ފުލުހެއްގެ ގައިގައި ޖެހި މީހަކު އައްޑޫ ސީޓީ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާލުވީ، ޑިއުޓީ ކުރަމުންދިޔަ ފުލުހެއްގެ ގައިގައި ޖަހާ މަރާމާރީ ހިންގި މައްސަލައިގައި މި މަހުގެ ހަތް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމށެވެ.

އަދި އެ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޮޔަބެ

    ކޮބާ ކިހިލިފަތްދޮށުގަ ދަތްއެޅިމީހާ އެމީހާ ހުރީ ސިއްހަތު ސަލާމަތުންތަ

  2. ރަން ރީނދޫ

    މީހުންގެ އަނބިން ކައިރިޔަށް ޑިއުޓީ ކުރަން މި ވަންނަނީ. ދެން......

    4
    1