މި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި އެޅި ފުޓްބޯޅަ ދަނޑުތައް މަތިން އުދުހިލާއިރު ފެންނާނެ ކަމަށް ޔޫތު މިނިސްޓަރ، އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުން ރާއްޖެ ބަލިވުމާއި ގުޅިގެން ކުރެއްވި އެޓުވިޓުގައި މަހުލޫފު ވަނީ ޖެހިޖެހިގެން 2 ވަނަ ފަހަރަށް ބަންގްލަދޭޝް އަތުން ބަލިވީމަ ވަރަށް ދެރަ ކަމަށް ވިދާޅުވެފައެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފުގެ ޓުވިޓުގައި ވަނީ މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން މަހުލޫފު ވިދާޅުވީ، ފުޓުބޯޅަ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތް މިސަރުކާރުން ކޮށްފައިވާ ކަމަށާއި އަދި ވެސް ކުރަމުން އަންނަ ކަމަށެވެ.

"މަތިން އުދުހިލާއިރު އެމަންޒަރުތައް ރީތިކޮށް ރަށްރަށުން ފެންނާނެ. ހަމައެކަނި ފުޓުބޯޅަ ތަރައްގީކުރުމަށް 50 ބޮޑު ފުޓުބޯޅަ ދަނޑު އެކި ރަށްރަށުގައި ގާއިމް ކުރެވިއްޖެ،ޖުމްލަ 120 ދަނޑުގެ މަސައްކަތް ދަނީ ކުރިއަށް. މިކަންކަމުގެ ނަތީޖާ އަހަރުތަކެއް ފަހުން އިރާދަކުރެއްވިއްޔާ އަދި ފެންނާނެ." މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ، މި ސަރުކާރުން ކުރިއަރުވައި ތަރައްގީ ކުރަނީ ހަމައެކަނި ފުޓްބޯޅަ ނޫން ކަމަށާއި ކުޅިވަރުގެތަކުގެ މެދުގައި ހުރިތަފާތުކުރުންތައް ނައްތާލެވިފައިވާ ކަމަށެވެ.

"ހުރިހާ ކުޅިވަރަކުން ބައިވަރު ފުރުސަތުތައް ފަހިކޮށް ގިނަ ދޮރުތައްވާނީ ހުޅުވާލަދީފަ. އޭގެ ނަތީޖާ އެކުޅިވަރުތަކުން އެދަނީ ދައްކަމުން. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފައްދާ ހާއްސައެހީތެރިކަން އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ކުޅިވަރުކުޅެ ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުންފަދަ ގިނަ ފުރުސަތުތައް ވާނީ ހުޅުވާލަދީފަ. އެފުރުސަތުތަކުގެ ބޭނުންހިފާ މިއަދު އެކުދިން ރާއްޖެ އެއަންނަނީ 2 ރަން މެޑަލް އަދި 1 ބްރޯންޒް މެޑަލް ހޯދައިގެން." މަހުލޫފު ވިދާޅުވިއެވެ.

މިކަންކަން ހިއްސާ ކުރައްވަމުން މަހުލޫފު ވަނީ މިއަށްވުރެ ވަކި ކުޅިވަރުގަ ލިބޭނެ ބޮޑު އުފަލަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.

މަހުލޫފު ވިދާޅުވީ، ފުޓުބޯޅަ ޓީމު މެޗަކުން ބަލިވިޔަސް އެއީ މާބޮޑު މައްސަލައެއްކަމަށް މިއަދު ނުދެކޭ ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަންކަން ބަލާ ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދޭނެ ކަމަށެވެ.

"އެކަމާ ދެރަވާއިރު އަޅުގަނޑުމެންގެ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން ހޯދަދިން ކާމިޔާބީއާއިއެކު ލިބޭ ހިތްހަމަޖެބުމާއި ލިބޭ އުފާ މާބޮޑު. ބަލިވީ ސަރައްދީ މުބާރާތެއްގެ މެޗަކުން، ރަންމެޑަލްތައް ލިބުނީ މުޅި ދުނިޔެއާއި ވާދަކޮށްގެން." މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވަނީ ސްޕެޝަލް އޮލިމްޕިކްސް ޓީމަށް ހޫނު މަރުހަބާއެއް ކިޔުމަށް 2 ޖުލައި 2023 ވަނަ ދުވަހު ހެނދުނު 9:45 އަށް ރަސްމީ ފާލަމަށް ހުރިހާ ބޭފުޅުން ވެސް ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސޭނުބޭ

    ކަރާ ދަނޑާ، ފަތްކެޔޮ ދަނޑާ، ކިއުކަމްބާ ދަނޑާ ...... ބައިވަރު ދަނޑު ފެނޭ........ އެކަކަމު އެއީ އަމިއްލަ މީހުން އެޅި ދަނޑު ........ މިހާރު މި ބަލަނީ އެމްއެމްޕީއާރުސީގެ ޑޮލަރު ދަނޑު ފެނޭތޯ!

    11
  2. އުގުރި

    ޔޯގާ ކަޑުކޮސް...

  3. ކޮންމެވެސް ކުއްޖަކު މަހުލޫފު ކައިރި ބުނެލަދީބަލަ މިތަނަށް މުހިންމީ އަޅުކަންދޫކޮށްފަ ގޮސް ކުޅޭނެ ދަނޑެއް ނޫނޭ…ޒުވާން ޖީލު މަސްތާ ކުޅިވަރުގެ ތެރޭ މިމީހުން ހުރިހާ ދިމާލަކުން ކައިރިވެ އެމީހުންގެ ލޭ ބޮނީ

  4. ކަޅުދަބަސްއުފުލި

    އެޅިދަނޑުތަކުން ނެރެވުނުނަތީޖާއަކީކޮބާ؟ މިހާރު ސަރުކާރުތަކުގެ ވަޒީރުން ޕުރޮޖެއެކްޓްތައްހިންގަނީ ކޮރޮޕްޝަނައްފިލާތިބެ ލާރިކާން ވިޓަމިންސީ ހޯދަން ކަޓްނަގަން ނުސީދާކޮއް މިސާލެއް ބުރިޖް ވެންޓި ލޭޓާރްތައް ބިންހިއްކުން މިއީރައްޔިތުންގެ ނަމުދަ ރައްޔިތުމީހާއައް ދައުލަތައް ލޯލާރިއެއްނުލިބޭ 15 އަހަރުވަންދެން ހުއްނަ ހިލަތަކެއް ވެއްޔާ ގުޅީފަޅު ހިއްކާލީ ކެންޕެއިންއައް ލިބުނީ ގުދަންއަޅަން ވިޔަފާރިތަކައް ރައްޔިތުންގެ ނަމުގަ ދަރަނި 11 މިލިޔަން ޑޮލަރްނެގީ ވެލިއަޅަން އެލާރި ކޮތަޅައް މިނަގަނީ ފެލާފަ މާދަން ތުބުޅިބާލާތިލަ ބޯކަޅު ކުރާ ބޭހުންނަގާނެ 5 އަރުގެބޮޑުދަރަނިދައްކަން

  5. ޑައެލޯގް

    މިސަރުކާރުން ތަރައްގީއަށް ކުރާކަންކަމަކީ ކާޑުގެ ބާވަތްތައް ގެނައުން، އިންޖީނުތަކަށް ތެޔޮއެޅުން، އިންޖީނުގެ އާކުރުން، ފެނާނަރުދަމާ އެޅުން، މިކަންކަމަކީ ހުރިހާސަރުކާރަކުން ކުރަމުންއައި ކަންކަމެވެ. ނެގިލޯނާއެއްވަރަށް މިކަންކަންވެސް މިސަރުކާރަށް ނުކުރެވެއެވެ. އެއްވެސް މެގަޕްރޮޖެކްޓެއް ނުނިންމެއެވެ. ވިލިމާލެ ބުރިޖަށް ބެލުމުން އެކަންއެގޭނެއެވެ.

  6. ހަސަނަ

    ކަލޭ ވަޒީފާގެ ދަހިވެތިކަމުގަ ތިހެންކިއާލަ ކިއާލަ ހުރޭ ގައުމުދަރުވާލާފަ އޮތްވަރުބުނެލަބަލަ ކަލޭގެ އޮފީހުގަ ތިބިސިޔާސީ މީހުންގެ އަދަދާ އެމީހުންނައްކްކުރާހަރަދުންވެސް ރާއްޖޭގެ ކޮންމެރށެއްގަ 2 ފުޓްބޯޅަދަޑު އެޅޭނެ ގައުމުދަވާލައިފި ގައްދާރުންނައް ރައްޔިތުން ވޯޓުދޭކަންނެތް...

  7. ބޭބެ

    ކުޅުދުއްފުށި ވޮލީކޯޓުވެސް ފެނޭ ލޯމެރީމަ ހަހަހަހަ

  8. މަކަރެ

    ގަލޮޅު ދަނޑު އުދުހޭ ގޮތައް ހަދާފަ މިހާރު އެހުރީ މިކަލޭގަ ހުންނަނީ ހުންގާނުގަ އެހެންވެ ބަންގާލުވެސް މޮޅުވީ ލަދެއްވެސް ގަންނަން އެނގޭ އެއްޗެއްނޫން

  9. އަލީ

    ނޮޅިވަރަންފަރު ފުޓްބޯޅަދަނޑު ފެނޭހުވަފެނުގަ.

  10. އޮއްޅެއްކީ ދެއްވަދޫ

    އަހަރަމެން ރަށު މަތިން އުދިހިލާ އިރަށް ފެންނަނީ ބަކަރި ކޮށްޓެއް. ކުރިން ވަރަށް ގަދަޔަށް ފުޓްބޯޅަ ކުޅުނު ތަނެއް

  11. ވަގުލޫފު

    ތިވަރު މުބާރާތަކަށް ކުރިން ޓީމް ދާއިރު، ރާއިސްވެސް ބައްދަލުކޮށް އިނާމް ދޭނަމޭ ބުނޭ މޮޅުވެއްޖެއްޔާ. މިހާރު ނުފެނޭ ބައްދަލުކޮށް ހިއްވަރު ދޭތަނެއް. ވެރިންނަށް ކިރިޔާ ދައުލަތު ދަވާލަން އުޅެވެނީ. މަތިން އުދުހެނިކޮށް ފެންނަނީ ކަރާ ދަނޑުތައް.