މާލޭގެ ފިހާރަތަކުގައި ކާށީގެ އަގު އިންތިހާ ދަރަޖައަށް އުފުލިއްޖެއެވެ.

ފިހާރަތަކުގައި ކާށީގެ އަގު ބޮޑުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މީގެ ކުރިން ފަސް ރުފިޔާއަށް ލިބޭ ކާޓެއްގެ އަގު މިހާރު 35 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ.

ކާށީގެ އަގު އުފުލިފައިވަނީ ބާޒާރުން ކާށި ގަންނަން ލިބޭ އަގު ބޮޑުވެފައިވާތީ ކަމަށް "ވަގުތު" އާއި ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

"ކާށީގެ އަގު ބޮޑުވެފައި މި ވަނީ އަސްލު ބާޒާރުން ވިއްކާ އަގު ބޮޑުވީމަ. އެހެންވެ މިހާރު ކާށީގެ އަގު މި ވަނީ 30-45 ރުފިޔާ އާއި ދެމެދުގެ އަގަކަށް ބަދަލުވެފައި. ބާޒާރުގައި އެންމެ އަގުހެޔޮކޮށް ކާއްޓެއް ލިބެނީ މިހާރު 20 ރުފިޔާއަށް." އެ ވިޔަފާރިވެރިވާ ބުންޏެވެ.

މާރުކޭޓުގެ ވިޔަފާރިވެރިން މައުލޫމާތު ދޭ ގޮތުގައި ކާށީގެ އަގު ބޮޑުވެފައި މިވަނީ ކާށި ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ. ކުރިން ކާށި ބަސްތާއެއް އެ ފަރާތްތަކުން ގަންނަނީ 200-300 ރުފިޔާގެ އަގެއްގައި ކަމަށާއި ނަމަވެސް މިހާރު ބަސްތާއެއްގެ އަގު 900-1000 އަށް ބޮޑުވެފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

"ކާށި އަޅުގަނޑުމެން ގެންނަ ރަށްތަކުންގެ ވަރަށް އަގުބޮޑުކޮށް ލިބެނީ 1000 ރުފިޔާ އަށް ކުޑަ ބަސްތާ ލިބޭ. އަދި 1500 ރުފިޔާ އަށް ބޮޑު ބަސްތާއެއް މި ގަންނަނީ. އެހެންވީމަ ފިހާރަތަކަށް އަގުބޮޑުކޮށް ވިއްކަނީ މި. ކާށި ލިބުމުގެ ދަތިކަން ދިމާވަމުންދާނަމަ ކާށީގެ އަގު މިހާރަށްވުރެ ބޮޑުވެގެންދާނެ." ވިޔަފާރިވެރިޔާ ބުންޏެވެ.

ކާށްޓަކީ ދިވެހިންގެ ދިރިއުޅުމުގައި ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހެދުމަށް ބޭނުންކުރާ އެއްޗެކެވެ. އެހެންކަމުން ކާށީގެ އަގު ބޮޑުވެފައިވާތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަރުކެހި

    ރައްޔިތުން ނުރުހުން ފާޅުކުރާނެކަމެއްނެއް މިރާއްޖޭގަ އޮތްހާފަޅުރަށެއް ހިމާޔައްކޮއްގެން އެއުޅެނީ ނުވިތާކައް ފަޅުފަޅުވެސްވިއްކައިގެން ދެންކިހިނެއް އަކުހެޔޮކުރާނީ

  2. ޙޮސޭން

    އަދި މިދިޔައެއްވެސް ސަރުކާރަކުން............ މިވޭތުވެދިޔަ 50 އަހަރުވެސް ތިކަމަކަށް ވިސްނާ މަސައްކަތް ކޮއްފަކައެއްނެތް.........
    ކޮންމެވެސް މުނާސަބަތަކާ ދިމާކޮއް ރުއް އިންދަފާނެ އެހެޔޮ އެރުއް އެއީކޮންމެކަހަލަ ކުކަކައްވިއަސް.....
    މިރާޖޭގަވެސް ރުއް އެބަހުރި ކާއްޓެއް ނުލިބޭ!؟

  3. ސޯލިބޭ

    ކާކުދެކެ ނުރުހުން ފާޅުކުރަންވީ. ކާށްޓަކީ ރުކުގާ އަޅާއެއްޗެއް. ރުކުން ކާށި ނުލިބެންޏާ ކުރެވޭނެ އެއްވެސްކަމެއްނެތް. ކާށި އަމިއްލައަށް އުފެއްދޭގޮތެއް އޮތްހެނެއް ހިއެއްނުވޭ.

  4. ޒާހިދު

    ކާށި އަގުބޮޑުވެގެން އުޅެނީ ސަޕްލައި ދަށްވެ ޑިމާންޑް ބޮޑުވެގެން. ސަޕްލައިކޮޅު ކޮންޓްރޯކް ކުރަނީ ބަންގާޅީން. އޮޑިތަކުން ގެންނަނީ އެމީހުން. ބަސްތާ ވިއްކަނީ އެމީހުން. އެކަމަކު ރުކުގެ ވެރި މީހާއަކީ ދިވެއްސެއް.

  5. Anonymous

    ކިޔާނެކަމެއްނެތް. އެއްދުވަހުން އަނެއްދުވަހަށް ތަކެތީގެ އަގު މިދަނީ ބޮޑު ވަމުން. ކާށި އަގުބޮޑު ކުރީ. މަސްދަޅު އަގުބޮޑކުރީ. އާފަލު އޮރެންޖު ވެސް ޙަޔާތުގައި ވެސް ނުދާހާ މައްޗަށް އަގުއެރު ިިި. އަދި ޖެނުއަރީ ފެށުނީމަ އެނގޭނީ. މިހާރު ޖެނުއަރީމަހުން ފެށިގެން ކުލި ބޮޑުކޮށް މިއަދު ސިޓީ ފޮނުވައިފި. އެއާރޕޯޓަށް ޖެޓްތައް ޖައްސާ ވަރުން އޮބިނޯވޭ. ހަޒާނައިގައި އެއްޗެއް ނޯވެ. ރައްޔިތުންނަށް މީހެޔޮވެރި ކަމޭ ބުނެ އަނެއްކާވެސް އިތުރު ދައުރުދޭން ބޭނުން ވާނެތޯ

  6. އަންނި

    ކާބޯތަކެތި ހިތުހުރި ގޮތަކަށް ވިއްކަން ހުއްދަ ދެވިގެން ނުވާނެ، ..

  7. ސލ

    ކާށި އަގުބޮޑުވެ ލިބުންދަތިވެފައިވަނީ ސަރުކާރުގެ އެއްވެސް
    ހަރުދަނާސިޔާސަތެއް ނެތުމުންނެވެ ކާށިވެސް އަދި މަސްވެސް ދެން ގެންނަން ޖެހޭނީ ބޮޑު އަގުގައި ބޭރު ގައުމު ތަކުންނެވެ ދުރުވިސްނުމެއް ރޭވުންތެރިކަމެއް ނެތް
    ސަރުކާރަކީ ވަގުތުން އުވާލަންޖެހޭ ސަރުކާރެކެވެ.