ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭ ކަމަށާއި، އެ ފުރުސަތު އޮންނާނެ ކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އާ އަހަރު ފާހަގަ ކުރުމަށް އިއްޔެ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ވަނީ ބޮޑު މިއުޒިކް ޝޯވއެއް ބާއްވާފައެވެ. އެ ޝޯވ އިންތިޒާމް ކޮށްފައި ވަނީ ޔޫތް މިނިސްޓްރީންނެވެ. އެ ޝޯވއަށް އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޕަވްނީ ޕާންޑޭވެސް އައިސްފައި ވެއެވެ.

މި ޝޯވއާ ގުޅޭގޮތުން މިއަދު މަހްލޫފް ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭ ކަމީ ހަގީގަތެއް ކަމަށެވެ. އަދި އެ ފުރުސަތު އެ ރައްޔިތުންނަށް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ޝޯވގެ ފޮޓޯއެއް ހިއްސާ ކޮށް މަހްލޫފް އިތުރަށް ވިދާޅުވީ، ‏ރޭގެ ޝޯވ ބަލާލަން 20،000 އާއި ގާތްކުރާ އަދަދަކަށް މީހުން އެއްވި ކަަމަށާއި، ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި ކަމަށެވެ.

މި ޝޯގައި ޕަވްނީގެ އިތުރުން ވެސް ދިވެހި ފަންނާނުގެ ތެރޭގައި "ހަބޭސް" ބޮޑުބެރު، ފިއުޝަން، އަދި ލެވިޓޭޝަންގެ ހަރަކާތްތައް ފެނިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުސޭނުބޭ

    ޝައިޠާނާވެސް ބުނޭ ކަލޭމެންގެ ތެރެއިން ނަރަކައަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެއޭ. އެކަމަކު ކަމަކާ ޖެހޭ ދުވަހު ތިމަންނަ އެކަމުން ބޯދަމާގަންނާނަމޭ

    73
    2
    • Anonymous

      އިންޑިއާ އައުޓް
      އިންޑިއަން ބޮލީވުޑް އައުޓް

      52
      2
    • ނަފީސާ

      ﷲ ހަރާމް ކުރެއްވި ކަންތައްތައްކޮށް ފާހިޝު އަމަލުތައް ފެތުކުރުމަށާ މުންކަރާތްތަކަށް އަރައިގަތުމަށް މަގުފަހިކޮށް ހިއްވަރު ދެމުން މިއަދު ދެވިދާނެ. މާދަމާ ޖަވާބުދާރުވާން ތައްޔާރުވެ ތިބޭ. ހަމަ ޔަގީނުން ވެސް އެފުރުސަތު އެންމެނަށް އޮންނާނެ.

      60
      2
    • ލާހި

      ކޮބާ އެއްކަލަ ހޭކެޑޭ ރިލޯޑް އިޔާޒާ އިލްޔާސް މި 2 ދެގައްދާ ވަނީ ނިދާފަތަ އަދި ހޭނުލެވެނީތަ ދީނެ ކިޔަަގެން މިކަންވެސް އެހެން ބަޔަކު ކުރިނަމަ މިއަަލާތުން ލޮލަަސް ނިދިވެސް ނާންނާނެ

  2. Anonymous

    މި މަހްލޫފުގެ މިއުޒީކް ސޯ ބައްވާފިއްޔާމުން އެންމެންގެ ނަބިއްޔާ ދިފާއުގައި ދެކޮޅަށް ނިކުންނަންވީ

    37
    1
    • ޢަހުމަދު މުހައްމަދު

      ޢެއީ ކޮން ކަމަކާ

      • Anonymous

        މިއުޒީކް ސޯ

  3. ދުރުމި

    20 ހާސް މީހުން ކީއް ކުރަން އެއަށް ވުރެ ގިނަ މީހުން ދިއަޔަސް ނުބާއި ކަމެއް ވަނީ ނުބައި ކަމަށް.

    67
    1
  4. ކޮރަލް

    ރާ ބޮއިފަ ހުރިތޯ ބަލާލަން ޓެސްޓް ކޮށްލީމަ އެނގޭނެ އެވެ. ޝޯ ތަކަށް ދާ ބައެއް މީހުން ކޯކް ފުޅި ގެން ގުޅޭނެ އެވެ.

    42
    1
  5. ބޯލްސް

    ބޮޑު އަގު ދީފަ ގެންނަ "ފުންނާބު އުސް" އާޓިސްޓުން މިކިޔަނީ ރެކޯޑް ކޮއްފަ ލަވަ.

    16
    1
  6. އިބިލީސް

    މޯދީ ޖީ އެންމެ ފުރަތަމަ ގަނެލި މީހުންތެރޭ މި އިބިލީސް ހިމެނޭ

    18
    1
  7. މީ މުންކޮ

    ޝައިތާނާ ގެ ދުންމާރީ ގެ އަޑު އަހާމީހުންނަށް ތިކަމުން އުފާލިބޭނީ ތީ ޝައިތާނީ މިނިސްޓަރެއް

    19
    1
  8. ސައިކޯ

    ހަކުރުބޯން ބޭނުންވާ މީހުންވެސް މިގައުމުގަ އުޅޭ. ދެން އެމީހުނަށް ހަކުރުބޯންވެސް ފުރުސަތު ދޭންވީނު.

    23
    1
  9. އަހުމަދު

    ބަލަ މިހިރަ ތަނެށް ދޮރޮށް ނޭންގޭ ޖާހިލު ވަޒީރާ...!
    ރާބޯ މީހުނަށް ބޭނުން ވާނޭ ރާބޯން
    ޒިނޭކުރާ މީހުނަށް ބޭނުން ވާނޭ ޒިނޭކުރާާާން ށޭ ކިޔާފަ އެކަމަށް މަގު ފަހި ކުރުމަކީ ކިހާ ވަރުގެ ކަމެށް ކަން އެބަ އެނގޭބާ..؟ ކަަަލޯ މިއަދަށް ފަހު އެހެން ދުވަހެއް އެބަ އޮތް... ތި ބޮޑާ ކަމާ ކިބުރުވެރިކަމެށް އެދުވަހުން ނުދެއްކޭނެ... އެތާކު ކަލެޔަކަށް ޝޯ ބަލާކަށް ނުހުރެވޭނެ... އިސްލާމް ދީނަށް ގޮންޖަހާފަ އަބަދު ގެ އަބަދަށް މި ދުނިޔޭގަ ތި ގޮތަށް
    ވަޒީރު ކަމުގަ ހުރެވޭނެ ކަމަށް ހީވަނީތަ؟

    22
    1
  10. ވަރަށް ވާހަކަ

    މިއުޒިކު ހަރާމް ކަމަށް ބުނާ ދަލީލު ބޮޑު އަކުރުން މާލެ އާއި އަތޮޅު ތެރޭގެ މަގުތަކުގައި ބިލް ބޯޑު ތަކުގައި އާއި ބިގް ޓީވީ ތަކުގައި އަޅުވައިގެންނާއި ، ފޯންތަކަށް އިރު އިރުކޮޅާ އަންނަ ގޮތަށް އެޑްތައް ލައިގެން ނަމަވެސް ޒުވާނުންނަށް ވިސްނައިދީގެން ތިޔަ ކްރައުޑު ނުވަތަ މިއުޒިކަށް އޮންނަ ޑިމާންޑު ދަށް ކުރުމަށް ދީނީ އިލްމުވެރިންނާއި ، ދީނީ ހޭލުންތެރި ކުރުވުމަށް މަސައއކަތްކުރާ ޖަމިއްޔާ ތަކާއި ، އިސްލާމިކު މިނިސްޓްރީން މަސައްކަތް ކުރަން ޖެހޭ ،، ދިވެހި ރާއްޖޭގައި ދީނީ ހޭލުންތެރި ކުރުމަށާއި ، ދީނީ ސައްޙަ ގޮތް އޮޅުން ފިލުވައިދޭން ، ޙަރަދު ކުރަން ވިޔަފާރި ވެރިންނާއި ، ސްޕޮންސަރުންނަށް ނުކެރޭ.. މިއުޒިކު ޝޯވ ތަކާއި ބޭރުގެ ފަންނާނުން ގެންނަން ހަރަދު ކުރާ އޫސުލުން ދީނުގައި އޮތް ސައްޙަ ގޮތް އިސްތިހާރުކޮށް ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ޅަދަރިންނަށް ވިސްނުވައިދޭން މަސައްކަތް ނުކުރަނީ ކީއްވެ؟، ރާއްޖޭގައި ހަދާ ދީނީ ޓީވީ ޗެނަލްތައް ވައިގައި ނުހިފަނީ ކީއްވެ؟ ރާއްޖޭގައި ގިނަ މީހުން ތިބީ މިއުޒިކަކީ އަސްލުވެސް ޙަރާމް އެއްޗެއްކަން ނުވަތަ ނޫންކަން ޝައްކުގެ ނަޒަރުން ދެކިދެކި.. މިއުޒިކު ޝޯވ އެއް ބަލާލަން ދިޔުން ، ނުވަތަ އެކަނި ލަވައެއް އަޑު އަހާލުމާއި އިސްލާމް ދީނާއި ، މީހާގެ އަޤީދާ އާއި އޮތް ގުޅުމަކީ ކޮބާހޭ ގިނަ ޒުވާނުން ކުރާ ކްރިޓިކަލް ތިންކިން ސުވާލެއް..

    14
    1
  11. Anonymous

    މަހުލޫފޫ ނިކަން އަންހެނަކު އޮރިޔާމުން ސްޓޭޖްގައި ބަހައްޓަބަލާށެވެ. 20 ހާހެއްނޫން 100 ހާސްމީހުންދާނެއެވެ. އެކަމަކު އެވާނެތާ ހުއްދަކަމަކަށް ނުކިޔަވާ އިބޫގެ ކެބިނެޓުގަވެސް ގަމާރުން

    16
    1
  12. ހުސެން

    ދެން މި ގަމާރު ބުނެފާނެ ފިރިހެން ކުޅި ކުޅެން ބޭނުންވާ މީހުންނަށް އެ ހައްގު އޮންނަން ޖެހޭނެޔޭ.ﷲ ގެ ދީނަށް ގޮންޖަހާ އިރު އިޔާޒު އިލްޔާސް މިތިބެނީ އަތްޖަހަން ލަދު

  13. ބަހުލޫލު

    އިސްލާމްދީން ނޫން އެހެންދީންތަކަށް އުޅެން ބޭނުންވާ ބައިވަރު މީހުން ރާއްޖޭގައި އެބަތިބިކަމަށްވޭ. އެހެންވިއްޔާ އެމީހުންނަށްވެސް އެފުރުޞޮތު އޮންނަންވާނެތާ؟