1444 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވާލުމަށްޓަކައި މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުޅުވާލަން ތައްޔާރުވެއްޖެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ވާ ގޮތުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އަލުން އެކުލަވައިލަން މާލޭގައި އުޅޭ ފަގީރުންނާއި މިސްކީނުން އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 19 ޖެނުއަރީ 2023 ވަނަ ދުވަހު ހެނދުނު 09:00 އިން މެންދުރުފަހު 12:00 އަށް ނިޔަލަށް ހުޅުވައިލާނެ ކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓްގެ ލިންކް އިން ލިބެންހުންނާނެ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަކުރެވިގެން އިސްލާމިކް މިނިސްޓްރީގައި ޤާއިމްކުރެވޭ ޚާއްސަ ކައުންޓަރު ތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސިވިލް ސާވިސްގެ މުވައްޒަފުން ތި ދަފުތަރުގައި ޖައްސަންވާނެ. އެމީހުންނަށް ލިބޭ މުސާރައަކީ ދިރިއުޅޭ ތަނަށް ދައްކާ ކުލި ވެސް ނުދެއްކޭ ވަރުގެ ކުޑަ މުސާރައެއް. ތި ދަފުތަރުގައި ނުޖެއްސޭނީ ހަމައެކަނި ބޮޑު މުސާރަ ލިބޭ ސިޔާސީ މީހުންނާއި ވިޔަފާރިކުރާ ވިޔަފާރިވެރިން. އެހެން އެންމެން ތި ދަފުތަރުގައި ޖައްސަންވާނެ.