ޔޫތު މިނިސްޓްރީން އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓުގައި މައްސަލަތަކެއް ހުރުމުން އެކަން އިސްލާހު ކުރަން އަންގާފައިވާނެ ކަމަށް ޔޫތު މިނިސްޓަރ، އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން ވަނީ މި އަހަރުގެ ނިޔަލަށް ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީކޮށްފައި ނުވާ 1989 ޖަމިއްޔާއެއް އުވާލަން ނިންމާފައެވެ. އެ ލިސްޓުގައި ދީނީ އިލްމުވެރިންގެ ޖަމިއްޔަތުއްސަލަފް ވެސް އޮތެވެ.

އެކަމާއި ގުޅިގެން މަހުލޫފު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އެމަނިކުފާނަށް ވެސް ފެނިވަޑައިގަތީ ނޫސްތަކުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އުވާލަން ނިންމި ޖަމިއްޔާތަކުގެ ތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ ކަމަށެވެ.

ލިސްޓުގައި ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމިއްޔާތައް ވެސް ހިމެނޭކަން ފާހަގަކޮށް މަހުލޫފު ވިދާޅުވީ އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ލިބިފައިވާ ކަމަށެވެ.

 

"މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ." މަހްލޫފް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ މި ޖަމިއްޔާތަކުގެ ތެރެއިން އެ ޖަމިއްޔާއެއް އުވާލުން ހުއްޓުވައި ދިނުމަށް އެދި ޤާނޫނު ނަންބަރުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ޖަމިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސެން

    ސެޕްޓެމްބަރު 9 ގައި މި ސަރުކާރު ދިވެހިން އުވާލާނެ އިން ޟާ ﷲ .އޯކޭ މަހުލޫފާ ވަރަށް ސަލާން ،ކޮންތާކަށް ކަލޯ ފުރަން އޮތީ ؟

    24
    1
  2. ދޮންދީނާ

    ތިޔަހުރީ މިނިސްޓަރައް ކަންކަން ބެލޭ މިންވަރު އަދިވެސް ބޮޑެތހި ދޮގު ހަދަމުން ކެމްޕޭން ކުރަންދުވޭ

    28
    1
  3. ލޮލް

    ޖަމިއްޔަތުއް ސަލަފުން އަހަރީ ހިސާބު ތަކާއި އަހަރީ ރިޕޯޓުތައް ބަރާބަރަށް ދައްކާފައިވާ އިރު، އަދި އެޖަމިއްޔާއަކީ ވަރަށް މަޝްހޫރު ޖަމިއްޔާއަކަށް ވާއިރު، މަހުލޫފުގެ އެންގުމަށް ނޫނީ އެ ޖަމިއްޔާ، އުވާލާ ލިސްޓުގައި ނުއޮންނާނެ. މަހޭ ޒިންމާވާންޖެހޭ

    28
    1
    • ކައިދާ

      މަހުލޫފުމެން ކެނެރީގޭ ނަޝީދުމެން ވަރަށް ރުޅިއަރާ ބައެއް ސަލަފަކީ
      ޢެހެންވެ ތަނެއްދޮރެއް ނުބަލާ އުވާލަން ނިންމަނީ މިސަރުކާރުން ހަދީޘްތަކުގެ ނަމިގަ މީހުން ހަދާފަ ހުންނަ ބުހުތާން ތަކުގެ ވާހަކަ ދެއްކީމަ އެއާ ދެކޮޅަށް ބަސްބުނާ ބަޔަކީ ސަލަފް. ޢަނެއްކާ ޔޯގާ ކަންތަކުގަ މަހޭ ވަރަށް ރުޅި އަންނާނެ ސަލަފް ދެކެ.ޔޯގާއާ ދެކޮޅަށް ވާހަކަ ދަައްކާތީ

  4. ޙެހެހ

    ނޭނގެޔޭ ބުނީމަ ނިމުނީ ، ކޮބާ ޒިންމާ

    28
    1
  5. ާްައަހަރެން

    ކޮބާތަ ތި ލިސްޓު

    13
    1
  6. ފަޅުހެދުން

    މިވެރިކަމުގަ އަބަދުވެސް އަނބުރާ ހޭރިޔާ ކުރުމުގަ

  7. މަރީ

    ސަލަފު ޖަމިއްޔާ ކަހަލަ ތަންތަން މިވަގުތު އުވާލުން އެހާ ބުއްދިވެރި އެއް ނޫން. އިންތިޙާބު ނިމުމުން އުވާލަންފެނެ.

    1
    3
  8. ކިއުން ތެރިއެއް

    މިނިސްޓަރައް ފެނިލެއްވީ ނޫސްތަކުގާ ޖެހީމާ ޔޯލަ.
    ފިނޑިކަމުން ޒިންމާ ނަގަންވެސް ނުކެރުނު. ވާނުވާ ނޭންގޭ، ނާގާބިލު ސޫފިން ތަންތަނުގެ ވެރިންނަށް ލީމަވާގޮތް ފެންނަނީ