ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެރަށުގައު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ހިރިމަރަދޫ ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.

365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.

ޖުމްލަ އަށް ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެބް ހިންގާ މި މަޝްރޫއުއަކީ ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު، މަރަދޫގައިވެސް މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިިފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ބީއޭޕީސީ އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށެވެ. މި މިސްކިތުގެ މަސައްކަތް 320 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައި ވެއެވެ. ދައުލަތުން 12.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިކިލީކްސް

    އެކި ގޮތްގޮތަށް ރީތި ޑިޒައިންތަކާއެކު ބޮޑެތި މިސްކިތްތައް ފަހުޒަމާނުގަ ގިނަވާނެ އެކަމަކު އެމިސްކިތަށްދާ މީހުން މަދުވާނެ!

  2. ވިސްނަންޖެހޭ ކަމެއް

    މިހާރު މި ރާއްޖެެގައި އަޅާ މިސްކިތްތައް ފަރުމާ ކުރަނީވެސް ކްރިސްޓިއަން ޗާރޗް ރަމްޒުވާ ގޮތަށްހެން ހީވަނީ. ތިޔަ މިސްކިތުގެ ފަރުމާވެސް އެހެން ސިފަވަނީ. މުންނާރުގެ ކޮޅުގައިވެސް ސަލީބެއް ހުންނަހެން އެހެރީ ފަރުމާކޮށްފަ. ދެރަކަމެއް.