އެއްވެސް ގޭބިސީއަކުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން (ވެމްކޯ) އިން ކުނި ނުގެންގޮސް ހުރިނަމަ އެ ކޯޕަރޭޝަނަށް ގުޅުމަށް އެދިއްޖެ އެވެ.

ވެމްކޯއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ގޭބީސީތަކުގެ ތެރެއިން އެއްވެސް ގެއަކުން ކުނި ނުގެންގޮސް ހުރި ކަމަށް ހޮޓްލައިން ނަންބަރު 1666 އަށް ގުޅުމަށެވެ.

ނުވަތަ ވެމްކޯގެ ޕޯޓަލަށް އެކަމުގެ ޝަކުވާ ފޮނުވުމަށެވެ.

އެ ކޯޕަރޭޝަނަށް ޝަކުވާ ލިބުމުން ވީހާވެސް އަވަހަކަށް ކުނި ނެގުމަށް މުވައްޒަފުން ދާނެ ކަމަށް ވެސް ވެމްކޯއިން ބުނެ އެވެ.

މާލެ ސަރަހައްދު ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން މީގެ ކުރިން ވެމްކޯއިން ކުރަމުން އައި ނަމަވެސް، މާލެ ކައުންސިލާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއި ގުޅިގެން އެކަން ވަނީ ހުއްޓިފައެވެ. ވެމްކޯއިން ބުނާ ގޮތުގައި އެމަސައްކަތް ވެމްކޯއިން ހުއްޓާލާފައިވަނީ ސިޓީ ކައުންސިލުން އެއްބަސްވުން އާ ނުކުރުމުންނެވެ.

އެއްބަސްވުން އާ ނުކުރާހާ ހިނދަކު ކުނި ނުނަގާނެ ކަމަށް ވެމްކޯއިން ބުނެފައިވާއިރު، މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، އެކަމަކީ އެއީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ.

ވެމްކޯއިން ބުނާ ގޮތުން ގޭބީސީތަކުގެ ކުނި އެ ކުންފުނިން އުކާލާނެ އެވެ. ނަމަވެސް މަގުމަތީގައި ހުންނަ ކުންޏާއި އެ ކުންފުނިން ދެން ހަވާލެއް ނުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ނުގެންދާ ހުރި ނަމައޭ؟

  2. ރަން ރީނދޫ

    މާލެއިން ކުނިނެގުމަކީ ވެންކޯ ގެ ޒިންމާއެއް ނޫނޭ ވެސް ބުނީ..މިހާރު މިވީ ކިހިނެއް މުއިއްޒުގެ ދެމި ގުއިރޯނުގައި ޖެހުނީ ދޯ.

    • ތަހާން

      މިވޭތުވެދިޔަ 4އަހަރު ގޭގެގަ ގޮސް އެޕާޓްމަންޓްތަކުގެ ބޭރުގަ ހުންނަ ފައިވާންތައް ކުނިކޮތަޅާއިއެކު ގެންދަނީ

  3. Anonymous

    ގުޅިމަ ވެމްކޯ މީހުން ވާހަކަދައްކަނީ ފަރަންޖީންގެ ބަހުން. އަހަރެމެން ވާހަކަދައްކަނީ ދިވެހިންގެ ބަހުން. މި ދެބަސް ދިމާނުވޭ. މި ދެ ބަސް ދުއްވަނީ ދެމަގުން. ދެން ކިހިނެއް ހަދާނީ؟ މާލޭގެ މަގުތަކުގެ މަތީގައި ބަހައްޓާފައިވާ ދުވަސްވީ ބާ ކާރުތައް ގެންދެބަލަ. އޭގެ ދަށުގައި ބުޅަލާއި މީދަލާއި ހިކަންޖާއި ދިރިއުޅެނީ. މިބުނި ވާހަކަ ވެމްކޯ މީހުންނަށް ނޭނގެ ދޯ. އެ ކާރުތައް ނުވެސް ފެނޭ ދޯ.

  4. ދަވާލާ

    ކޮބާ ދިއްދޫ ބުރާންތި ޔޫސުފް ސިރާޖު އަލިފާން ކެވިއްޖެދޯ ، ތިހުރީ ސައިޒު ކޮށްލާފައި ދެން ނުފުއްޕާތި

    4
    1