މަސްވެރިކަމުގެ ސިނާއަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް މިފެށޭ އަހަރުގެ މެދަކާއި ހަމައަށް ހައްލު ކުރެެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހް މިގޮތަށް ވިދާޅުވީ، ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާއި ބައްދަލުކުރައްވައި މަސްވެރިން ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއްސަވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހަވީރު، ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައި ބޭއްވި މި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ދަތިކަންކަމުގެ ތެރޭގައި، މަސްވެރިން ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، މަސްވެރިން ކިރުވާމަހަށް ފައިސާ ލިބުންލަސްވުމާއި، އައިސްލިބުން ދަތިވުމާއި، ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ހިމެނެއެވެ.

އަދި މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކު ލިމިޓްގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގައި މަސްވެރިން ފާހަގަކޮށްފައި ވެއެވެ.

މިބައްދަލުވުމުގައި ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްގީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށެވެ. އެގޮތުން ރައީސް ވަނީ ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެ މަސައްކަތްކުރެވިފައި ނެތްކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ބޮޑެތި މައްސަލަތަށް އަންނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުވެގެންދާނެ ކަމަށެވެ. އަދި މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަަމަށް ވިދާޅުވިއެވެ.

އަދި މަސްކުންފުނިތަކުގެ ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙަަަހަ

    ޔަޤީނެއްނު ، ވޯޓުކައިރިވީމަ އުޑުގައި ހުރިތަރިތައްވެސް ގެންންާނެ ، މަގިމަތީގައ ތާރުގެ ބަދަލުގައި އަޅާނީ ރަންދޫލަ ، ހޭއަރާ ވިސްނާތިބި ބައެއްގެ ގަަޔަށް ދެފަހަރު ކަށިޖަހަން އުނދަގޫވާނެ ، ވަރަށް ވިސްނަންވާނެ ،

    24
  2. މަބޭ

    .
    ކޮންމެއަހަރަކު މަސްވެރިންގެ ދުވަހައްފަހު ދެންއޮންނާނީ އަންނައަހަރު އެއަހަރު ހޯދަން މަސްވެރިން ދާންޖެހޭނީ 200މޭލު ބޭރައް

    24
  3. ކެތްތެރި ކެޔޮޅު

    އެވެސްދެން ވެރިކަމުން ފައިބަންވީމަ އެންމެ ފަހު އަހަރު

    24
  4. ދަރަނި ދަންތުރަ

    ވަރަށްގިނަ ކަންކަން ހައްލުވެ ރަނގަޅުކުރެވޭނެ 2023 ގެ ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަން މިކުރާ ނުބައި ނުލަފާ ކޯލިސަނަން ނޫނެކޭ ބުނެ ބޭރުކޮށްލީމަ ، ހުރިހާ ދިވެހިންވެސް ވިސްނާ ހޭވެރިވޭ

    14
  5. ރަން ރީނދޫ

    މަސްވެރިންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ހަވާލު ކުރަން އެދިޔައީ. ކައިރީގައި އެހެރީ ވަގު ޔާގޫބުތަ.

    14
  6. އހ

    ވެރިކަން ހޯދަންވީމަ މަސްވެރިން ފެންނާނެ ކަން ޔަގީން

    16
  7. ސްލޯބެ

    ކޮބާ ޗާގޯސް ވިއްކާލާ ލިބުނު ލާރި ބޮނޑި .

    14
  8. ހަސަން

    މިއީ ލަދެއްހަޔާތެއްވެސްހުރި މީހެއްނޫންތަ!ވެރިކަމަށް އަންނަންވެގެންވީ ވައުދު ހަތަރު އަހަރުވީއިރުވެސް ނުފުއްދުނު! ހަތަރުއަހަރު ފާއިތުވެ އިންތިޚަބު ބޯމަތިވީމައި ބުނަނީ އަންނަ އަހަރުގެ ވާހަކަ! ބަލަ ދިވެހިން ދެނެއް ނުހެއްލޭނެ!

    14
  9. ޣުމެރި

    މިވަރުގެ ގަމާރަކު ގައުމެއްގެ ވެރިޔަކައް ގެނައިބަޔަކައް ވުރެ ވަކި ގަމާރު ބަޔަކު އުޅޭނެބާ؟

    10
  10. ޝިޔާމް

    މަސްވެރިންނަށް ކުރިމް ކޭކަރު ބިސްކޯދާއި އަލަޑަބިޔާ ދޭނަން.. މަސްވެރިންނަށް ކޮތަރު ބިރިޔާނީއާއި ޕާޕަރު ދޭނަން.. މަސްވެރިންނައް ތަރުކާރީއާއި މޭވާދޭނަން.. މަސްވެރިންނަށް ޒައިތޫނި ތެލާއި މާވަހަރު ދޭނަން.. މަސްވެރިންނަށް ގެދޮރާއި އަނބީންދޭނަން..

    • ވާދޫ ދަންނަކަލޭފާނު

      ހުދު އަހެއް ދޭނަންތަ؟

  11. ޝުފާ

    މަސްވެރިންނަށް ޔާގޫތާއި ސުލައިމާނު ދޭނަން.. މަސްވެރިންނަށް ދީނާރާއި ޑޮލަރު ދޭނަން.. މަސްވެރިންނަށް ކަނޑު ކުކުޅާއި މުސަންމާ ދޭނަން..މަސް ވެރިންނާއި އިންނާނަން.. މަސްވެރިންނަށް ޅެން ފަރިއްސާއި މައުލޫދު ކިޔާދޭނަން.. މަސްވެރިންނަށް ކިރިމް ކޭކަރު ބިސްކޯދާއި ގެރީގެކިރު ދޭނަން.. އަދި ކަރާސީނު ތެލާއިމާވަހަރުވެސް ދޭނަން.. ަ

  12. ކޮއްޔާ

    ޥެރިކަމަށް އަންނަން ވެގެން މަސްވެރިންނަށް ނުކޮށްދޭނެ ކަމެއްނެތް // މަސްކިރަން އެތަށް ކެޕޭސިޓިއެއް އިތުރުކޮށް / ފަސޭހައިން އައިސްލިބޭނެ ގޮތްތަކާ / ރަނގަޅު އަގުހޯދައިދޭ ގޮތްތަކާއި / ގޭދޮށު މަސްފެކްޓްރީތަކަށް ދާންދެން ހަދައިދޭން ބުނި // ވެރިކަމުގައި ހަތަރުއަހަރު ހުސްކުރި އިރު ނުވިކަމެއް އަންނަ އަހަރު ކުރާނީ ކިހިނެތްބާ ؟؟؟
    ލަދުގެ ކަންފުޅެއްވެސް ނެތީ ހަމަ // އިސްތިއުފާ ،،،،،،އިސްތިއުފާ ،،،،

  13. ޚާލިދު

    އެބުނީ ހަމަ ތެދަށް.
    "އަންނަ އަހަރު" އައީމަތާ އެކަން ފެންނާނީ.
    "އަންނަ އަހަރު" ދުވަހަކުވެސް އާދޭތަ

  14. ބުރޯ

    ލިހޫ... މަސްވެރިން ގުނބޯ ހައްދަން ނޫޅޭ... މިފަހަރު ބޮޑުތަނުން ނޯ އޭ ބުނާނީ ހައްލު ކުރިޔަސް ނުކުރިޔަސް... ވަރަށް ސަލާމޭ...