ދިވެހިންނާ ކުރިމަތިލާން ޖެހުނު އާ އަހަރާ އެކު، ބޮޑު ޓެކުހެއް ދައްޖަން ޖެހި ގޮންޖެހުންތަކާ ދިމާވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރަކީ އުންމީދުތަކެއް ގެނުވާނެ އަދި ގޮންޖެހުންތަކެއް ވެސް ކުރިމަތިވާނެ އަހަރެއް ކަމަށެވެ.

އަދި ބޮޑު ކުރި ޓެކުހާ އެކީގައި އިންފްލޭޝަން މައްޗަށް ގޮސް ތަކެތީގެ އަގު ވެސް ބޮޑުވާނެ އަހަރަކަށް މި އަހަރު ވެގެން ދާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުން އަތުން ނަގާ ޓެކްސް ކުޑަ ކުރައްވާނެ ކަމަށް ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުގެ ވެރިކަމުގައި ޓެކްސް ކުޑަ ކުރާނަން: ނަޝީދު

އޭގެ އިތުރުން ނަޝީދު ވިދާޅުވީ މުސޫމީ ބަދަލުތަކާ އެކީ ކުރިމަތިވާ މައްސަލަތައް ބޮޑުވަމުން ދިޔަ ނަމަވެސް ރަނގަޅު މިސްރާބަކަށް ކަންކަން ދާނެކަމުގެ އުންމީދު އޮތް ކަމަށެވެ.

ތަކެތީގެ އަގުތައް ބޮޑުވެގެން ގޮސްފައި ވަނީ ޖީއެސްޓީއަށް އައި ބަދަލާ އެކުގައެވެ. މީގެ ކުރިން ޖީއެސްޓީގެ ގޮތުގައި ނަގަމުން ގޮސްފައި ވަނީ %6 އެވެ. އަދި ޓޫރިޒަމް ޓެކްސް ނަގަމުން ގޮސްފައި ވަނީ %12ގައެވެ. ނަމަވެސް ރޭ 12 އިން ފެށިގެން މުދަލާއި، ހިދުމަތުގެ އަގަށް މި ވަނީ ބަދަލު އައިސްފައެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގެ ޓީޖީސެސްޓީ ރޭޓް %16 އަށް އަދި އެހެން ދާއިރާތަކުގެ ޖީއެސްޓީ %8 އަށް މި ވަނީ ބަދަލުވެފައެވެ. މިއާއެކު ފިހާރަތަކުން ވިއްކާ ތަކެތީގެ އަގު މިހާރަށްވުރެ އިތުރަށް ބޮޑުވެގެން ދާނެއެެވެ. އެއީ ޖީއެސްޓީއަށް އިތުރުވި %2 އާ އެކުގައެވެ.

ހަނޑޫ، ހަކުރު، ފުށް، ލޮނު، ކިރު، ކައްކާ ތެޔޮ، ބިސް، ސައިފަތް، ކަނޑުގެ މަހާއި، ފަރުމަހާއި، ރައްޖޭގައި ޕެކްކޮށްފައި ހުންނަ ހުރިހާ ބާވަތެއްގެ މަހާއި، ރިހާކުރު، އާފަލު، ފިޔާ، ކެރެޓް، ކެބެޖް، ޓޮމާޓޯ ފަދަ ތަރުކާރީގެ ބާވަތްތަކާއި، ހުރިހާ ބާވަތެއްގެ މޭވާ، ތުއްްތު ކުދިންގެ ޑައިޕަރސް، ތުއްތު ކުދިންގެ ކާނާ،ކައްކާ ގޭސް، ޑީސަލް، ޕެޓްރޯލް ބޮޑެތި މީހުންގެ ޑައިޕަރސް ފަދަ ބާވާތްތަކުން ޓެކުހެއް ނުނަގައެވެ. އެހެންވެ، މި ތަކެތީގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ފަތުރުވެރިކަމާއި އާންމު މުދާތަކުން ނަގާ ޖީއެސްޓީ ބޮޑުކުރަން ނިންމީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށެވެ. އެގޮތުން މި ބޮޑު ކުރުމާއެކު އިތުރު 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަަމަށް 2023 އަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބުދުﷲ

    މައުމޫނު މިބުނާ ޑިމޮކްރަސީ އާއި ހަވާލުކުރީ 9 ބިލިއަންގެދަރަނި . ބުނި ދަރިންގެދަރިންވެސް ތިބޭނީ ދަރަނީގައޭ. ކިޔާފަ މިހާރު 100 ބިލިއަން ދަރާ އޮއްވާ 60% ކުރީއަހަރައްވުރެ ބޮޑު ބަޖެޓެއް ފާސްކޮއްފަ ދުވަހަކުސަލާމާތް ނުވާވަރު މުސީބާތް ރައްޔިތުންގެ ބޮލައްވައްޓާފަ ތިމަންނައާ ބެހޭކަމެއް ވާކަމެއް އޮތްކަމައް އިހުސާސް ނުކޮއް މޮޅުވާހަކަ ދައްކަނީ.

  2. ބޮލުރޮދި

    އެމްޑީޕ ވެރިކަމަށް އަންނަކޮންމެ ފަހަރަކު ރައްޔިތުން ކަރުބުޑުގަ ލޭރަހަލައްވާލަނެ 2011 ގަ 3.5% 2012 %6 ނަގާގެން ރައްޔިތުން އަތުން ފެލަމުންގޮސް އަނެއްކާ 2023 %8 ނަގާ ރައްޔތުން އަތުން ލާރިކޮށްޅު ފޭރި ލުޓުވަމުން ދާއިރުވެސް ދިވެހިން ބަޔަކު މި ފޭރޭ ވައްކަންކިރާ މީހުމަށްސަނަަ ކިޔާއިރު މިވަރެއްނެތިގެން ތެޅިބާލާއިރު މަހިތަށްއަރާ ޖަނަވަރުނނަށް ވުރެވެސް ބުއްދި ކޮށީބާއޭ އެއެއްޗެހިވެސް އަނިޔާއެއް ދީފިއްޔާ ހަދާން ހުންނޭ

  3. ޑެނީ

    އެމްޑީޕީ ފުރަތަމަވެސް ރައްޔިތުންގެ އަތުން ޓެކްސް ނަގަން ފެށި ދެން ކޮންމެ ވެރިއަކު އަޔަސް ޓެކުހަށް ބަދަލެއް އައުން އެއީ ވާނެ ކަމެއް ނުން ސަބަބަކީ ކޮންމެ މީހަކު ވެސް ވެރިކަން ބޭނުންވެގެން މިއުޅެނީ ދައުލަތުގެ ބަޖެޓުން ވައްކަން ކުރަން. އިހްލާސްތެރި ވެރިއަކު މިގައުމަށް އަންނަ ދުވަހަކުން ނޫނީ ޓެކްސް ކުޑަ އެއް ނުވާނެ

  4. ލައި

    ވާނީ ރަގަޅު މަނިކުފާނަށް ދޭ އެތި ބޮޑުވާނެ ނިކަމެތިން ނިކަމެތި ކޮއްލާނެ.

  5. އައުޓް

    ސަރުކާރު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ އެމްޑޕީ އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ޓާޓާ އައުޓް ސަރުކާރު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ އެމްޑޕީ އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ޓާޓާ އައުޓް ސަރުކާރު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ އެމްޑޕީ އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ޓާޓާ އައުޓް ސަރުކާރު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ އެމްޑޕީ އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ޓާޓާ އައުޓް ސަރުކާރު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ އެމްޑޕީ އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ޓާޓާ އައުޓް ސަރުކާރު އިސްތިއުފާ ކެނެރީގެ ނަޝީދު އިސްތިއުފާ އެމްޑޕީ އައުޓް އިންޑިއާ އައުޓް އެފްކޮންސް އައުޓް އެމްއެމްއެކްސްޕޯރޓް އައުޓް ޓާޓާ އައުޓް

  6. ހިތަދޫ އަލިތައްކާނު

    13000ރ މުސާރަ ލިބޭމީހާ މިއަހަރު މެދުތެރޭގައި ޖެހޭނީ ސަލާންޖަހަން. ދެން ރައީސްގެ ހެޔޮފުޅުކަމުން ކަރަންޓުން އަގުހެޔޮކުރާނީ ދެން ރައްޔިތުން ބުނާނީ ވެރިމީހާ ހާދަ ހެޔޮފުޅޭ އަދިވެސް ހޮވާނީ ހެޔޮފުޅު މީހާއޭ. ދެން ފައްޔާޒު ހުންނާނީ އަތްޖަހަން ރައްޔިތުން ގުބޯ ހެއްދުނީމަ