ޕީޕީއެމްގެ ދަފްތަރުން 7000 މީހުން އެހެން ޕާޓީތަކަށް ވަގަށް ބަދަލުކުރުމުގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ ދައުރު ބޮޑު ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ދަފްތަރުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ދަފްތަރުން 7000 މެމްބަރުން އެހެން ސިޔާސީ ޕާޓީތަކަށް ވަގަށް ބަދަލު ކުރުމުގައި އިލެކްޝަން ކޮމިޝަންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

"މިއަދު އެމްޑީޕީ އިން ދަފްތަރު ވާހަކަ އެބަ ދައްކާ. އަހަރެމެން އެބަތިބިން ބަލަން ތިހަދާއެއްޗެއް. މިފަހަރު ރައްޔިތުންނަށް ހާމަވާނެ ލައްކަ ކަންކަން." ޝުޖާއު ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފްތަރުގެ މައްސަލަ ފެންމަތިވެފައި މި ވަނީ ވޯޓުލާ ދަފުތަރުން ސާޅީސްހާހާއި ގާތަށް މެމްބަރުން އެންގުމަކާއިނުލައި ކުއްލިއަކަށް އުނި ކުރުމުންނެވެ. އަދި މި މައްސަލަ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް ވަނީ ހުށަހަޅައިފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން ބުނީ ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަށް އެމްޑީޕީން އިސްކަންދޭ ކަމަށެވެ.

ނަމަވެސް, އެމްޑީޕީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުނން

    ތަލަ ބޯ ޝުޖާއު ކަލޭ ތިކަހަލަ ވާހަކަ ދައްކަން ލަދު ކޮބާ ؟

    1
    7
  2. ޗާކޯސް

    ތަލަފިރިހެނުން މެސީއަކަށް ވަކި ދުލެއް ނުކުރާނެ

    2
    1
  3. ހައްވާ

    އަހަރެންގެ ނަން އޮތީ އަދުރޭގެ ޕާޓީގައި، ހަމަގާއިމުންވެސް އެޕާޓީއަކަށް ސޮއި ނުކުރަން.؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟