެއް ދިމާވިޔަސް އެކަމަށް މިނިސްޓަރު ޖަވާބުދާރީ ވެފަކާ ނެތެވެ. (2) މާލޭ ގައާއި އެހެން ރަށްރަށުގައި ބުޅާ ވަރަށް ގިނަ ވެއްޖެއެވެ. ބުޅާ ދަތް އަޅައިފި ނަމަ ސިކުނޑި ދުޅަވުން ނުވަތަ "ރޭބީސް" ޖެހެއެވެ. މިއީ މަރުގެ އެތި ފަހަރެކެވެ. ނަމަވެސް ހިތާމަ އަކީ ބުޅާ ދަތް އަޅައިފިނަމަ ޖަހަންޖެހޭ "ރޭބީސް ވެކްސިން" ރާއްޖޭގައި ނެތްކަން ވިސްނޭ ފަދަ ތަޢުލީމެއް ނަސީމް ގެ ކިބައިގައި ނެތްކަމެވެ.

    15
  3. ވިސްނާ

    މިޤައުމުގައި އެއްޖިންސުން ގުޅުނއހިންގުމާ ނާޝިގެތަށް ބިރަކާނުލާ ހިންގެންޔާ އަހަތުންނަށްވެސް އިގޭ ތިފަދަ ބަލިތަށް އަދި ނެތްބަލިތާއްވެސް ފެތުރުމަކީ އެކަށީގެން ވާކަމެއް

    18
  4. ހުސޭނުބޭ

    ބާޣީ ނަސީމަށް ތިކަމުން ރައްކާތެރިވުމަށް އެއްވެސްކަމެއް ނުކޮށްދެވޭއިރު ކޮން ފަޅޮލެކޭ ކިޔާކަށްތަ

    19
  5. ގޮދާބޯ

    މާނައަކީ ރާއްޖެއަކީ ބަދުއަހުލާގީ އަމަލު ގިނަތަނެކޭ އެކަން ކުރުމައް ފުރުސަތު އެބައޮތޭ ބޭރުދުނިޔެއައްދިން މެސެޖެއް

  6. 2023

    #އަލަމް ގިރި...ކޭސް ނަމްބަރު އަން ނޯން....

  7. އަބުޅޮ

    ބޮޑަށްްްްް ތިބަލި ޖެހޭނީ ތިޔަ ވެރިކަމުގަިއި ތިބި ޢާއިލާ ތަކަށް . ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގަނި ތިމީހުން. ކޮބާ އަންނިގެ ކޮށްކޮ ތިބައްޔަށް ޓެސްޓް ހަދައިފިތަ؟ޔަގިނުންވެސް ފިރިހެނެއް ފަލާލައިގެން ހުކުމް ކޮށްފަ ގޭގަ މިވަގުތު ހުރީ. އެކަން އެންމެނަށްވެސް އެގޭ.

  8. ކޮއްޔާ

    މަރުމޯލުންނަށް ގައުމެއް ލިބުނީމަ ވާނީ ތިހެން // މުޅިން ބިރަކާނުލާ //ވެންޓިލޭޓަރުތަށް ކޮބާބާ ؟؟؟؟؟ ވަގުންވެސް ގިނައީ ،،،،،،،