މާލޭ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު ގެއެެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އެކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 12:21 އަށެވެ.

މި މާރާމާރީގައި ޒަހަމްވި މީހާ އަށް ސެނެހިޔާ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މި މައްސަލައާ ގުޅިގެން ހަމަލާ ދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަސް ގެނެސްފައިވާ ކަަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަދި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    މީސްތަކުން ދީނާއި ދުރު ކުރުމަށް ސިޔާސީ ރަންޑީން ނާއި ހަންޑީން ކުރަމުން ގެންދާ މަސައްކަތުގެ ފޮނި މީރު ރަހަ ދިވެހިންގެ ކަރުބުޑުގައި ލައި ނިމިއްޖެއެވެ.

  2. މޮހޮރު

    މާލެ ފޮޓޯއިން ފެންނައިރު ހީވަނީ ކޮންކުރީޓު ހާއްޔެއްހެން 🙄