މާލެ ސަރަހައްދުގައި މިރޭ ހަވާ އަރުވާނީ ސިންތެޓިކް ޓްރެކްގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އާ އަހަރު ފާހަގަ ކުރުމަށް މިރޭ މާލެ ސަރަހައްދުގައި ޝޯވއެއް ވަނީ ފަށައިފައެވެ. މި ޝޯވއަށް ކިޔަނީ "މޯލްޑިވްސް ވާއު ފެސްޓް"އެވެ.

ޔޫތް މިނިސްޓްރީން އިންތިޒާމް ކުރާ މި ޝޯވގައި ބޮލީވުޑައި މިހާރު އަަރަމުން އަންނަ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ވެސް ބައިވެރިވާނެ އެވެ.

މި ޝޯވގައި "ހަބޭސް" ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތައް ފެނިގެންދާއިރު، "ހަބޭސް ފިއުޝަން" އަދި "ލެވިޓޭޝަން ބައި ހަބޭސް"ގެ ހުށަހެޅުންތައްވެސް ފެނިގެން ދާނެއެވެ.

މި ހާއްސަ މިއުޒިކް ޝޯގައި ހަވާ ވެސް އެރުވުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން އެމްއެންޑީއެފް އިން ބުނީ، މިރޭ 12:00ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާއްމުކޮށް ހަވާ އަރުވާ މަންޒަރު ބަލަން ގިނަ ބަޔަކު އެއްވެއެވެ. އަދި އެފަދަ މަންޒަރުތަކުގެ ވީޑިއޯ އާއި ފޮޓޯތައް މީސް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޫޓުވާ

    ޖީސްއެސްޓީ ބޮޑުކޮށް ރައްޔިތުންނަށް ޖެއްސުން ކުރުމުުގޮތުން ހަވާއަރުވަނީ. ރައްޔިތުން ތިބީ އުފަލަކުއެއްނޫން. ލިބޭ މިހުން އަދި ސަރުކާރު ފެލައިގެން އުޅޭމީހުން އަވާއަރުވާ އުފާކުރާނެ