މި ސަރުކާރުން ނިންމި ކަމަށް ބުނާ 26 ބަނދަރުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައެވެ. އަލީ ނިޔާޒް ވިދާޅުވީ ބަނދަރުގެ ބޭނުމަކީ އެތައް ބައެއްގެ ދިރިއުޅުން ބިނާކުރާ އޮޑިދޯނިފަހަރު ރަށު ބަނދަރުގައި އެޅުމަށްފަހު ރޭގަނޑު ހަމަ ނިދި ނިދާލެވޭ ގޮތްވުން ކަމަށެވެ.

އަލީ ނިޔާޒް މިސާލެއްގެ ގޮތުގައި ނެންގެވީ ށ. ފޯކައިދޫ ބަނދަރެވެ.

"ފޯކައިދޫ ބަނދަރަކީ ވިލާގަނޑު ހެދީމަ ބިރުން އޮޑިއާގެން ނުކުންނަ ބަނދަރެއް. މި ދައުރުގައި 47 ބަނދަރު ނިމި 36 ބަނދަރު ހެދެމުން އެބަދޭ،" އަލީ ނިޔާޒް ވިދާޅުވިއެވެ.

ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވި ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުގައި 108 ބަނދަރުގެ މަސައްކަތް ނިންމާފައިވާނެ ކަމަށެވެ. އަދި ވެރިކަން ބަދަލުވި އިރުގައި 26 ބަނދަރުގެ މަސައްކަތް ހިނގަމުން ދިޔަ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މި ވެރިކަމުގައި ނިންމި ކަމަށް ބުނާ 47 ބަނދަރުގެ ތެރެއިން 26 ބަނދަރަކީ ޔާމީންގެ ވެރިކަމުގައި ފެށިފައިވާ ބަނދަރުތައް،" ޕީޕީއެމްގެ ނައިބު ރައީސް ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވި އިރު، ކުރީ ސަރުކާރުތަކުން ރަށްރަށުގެ ބަނދަރުތައް ހަދާފައިވަނީ ނަމެއްގައި ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު މާބޮޑު ލުއި ފަސޭހައެއް ނެތް ކަމަށް ވިދާޅުވެ، އެ ސަރުކާރުތަކަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވަނީ ފާޑު ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ވަރަށް ގިނަ ބަނދަރުތައް ފެނިފައިވާ ކަމަށާއި ގިނަ ބަނދަރުތަކުގައި ފުރިހަމަވާން ޖެހޭ ކަންކަން ވެސް ސަރުކާރުތަކުން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އަދި، އެފަދަ މަޝަރޫއުތައް ހިންގަނީ ހަމައެކަނި ކުރިކަމުގެ ނަން ހޯދަން ކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފާތުމަ

    މުއިޒް އަށް އެގޭނީ ކޮރަޕްޝަން މިސްކިއްތަކުގަ ކުލަ ވެސް ލެވެނީ އޭނަގެ ތިމާގެ މީހުނަށް އެވެސް ބޮޑު އަގުގަ

    14
    17
  2. ވާނުވާ.

    އެނޫން އެއްކަމެއްވެސް އެބައޮތްތަ؟ ދެން ފަށައިގެން އުޅޭ ބަނދަރުތަކުގެ ތަފްސީލުވެސް ބަލާލީމާ އެނގޭނީ. ކުރިން އެކަންކަމަށް ހޯދަންޖެހޭ ބަޖެޓު ހޯދައި ކުރަންޖެހޭ ހުރިހައިކަމެއްކޮށްފައި ހުރިކަންކަން ނޫންކަމެއް ހިޔެއްނުވޭ ކުރިޔަށް ދާނެހެނެއް.

    18
    2
  3. ދިވެހި ރައްޔިތުން

    ތި ބަނދަރުތައް ފެށީ މުހައްމަދު އަމީން ދީދީ އެވެ. އެމަނިކުފާނު ވިދާޅުވީ އެއްރަށް އަނެއްރަށާއި ފާލަމުން ގުޅާލުމާއި ލަފާފުރުން ފަސޭހަކޮށް ހިގާބިގާވާ މަގުތައް ހަދައި ތައުލީމްގެ ދަންމާރު ރާއްޖޭގެ ކޮންމެ ރަށަކަށް ގެންގޮސްދީ އަދި ބޭރުގައުމުތަކާއި ރާއްޖެ ގުޅާލާނަމޭ.އަދި ރާއްޖޭގައި އޮތްބަލިމަނޑުކަން ނައްތާލައި ހަސްފަތާލުތައް ހަދާނަމޭ އިގުތިސާދު އުސްމިންތަކަށް ގެންދާނަން

    4
    13
  4. ނަމަސްތޭ

    ހަޖަމް ނުވަނީތަ . . . .

    10
    7
  5. ރަން ރީނދޫ

    ދަރިން ނުލިބޭ މީހުން ދަރިން އެޑަޕްޓް ވެސް ކުރޭ. ހިތަދޫ ހޮސްޕިޓަލާއި ސަލްމާން މިސްކިތާއި،ބްރިޖާއި ހިޔާ މަޝްރޫއަކީވެސް މި ސަރުކާރުން އެޑަޕްޓް ކުރި ޕްރޮޖެކްޓްތައް

    15
    2
    • Anonymous

      އެޑަޕްޓްކުރުމަކީ ހަރާމް ކަމެއް ނޫންތަ؟

      1
      2
  6. Anonymous

    މުއިއްޒުމެންގެ ނާގާބިލުކަމަކީ މަޝްރޫއުތަކެއް ފަށައި އެ މަޝްރޫއުތައް ނިންމާލެވެންދެން ވެެރިކަމުގައި ދެމިތިބެން ނޭނގުމެވެ. އެތައް ބަޔެއްގެ ބަދުދުޢާތަކާއި ބަދުބަސްތަކަށް އަމިއްލައަށް ހުށަހެޅިގަތުމެވެ. ނިކަމެތި ރައްޔިތުންނަށް އަނިޔާވެރިވުމުގައި ހައްދުފަހަނަޅައި ދިއުމެވެ. މުއިއްޒުމެންގެ ވެރިކަން ނިމުމަކީ ހައްގަކާ ނުލައި އޭރު ޖަލަށް ލާފަތިބި މީހުންނަށް ދެއްވި ނިއުމަތެކެވެ.

    4
    11
  7. ހުސޭނުބޭ

    އަލީ ނިޔާޒު ތީ ދެ ލޮލަށް މިރުހު ފެން އެޅިފައި ހުންނަ އެއްޗެއް

    5
    1
  8. އަލީ

    ޢެންނީނަސް އަހަރެމެން ގަބޫލެއްނުކުރަން މިސަރުކާރައް ކަމެއްވާނެކަމަކަށް

    8
    1
  9. ފިތުނަ 2023

    ޔާމީންގެ ވެރިކަމުގަ ފެށީ، އަންނި ރާވާ އެޕްރޫވް ކޮށްފަ ހުރި ބަނދަރުތަށް.

    7
    6
  10. ާވާނުވާ

    ދެންތިބުނަނީ 106 ބަނދަރުގެ ރުފިޔާވެސް ޔާމީން ކާލީއޭ
    ތިޔަބުނާ ބަނދަރުތަކެއް ނިންމިކަން ދެނެހުރި މީހަކުނެއް
    ހެޔޮވެސް ނުވާނެ ޔާމީން ބޮލުގަ ތިވަރުގެ އިލްޒާމެއް އަޅުވާކަށް

    4
    2
  11. ޢރދ

    ޢެފް އޭ އެމް ފައިސާއިންވެސް ބައްސާމު ބައިއެޅިމީހެއްތިމުއީޒަކީ އަނގަހުޅުވައެއްނުއެބަ.

    3
    5
  12. ގުދުގުދާބެއްޔާ

    މީ އަބަދުވެސް ދައްކާ ވާހަކަ މިހާރު މުއީޒްމެން ތިޔަގޮތައް ދައްކާވާހަކައިގަ އޮއްޓަރެއް ނުހުންނާނެ ! މީހުން ބަލައިނުގަންނާނެ! މައުމޫނުގެ ރަން 30 އަހަރުނުމި. އަންނި ވެރިކަން ކުރަންފަށާފަ ފެށި މަސްރޫޢު ތަކާ ދިމާލަށް ބުނީ " ތިޔައީ މައުމޫނު މާކުރިން ފަށަން ނިންމާ ފައިވާ ކަމެކޭ" ކީއްވެގެންބާ ނުފެށީ! ވޯޓް ހޯދަން މުއީޒް ތިޔަ ނޫން އެހެންވާހަކައެއްދައްކާ! ތިޔަ ވާހަކައިން ރައްޔިތުންގެ ބޮލަށް ޖެހޭނެ ޗިޕެއް ނޯންނާނެ!

    1
    3
  13. އަލްޖިބްރާ

    ދުވުމުގެ ރޭހެއްގައި އެއްވަނައިގާ އޮވެގެން ދުވިމީހާ ރޭަސްނިންމީ ދެވަނައަށް ! އެހެންވެއްޖެނަމަ އޭނާއަށް ދޭން ޖެހޭނީ އެއްވަނަ ތަ ؟ ދެވަނަތަ ؟ މީހަކު ކަމެއް ހިތުލައިގެން އުޅުނަކަސް އަދި ކަމަކު ނުދާނެ !

  14. ގަމާރު

    ބަލަ ތިވެރިން ވެރިކަމަށް އަރާ ފުުރަތަމަވެސް ބުނީ ކުރީސަރުކާރުން ގެނެސްފައިވާ މަހާޖައްރާފަކީ ބޮޑުބޮލުރިހުމެއްކަމަށެވެ. ޝާހުކާރިން އަހާބަލަ އެހެންބުނިހަދާން ހުރިތޯ؟ އާޒިމްކާރިން އަހާބަލަ މަހާޖައްރާފަކީ މިސަރުކާރުން ކުރާ މަސައްކަތުގެ ކިހާމުހިއްމު ދައުރެއް އަދާކުރާ މެށިނެއްތޯ؟އެސްޓީއޯ އިން ބޭނުންކުރާ ތެތޮ އުފުލާ އާގުބޯޓްގެ ވާހަކަނުދައްކަނީ ލަދުންތޯ؟ ބަލަ ރައްޔިޔުންނަށް އެގޭ އެވެސް ޔާމީނު ދައުރުގެ ގަނެފައިވާ ބޯޓެއްކަން