ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޕަރމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަފީރު އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެން މިނިސްޓަރާ ބައްދަލުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މަރުޙަބާ ދެންނެވިއެވެ. އަދި މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވިއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށް، ސްކޫލު އުމުރުފުރާގެ ކުދިންނަށް ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްކޫލު ދައުރުގައި އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައިދީ، ކިޔައިދެވިއްޖެނަމަ އެކުދިން ބޮޑެތިވެގެން ގޯސް މަގަކުން ނުދާނެކަމަށް ވިދާޅުވިއެވެ. އަދި ހަމަ އެއާއިއެކު މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ އިރު ޕާކިސްތާނުގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވައި، އެފަދަ ދާއިރާތަކުން ވެދެއްވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައިވަނީ ޕާކިސްތާނުގެ ދީނީ ޢިލްމުވެރިން ރާއްޖެއަށް ދިނީ ދަރުސް ދެއްވުމަށް ގެނައުމާބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައިވާ ދާއިރާތަކުން އިތުރު ތަމްރީނު ލިބޭނެ މަގު ފަހިކޮށްދިނުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގިރިގިރި

    ޤުރްއާނާއި ބެހޭ މަރުމަޒު ހުރީ މިހާރު ކޮންތާކުތޯ. ޤައުމީ މުބާރާތަށް އައިސް އެތަން ހޯދާހޯދާ ނުފެނުން.. މިހަކު ބުނެގެން ސަލްމާން މިސްކިތުން ލިފްޓަށް އެރީރު މަތިންގޮނޑިޖަހާފަހުރި ކްލާސް ރޫމްތަކެއްހެން ތަނެއްފެނުން. ނަންބޯޑުގަނޑެއްވެސް ނުފެނޭ. ޚިޔާލީ ދުނިޔެއެއްގައި ހުރި ތަނެއްހެން ހީވަނީ. މީ އަޅެ ކިހިނެއް ހިނގާ ތަނެއް. ތިޔަ މިނިސްޓްރީ އޮތީ މިހާރުއަލުން ކޮންގިރިޔަކަށް އަރާފަތޯ

  2. ބޯގަޅި

    ވަގަށްނެގި ޕީއެޗްޑީގެ ވާހަކަ ނުދައްކާތަ ޕާކިސްތާނުން ތިޔަކުރި މަޝްވަރާގަ؟

    2
    1
  3. އެދުރުބެ

    ކިޔާވާކުދިން ބޮލައްއެެިގެން މިތަން އަފްގާނިސްތާނައްހަދާލާ