މާލޭގައި ހިންގި މާރާމާރީގައި ބޭބެގެ ގަޔަށް ވަޅި ޖެހީ 25 އަހަރުގެ އަންހެން ކޮއްކޮ ކަން އެނގިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު ގެއެެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އެކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރު 12:21 އަށެވެ.

މި މާރާމާރީގައި ޒަހަމްވި މީހާ އަށް ސެނެހިޔާ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި މާރާމާރީގައި އަނިޔާވެފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.

އަދި މިހާތަނަށް ބެލި ބެލުމުން މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލޭ ގެއެއްގައި މާރާމާރީ ހިންގައި މީހެއްގެ ގަޔަށް ވަޅި ހަރައިފި

މި މައްސަލައާ ގުޅިގެން އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ކޮބާ ކުރީގެފިރިމީހާގެ ކަރަށް ވަޅިޖެހި އަންހެންމީހާ.... އެ އަންހެން އެމީހާއަށް ދޭނެ އަދަބެ ފުލުހުންގެ އަތުގަ ނެތީތަ..މަހުޖަނެއްގެ ދަރިއެއް ވިއްޔާ ހުއްދަވޭތަ ކޮއްމެ ކަމެއްކުރަންވެސް..

    121
    5
    • Anonymous

      މިސަރުކާރު ރުއްސަވާގަތް މަހުޖަނެއްގެ ދަރިއަކު ކިތައްމެބޮޑު މާރާމާރީއެއް ހިންގިޔަސް އެމީހަކަށް ކުރާނެ ދއުވާއެއް ހިންގޭނެޝަރީއަތެއްވެސް މިގައުމުގެ ގާނޫނުގައި ނޮއޮންނާނެ.

      76
      1
  2. ހުސޭނުބޭ

    މަރުހަބާ އައްސަރިބަހާއި ސާބަސް. އަންހެނުން ބާރުވެރިވެއްޖެކަމުގެ އަލާމާތެއް ތިއީ

    105
    5
    • ލަވަ އަލީ

      ހައްހައް ގަޅި ވާހަކަ.ސައުދީގަ ބާރުވެރި ނުކުރުވައިގެން ތޯ ވަޅި ޖަހަނީ

      6
      40
      • އަލީ ބަލީ

        ސައުދީގެ ކުއްވެރިވާނެ ކޮރަޕްޝަން ނުފޯރާ އެންމެން. މިރާއްޖޭގަ ކުއްވެރިވާނީ ހައްދުފަހަނައަޅާފަކަމަށް "ތުހުމަތުކުރެވޭ މީހުން" އެކަނި.

        26
    • ފުރީ

      މަރުހަބާ މަރުހަބާ އަންހެނުންނަށް ބޭނުންހާ ގޮތެއް ނެހެދޭނީ މިވަރަށް ބާރުވެރިވެގެން.

      27
      5
  3. ސުނާ

    ތިވާނީ ގޭގެ މައްސަލައެއްގައި.ގޭގެ ދަހިވެތިކަމުގައި.

    33
    2
  4. Anonymous

    މިސަރުކާރު ރުއްސަވާގަތް މަހުޖަނެއްގެ ދަރިއަކު ކިތައްމެބޮޑު މާރާމާރީއެއް ހިންގިޔަސް އެމީހަކަށް ކުރާނެ ދއުވާއެއް ހިންގޭނެޝަރީއަތެއްވެސް މިގައުމުގެ ގާނޫނުގައި ނޮއޮންނާނެ.

    39
    3
    • ނާޒީ

      އަލަންގިރި ކުޅެގެން ބެޒާރުވީމަ ފިޔަވަޅުނާޅައި ޝަރީއަތްކޮއް ހައްގު އަދަބު ނުދެވޭތަނެއްގައި ކޮން ކަމަކަށްތޯ އިންސާފެއް ލިބޭނީ.

      8
      1
  5. ކޭ

    އަންހެނެއް ވެއްޖެއްޔާ ކިތައް ދަރަޖަ ނުބައިވަނީތަ

    29
    3
  6. ރައްޔެތު.

    ތި ބޭބެ އަކީ ފާއްޓެ. މުޅި މާލޭން ވައްކަން ކުރާ މީހެއް. އާއިލާ މީހުންގެ އެއްޗެހިވެސް ކޮޅާލާ މީހެއް.

    32
    2
    • ތަރުބިއްޔަތުގައި މާބޮޑަށް ވެސް އިހުމާލުވެފައި.....

      ތިބުނީ (ބޭބެ އަކީ ވައްކަންކުރާ ޕާޓޭ އެކޭ) އެވެ. އަނެއްކޮޅުން 25 އަހަރުގެ އަންހެން ކޮއްކޮ ގޮސް ބޭބެގެ ބޮލަށް ވަޅިހެރީ އެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ކުޑަކޮށް ވެސް ދެވިފައި ވީނަމަ، މިފަދަ ކަންކަމެއް ދަރިންގެ ފުށުން ނުހިންގީސް ކަން ކަށަވަރެވެ.

    • އަލިމުތް

      އޯކޭ. އެހެންވީމަ ވަޅިޖަހާ މަރާލަންވީތޯ އަމިއްލައަށް؟

      4
      1
      • ޑުރަގު ބޯ

        ޑުރަގުބޯ އެންމެން މެރިއަސް ފާފަ އެއް ނުވާނެ އެ ހުރިހާ އެއްޗެއްވީ ދަންޖައްސަން ހަމަ

  7. ސަންގު

    ފިރިހެނުންނަށް ކުރާ އަނިޔާ ހުއްޓާލާ

    ފިރިހެނުންނަށް ކުރާ އަނިޔާ ހުއްޓާލާ.
    ފިރިހެނުންނަށް ހަމަހަމަ ކަމާ ރައްކާތެރިކަން ކަށަވަރުކުރޭ.

    6
    1
  8. މަބުނީ ވަޅި ޖެހީމަ ބިޑި އަޅުވާކަށް ނުޖެހޭތަ…ހަކުރުބޯ ޕާޓޭ ވެސް ގެންދަނީ ބިޑި އަޅުވައިގެން…ކާކުބާ ނުރައްކާ ބޮޑީ…

    5
    1
  9. ކޮއްކޮ

    ބޭބެ ކޮއްކޮ ގަޔަށް އަރަން އުޅުނީ ތޯއްޗެ، އެކަހަލަ ކަންތައް ވެސް މިހާރު ރާއްޖޭގަ އެބަ ހިނގާ

  10. ބަބޫ

    އަންހެނުންނާ ފިރިހެނުން ހަމަ ހަމަ ވީތާ ދޯ. ސަޅި. ދުވަސްކޮޅަކުން އައިޑީ ކާޑުގަވެސް ބޭނުން ޖެންޑާއެއް ޖެހޭނެ.

  11. ފަލާޙް

    ކޮބާ ކުރީގެފިރިމީހާގެ ކަރަށް ވަޅިޖެހި އަންހެންމީހާ؟ މައްސަލަ ބަަލާނެ! ތަޙްޤީޤު ކުރާނެ! ފިޔަވަޅު އަޅާނެ! ވާކަމެއް ޙަރާން!